27 އޮކްޓޯބަރ 2016
ބަދަލުގެ ގޮތުގައި ޖީއެމްއާރަށް ދޭން ޖެހޭ ފައިސާ ދެއްކުމުގެ ކަންކަން ސަރުކާރާ ގުޅިގެން މިހާރު ކުރިއަށް ގެންދާކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.
ބަދަލުގެ ގޮތުގައި ޖީއެމްއާރަށް ދޭން ޖެހޭ ފައިސާ ދެއްކުމުގެ ކަންކަން ސަރުކާރާ ގުޅިގެން މިހާރު ކުރިއަށް ގެންދާކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މައި އެއާޕޯޓް ހިންގަން ޖީއެމްއާރަށް އެމްޑީޕީ ސަރުކާރުން 25 އަހަރަށް ދީފައި ވަނިކޮށް ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އެ އެއްބަސްވުން އުވާލުމުން ބަދަލު ހޯދަން ސިންގަޕޫރުގެ އާބިޓްރޭޝަން ޓްރައިބިއުނަލަށް ޖީއެމްއާރުން ހުށަހެޅި މައްސަލަ އޮކްޓޯބަރު 25 ގައި ނިންމައި، އެމްއޭސީއެލް އަށް އެންގީ 208 މިލިއަން ޑޮލަރާއި މިދިއަ ހަތަރު އަހަރުގެ އިންޓަރެސްޓް ދައްކަން ޖެހޭނެ ކަމަށެވެ.
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ އިންޓަރެސްޓާ އެކު އެމްއޭސީއެލުން ޖީއެމްއާރަށް ދައްކަން ބަދަލުގައި ދޭން ޖެހޭނީ 250 މިލިއަން ޑޮލަރު ކަމަށެވެ.
އަނިލްއާ އެކު މީޑިއާއާ ބައްދަލުކުރައްވާ ދެއްވި ކުރު ބަޔާނެއްގައި އާދިލް ވިދާޅުވީ ޖީއެމްއާރުގެ އެއްބަސްވުން އުވާލައި، އެއާޕޯޓް ހިންގުމާ އެމްއޭސީއެލުން ހަވާލުވެ، ލިބެމުން އަންނަ ފައިދާ ވަރަށް ބޮޑު ކަމަށެވެ. އެގޮތުން 2014 ގައި 1.2 ބިލިއަން ރުފިޔާގެ ފައިދާ އެ ކުންފުންޏަށް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ "ބޭންކް އޮފް މޯލްޑިވްސްގައި ޑޮލަރުގެ ބޮޑު ރިޒާވެއް ވަނީ ގާއިމްވެފައި ކަމަށެ"ވެ.
ސިންގަޕޫރު އާބިޓްރޭޝަންގައި ހަތަރު އަހަރަށް ދެމިގެން ދިޔަ މައްސަލަ މި މަހު 25 ގައި ނިންމި އިރު ބަދަލުގެ ގޮތުގައި ދައްކަން ޖެހުނީ، ކުރިން ސަރުކާރުން ލަފާކުރި ވަރަށް ވުރެ ވެސް ކުޑަ އަދަދެއް ކަމަށް އަނިލް ވިދާޅުވި އެވެ.
ޖީއެމްއާރަށް އެ ފައިސާ ދައްކަން ޖެހޭ ގޮތެއް، އަދި މުއްދަތެއް އަނިލް އާއި އާދިލް ވެސް ވިދާޅެއްނުވެ އެވެ. އަދި ނޫސްވެރިންނަށް ސުވާލުކުރުމުގެ ފުރުސަތެއް ވެސް ނުދެއްވަ އެވެ.
"ޖީއެމްއާރާ އެކު އޮތް އެއްބަސްވުން އުވާލަން ނިންމުމަކީ އެމްއޭސީއެލް އާއި ސަރުކާރު އަދި ޖުމްލަކޮށް ރައްޔިތުންގެ ހައްގުގައި ނިންމި މުހިންމު ނިންމެއް،" އާދިލް ވިދާޅުވި އެވެ.
"އާބިޓްރޭޝަން ޓްރައިިބިއުނަލް އިން ނިންމި ނިންމުމާ ގުޅިގެން، ޖީއެމްއާރަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށްޓަކައި ކުރަން ޖެހޭ ކަންކަން ސަރުކާރާ ގުޅިގެން ކުރަމުން ދާ ވާހަކަ ވެސް ދަންނަވަން."
އާބިޓްރޭޝަނުގައި މައްސަލަ ކުރިއަށް ދިޔަ އިރު އެމްއޭސީއެލްގެ މެނޭޖްމަންޓުން ބުނަމުން ދިޔައީ ބަދަލުގެ ގޮތުގައި ދައްކަން ޖެހިދާނެ ފައިސާ އެއްކުރަމުން އަންނަ ކަމަށެވެ.
ޖީއެމްއާރަށް ދައްކަން ޖެހުނީ 250 މިލިއަން ޑޮލަރު
އެއާޕޯޓް ޖީއެމްއާރާ ހަވާލުކުރުމުން ތަރައްގީ ހުއްޓުނު
"ޖީއެމްއާރަށް ފައިސާ ދެއްކުމުން ހަރަދު ކުޑަ ކުރާނަން"
އެއާޕޯޓު އަނބުރާ ހޯދަން ހިތްވަރު ދެއްވީ ރައީސް ޔާމީން
ޖީއެމްއާރަށް ދެއްކި ފައިސާ 3 އަހަރުން ހޯދޭނެ: އާދިލް
ނަޝީދުގެ ޚިޔާލު: އެއާޕޯޓެއް ނުހެދޭނެ، ބޮޑުވީ ދަރަނި
ނަޝީދުގެ ޚިޔާލު: އެއާޕޯޓެއް ނުހެދޭނެ، ބޮޑުވީ ދަރަނި
ޖީއެމްއާރަށް ފައިސާ ދެއްކޭނެ ގޮތްތައް އެބަހުރި: އާދިލް
ޖީއެމްއާރު ބޭރުކުރުމަކީ އިގްތިސާދީ ޖަރީމާއެއް: އަމީރު
ޓާމިނަލް މައްސަލާގައި އާދިލް ހުރިހާ ކަމެއް ދިފާއުކޮށްފި