09 ސެޕްޓެމްބަރ 2020
ސިފައިންގެ އިންޖީނިއަރުން ތަމްރީނުކުރަމުން އައި ނަމަަވެސް ވިއަސް ކޮވިޑް-19 އާ ހެދި ޕައިލެޓުންގެ ތަމްރީނުތައް މިވަގުތު ނުފެށި އޮތް ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
ސިފައިންގެ އިންޖީނިއަރުން ތަމްރީނުކުރަމުން އައި ނަމަަވެސް ވިއަސް ކޮވިޑް-19 އާ ހެދި ޕައިލެޓުންގެ ތަމްރީނުތައް މިވަގުތު ނުފެށި އޮތް ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖަ އިބްރާހިމް އާޒިމް ވިދާޅުވީ، ގައުމީ އެއާލައިނާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޕައިލެޓުންނާއި އިންޖީނިއަރުންގެ ތަމްރީނުތައް ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް މާލޭގައި ފެތުރެމުންދާ ކޮވިޑާ ހެދި ޕައިލެޓުންގެ ތަމްރީނުތައް ނުފެށި އޮތް ކަމަށް ވިދާޅުވި އެވެ.
ޖުލައި 30، 2019 ގައި ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން، ސިފައިންގެ ބޭނުމަށް ގެންނަ ވައިގެ އުޅަނދުތައް އޮޕަރޭޓްކުރެވޭ ފެންވަރުގެ ތަޖުރިބާހުރި ޕައިލެޓުންނާއި އެއާކްރާފްޓް އިންޖީނިއަރުން، ގައުމީ އެއާލައިން ހިންގާ އައިލެންޑު އޭވިއޭޝަނުން ތަމްރީނުކޮށްދޭން ޖެހެ އެވެ.
ފަސް އަހަރު ދުވަހަށް ހެދި އެއްބަސްވުމުގެ ދަށުން މިހާރު ހަ އިންޖީނިއަރުން އަންނަނީ ތަމްރީނު ހަދަމުންނެވެ. އެމީހުންނަށް ތަމްރީނުތައް ދެމުން އަންނަނީ، މޯލްޑިވިއަންގެ ތަޖުރިބާކާރު އިންޖީނިއަރުންނާއި ޕައިލެޓުންނެވެ. މީގެ އިތުރުން ފަސް ޕައިލެޓުން ތަމްރީނު ކުރާނެ އެވެ.
އެ ޕައިލެޓުންނާއި އިންޖީނިއަރުންގެ ޓްރެއިނިން ނިންމައި އަމަލީ މަސައްކަތަށް ނުކުންނާނެ ދުވަހެއް އަދި ނޭނގެ އެވެ. އާޒިމް ވިދާޅުވީ އެކަން އެނގޭނީ ޕައިލެޓުންގެ ތަމްރީނުތައް ފެށުމުން ކަމަށެވެ.
މޯލްޑިވިއަންގެ ފަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މިިދިޔަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާއިން ފެށިގެން އެ ސިފައިންނަށް ތަމްރީނު ދެމުން އަންނަ ކަމަށެވެ. އަންނަ ހަފުތާގައި ވެސް އިންޖީނިއަރުންގެ އާ ބެޗެއްގެ ތަމްރީނުތައް ފަށާނެ ކަމަށް ވިދާޅުވި އެވެ.
ސިފައިންގެ ދެ ހެލިކޮޕްޓަރު މިހާރު އޮތް ނަމަވެސް އެ ދެ އުޅަނދު ވެސް އޮޕަރޭޓްކުރަނީ، އެ އުޅަނދުތައް ހަދިޔާކުރި އިންޑިއާ ސިފައިންނެވެ. އިންޑިއާ އިން ދިވެހި ސިފައިންނަށް ޕައިލެޓްކަން ކިޔަވައިދޭން އެއްބަސްވެފައި ވިޔަސް މިހާތަނަށް އަދި އެކަން ކުރިއަކަށް ނުދެ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވެއެވެ.
އޮޕަރޭޝަނެއްގައި އިންޑިއާގެ އަސްކަރިއްޔާގެ ދެ ބޯޓު އިއްޔެ ވެސް ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި މައްސަލާގައި އިދިކޮޅުގެ ވަރަށް ގިނަ މީހުން އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އައިއޭއެސް އިން ސިފައިންގެ ޕައިލެޓުން ތަމްރީންކުރަނީ
ބަލިމީހުން އުފުލުމުގެ 93 ޕަސެންޓްކުރީ މޯލްޑިވިއަންއިން
ފުރަތަމަ ޕައިލެޓްގެ އިންޖީނަކީ ހިތްވަރާއި އަހުލާގު
އިންޑިޔާއިން ތަމްރީން ހެދި ޕައިލެޓަކު މަންތާ އެއާ އަށް
ދިވެހި ސިފައިންގެ ޕައިލެޓުން އޮޕަރޭޝަނަށް ނުކުންނަނީ
މޯލްޑިވިއަންގެ ހަތް ޕައިލެޓަކު ވަޒީފާއިން ވަކިވެއްޖެ
އައިލެންޑް އޭވިއޭޝަންގެ ސީނިއާ ބަޔަކު އިސްތިއުފާދީފި
އިމަޖެންސީގައި ޖެއްސި ފްލައިޓުގެ ކްރޫއަށް ތައުރީފު
ޕައިލެޓުންގެ ކަންކަން އަމީންގެ އަތުން ނަގައިފި
ޕައިލެޓުން އިހުތިޖާޖު ނުކުރަން ނިންމައިފި