20 ޖެނުއަރީ 2024
މީގެ ތިން އަހަރު ކުރިން ފެށިގެން މިހާތަނަށް އެއްކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ނުވަތަ މެޑިކަލް އިވެކުއޭޝަންގެ 93 ޕަސެންޓް ކޮށްފައި ވަނީ މޯލްޑިވިއަން އެއާލައިނުން ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ ތިން އަހަރު ކުރިން ފެށިގެން މިހާތަނަށް އެއްކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ނުވަތަ މެޑިކަލް އިވެކުއޭޝަންގެ 93 ޕަސެންޓް ކޮށްފައި ވަނީ މޯލްޑިވިއަން އެއާލައިނުން ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ގއ. ވިލިނގިލިން ކުއްލި ހާލަތުގައި މިދިޔަ ބުރާސްފަތި ދުވަހު މާލެ ގެނެސް ފަރުވާ ދެނިކޮށް އުމުރުން 13 އަހަރުގެ ކުއްޖަކު ނިޔާވީ، މާލެ ގެނައުން ލަސްވެ، އިތުރު ފަރުވާ ވެސް ލަސްވުމުން ކަމަށް އެ ކުއްޖާގެ އާއިލާ އިން ކުރާ ތުހުމަތުތަކާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި ޑިފެންސް މިނިސްޓަރު އެކްސްގައި ވިދާލުވީ، 2021 އިން ފެށިގެން ތަފާސްހިސާބުތަކަށް ބަލާއިރު މެޑިކަލް އިވެކުއޭޝަންގެ 93 ޕަސެންޓް ކުރީ އައިލެންޑް އޭވިއޭޝަންގެ ދަށުން ހިންގާ މޯލްޑިވިއަން އެއާލައިނުން ކަމަށެވެ.
"މެޑިކަލް އޮޕަރޭޝަންގެ އެސްއޯޕީ ގައި ރައީސުލްޖުމްހޫރިއްޔާ އަށް އިންފޯމް ކުރުމެއް، ހުއްދަ ދެއްވުމެއް ނޯވޭ. އެއީ އެކަމާ ގުޅޭ އިދާރާތަކުން ކޯޑިނޭޓް ކުރެވިގެން ހިނގާ ކަމެއް،" ޣައްސާން ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވީ، އެ ކުއްޖާ ބުދަ ދުވަހުގެ އިރުއޮއްސެން އުޅެނިކޮށް މާލެ ގެނެވޭވަރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސީދާ ހުއްދަ ނުލިބިގެން ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާ ގުޅިގެންނެވެ. އެ ވާހަކަތަކާ ބޮޑަށް ގުޅުވަނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު މި ސަރުކާރު އައި ފަހުން ބޭނުން ނުކުރާ މައްސަލައާ އެވެ.
ކެބިނެޓުގެ ބައްދަލުވުމަކަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ހެލްތު މިނިސްޓަރު ހަލީލް ވަޑައިގަންނަވަނީ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ސަރުކާރުން ބާރު އަޅައި އެ މަގަށް މަސައްކަތް ކުރަމުން އަންނައިރު، ދެ ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓު ބޭނުން ނުކުރާ ސަބަބެއް ސަރުކާރުން އަދި ނުބުނެ އެވެ. އެއީ ވެސް މޯލްޑިވިއަން އެއާލައިންގެ ބޯޓުތަކުގެ އިތުރުން ބަލި މީހުން އުފުލުމުގައި މުހިންމު ދައުރެއް އަދާކުރަމުން އައި އުޅަނދުތަކެކެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ވިލިނގިލި ހޮސްޕިޓަލުން ވެންޓިލޭޓަރަށް ލީ ކުއްޖާ މާލެ ގެނައީ ޖެހިގެން އައި ބުރާސްފަތި ދުވަހު އިރުއޮއްސެން އުޅެނިކޮށެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާ މާލެ ފުރުވާ ނުލެވި ލަސްވީ، އާސަންދައިގެ އެހީގައި ޗާޓަރު ފްލައިޓެއް ހަމަނުޖެހި ލަސްވުމުންނެވެ. ވިލިނގިލި ހޮސްޕިޓަލުން ކުރަންޖެހޭ ކަންކަން ނިންމިއަސް، މޯލްޑިވިއަން އެއާލައިންގެ ފްލައިޓު ކޫއްޑު އަށް ދިއުން ލަސްވެ، އިތުރު ފަރުވާ އަށް ކުއްޖާ ފޮނުވާލުން ލަސްވީ ކަމަށް އެނގިފައި ވެ އެވެ.
އެކަމަކު، އެ ކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން އަދި ވާހަކައެއް ނުދައްކަ އެވެ.
މި ސަރުކާރުން ނިންމާފައި ވަނީ އަންނަ މާޗު 1 އިން ފެށިގެން ރާއްޖެ އަށް އެއާ އެމްބިއުލާންސް ތައާރަފު ކުރާށެވެ. އެކަން ކުރަނީ މޯލްޑިވިއަން އެއާލައިންގެ ޑޭޝް 8 ގެ ދެ ބޯޓެއް އެއާ އެމްބިއުލާންސަކަށް ބަދަލު ކޮށްގެންނެވެ. އެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.
ވަފާތެރި ލަޝްކަރެއް އޮތްކަން ދައްކަންވީ ވަގުތު ޖެހިއްޖެ
ހެލިކޮޕްޓަރު ޖެއްސީ އިމަޖެންސީ ހާލަތުގައި:ހައި ކޮމިިޝަން
"ސެނަހިޔާގައި ތިބޭ ޑޮކްޓަރުންގެ އަސްކަރީ ރޯލެއް ނެތް"
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
ޗައިނާއާ އެކު އަސްކަރީ އެއްބަސްވުމެއްގައި ސޮއިކޮށްފި
ބިރުދެއްކުމާ ކުރިމަތިލާނީ އިހުތިރާމާއެކު ވަރުގަދައަށް
ސިފައިންގެ ޕައިލެޓުންގެ ތަމްރީނު ނުފެށިއޮތީ ކޮވިޑާހެދި
މޯލްޑިވިއަންގެ އާ ބޯޓަށް ގިނަ މުވައްޒަފުން ނަގައިފި
މޯލްޑިވިއަންގެ ބޮޑު ބޯޓު ދައްކާލަން އެއާ ޝޯއެއް
ޗުއްޓީއަށް މޯލްޑިވިއަނުން 98 ފްލައިޓް އިތުރުކޮށްފި