އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން "ޕިންކް ރިބަން ވޯކް" އަންނަ ހޮނިހިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ބާއްވަން ހަމަޖައްސައިފި އެވެ.
23 އޮކްޓޯބަރ 2018
އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން "ޕިންކް ރިބަން ވޯކް" އަންނަ ހޮނިހިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ބާއްވަން ހަމަޖައްސައިފި އެވެ.
ބީއެމްއެލް އިން ބުނީ، 2016 އިން ފެށިގެން ބާއްވަމުން އަންނަ މި ހިނގާލުން ހުޅުމާލޭގެ އިތުރުން ބީއެމްއެލް ބްރާންޗު ހުންނަ 27 ރަށެއްގައި ކުރިއަށް ދާނެ ކަމަށެވެ.
ޕިންކް ރިބަން ވޯކްގައި ބައިވެރިވާން ރަޖިސްޓްރީވާކަށް ނުޖެހެ އެވެ. ނަމަވެސް އެ ހިނގުމަށް ހާއްސަކޮށްފައިވާ ޓީޝާޓު ގަތުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ބީއެމްއެލުން ބުންޏެވެ. ޓީޝާޓު ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރަނީ ކެންސާ ސޮސައިޓީއަށެވެ.
މިދިޔަ އަހަރު ބޭއްވި ޕިންކް ރިބަން ވޯކްގެ ތެރެއިން: މި ހަރަކާތުގައި ޓީޝާޓު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރަނީ ކެންސާ ސޮސައިޓީ އަށް -- ފޮޓޯ / ބީއެމްއެލް
ބީއެމްއެލުން ބުނި ގޮތުގައި ލެކިއުޓް، ރެޕިއުޓް ފިހާރައިގެ އިތުރުން ދުވުން ބާއްވާ ރަށްރަށުން 150ރ. އަށް އެ ޓީޝާޓު ލިބޭނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނި ގޮތުގައި ޕިންކް ރިބަން ވޯކް ކުރިއަށްދާއިރު އުރަމަތީ ކެންސަރަށް ހޭލުންތެރި ކުރުމަށް ހާއްސަ މައުލޫމާތުތައް ދޭނެ އެވެ.
މިދިޔަ ދެ އަހަރު ވެސް އެ ހަރަތާކަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލް އިން ކެންސަ ސޮސައިޓީ އަށް 30،000ރ
ކެންސަރާ ގުޅޭ ދުވުމުގައި ބީއެމްއެލް އިން ބައިވެރިވަނީ
ބީއެމްއެލްގެ މުވައްޒަފުން ކެންސަރަށް ސްކްރީން ކުރަނީ
ބީއެމްއެލްގެ ހިދުމަތްތައް މިރޭ ދަންވަރު މެދުކެނޑޭނެ
މެއިލިން އެޑްރެސް އަޕްޑޭޓްކުރުމަށް ބެންކުން އެދިއްޖެ
ބީއެމްއެލްގެ ހިއްސާގެ އަގު ރެކޯޑު އަދަދަކަށް މަތިވެއްޖެ
ބީއެމްއެލްގެ ޗެއާޕާސަން، ބޯޑު މެމްބަރުން އައްޔަނުކޮށްފި
ފައިސާގެ މުއާމަލާތްތަކުގެ 99 ޕަސެންޓު ޑިޖިޓަލް:ޝަރީފު
ބީއެމްއެލްއިން ދުވާލަކު 1.5 މިލިއަން ޑޮލަރު ވިއްކާ
ޓޫރިޒަމަށް މިހާރު ދޫކޮށްފައިވާ ލޯނު 8 ބިލިއަނަށް އަރާ