Roadha Mihaaru
ޗައިނާއާ އެކު އަސްކަރީ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޗައިނާއާ އެކު އަސްކަރީ އެއްބަސްވުމެއްގައި ސޮއިކޮށްފި

04 މާޗް 2024

ޗާއިނާއާ އެކު އަސްކަރީ އެއްބަސްވުމެއްގައި ރާއްޖޭން މިއަދު ސޮއިކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޗާއިނާއާ އެކު އަސްކަރީ އެއްބަސްވުމެއްގައި ރާއްޖޭން މިއަދު ސޮއިކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ޗައިނާގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަނުގެ ޑެޕިއުޓީ ޑިރެކްޓާ މޭޖާ ޖެނަރަލް، ޒަން ބެއެކުންއާ އަސްކަރީ އެހީގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގެ ތަފްސީލު ހާމައެއް ނުކުރެ އެވެ. އެކަމަކު ބުނީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

ޗައިނާއާ އެކު އަސްކަރީ އެއްބަސްވުމެއްގައި ސޮއިކުރި އިރު، މިދިޔަ ސަރުކާރުގައި އިންޑިއާއާ އެކު އަސްކަރީ ގިނަ އެއްބަސްވުންތަކެއް ހަދާފައިވެ އެވެ. އެ އެއްބަސްވުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރި އެވެ.

މި ސަރުކާރުން ވަނީ އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓްކުރާ އަސްކަރީ އެއާކްރާފްޓްތައް ބޭނުންކުރުން ވެސް މި ވަގުތަށް ހުއްޓާލައިފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގަތް ގޮތަށް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާއިރު އެއާކްރާފްޓްތައް އޮޕަރޭޓްކުރަން ދެން ތިބޭނީ އިންޑިއާގެ އަސްކަރީ މީހުންގެ ބަދަލުގައި ސިވިލިއަނުން ކަމަށް ވަނީ ބުނެފަ އެވެ.