Roadha Mihaaru
ޕައިލެޓުންގެ ކަންކަން އަމީންގެ އަތުން ނަގައިފި

ޕައިލެޓުންނާ ގުޅޭ މަސްއޫލިއްޔަތުތައް އަމީންގެ އަތުން ނަގައިފި

04 ފެބުރުއަރީ 2019

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ޕައިލެޓުންނާއި ކްރޫންގެ އިސްވެރިޔާ، ޑިރެކްޓަ އޮފް ފްލައިޓް އޮޕަރޭޝަންސް މުހައްމަދު އަމީން އެ މަގާމުން ދުރު ކުރުމަށް ޕައިލެޓުން ޑިމާންޑްކޮށް ޑިއުޓީ އަށް ނުނިކުންނާނެ ކަމަށް އެންގުމުން އޭނާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ޕައިލެޓުންނާ ގުޅޭ ކަންކަން އެހެން ބޭފުޅުންނާ މިއަދު ހަވާލުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ޕައިލެޓުންނާއި ކްރޫންގެ އިސްވެރިޔާ، ޑިރެކްޓަ އޮފް ފްލައިޓް އޮޕަރޭޝަންސް މުހައްމަދު އަމީން އެ މަގާމުން ދުރު ކުރުމަށް ޕައިލެޓުން ޑިމާންޑްކޮށް ޑިއުޓީ އަށް ނުނިކުންނާނެ ކަމަށް އެންގުމުން އޭނާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ޕައިލެޓުންނާ ގުޅޭ ކަންކަން އެހެން ބޭފުޅުންނާ މިއަދު ހަވާލުކޮށްފި އެވެ.

މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ، "މިހާރު" އަށް ވިދާޅުވީ އަމީން އަދިވެސް ހުންނެވީ އެ މަގާމުގައި ކަމަށާއި ނަމަވެސް އޭނާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކެޕްޓަނުންނާ ގުޅޭ ކަންކަން އޭނާގެ ދަށުން މަސައްކަތް ކުރާ އެހެން ބައެއް ބޭފުޅުންނާ ހަވާލު ކޮށްފައިވާ ކަމަށެވެ.

"އަދިވެސް އެ ޑިޕާޓްމަންޓުގެ ހެޑަކީ އަމީން. އޭނާގެ ދަށުން މަސައްކަތް ކުރާ އެކިއެކި މީހުންނަށް [ކެޕްޓަނުންނާ ގުޅޭ] ބައެއް މަސްއޫލިއްޔަތުތައް މި ހަވާލުކުރީ،" ރިޒްވީ ވިދާޅުވި އެވެ.

އަމީން މަގާމުން ވަކިނުކޮށްފި ނަމަ މިއަދު ޑިއުޓީ އަށް ނުނިކުންނާނެ ކަމުގެ އިންޒާރު ޕައިލެޓުން ދިނުމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ރިޒްވީ ރޭ ވަނީ ޕައިލެޓުންނާ ބައްދަލު ކުރައްވައި ކަންބޮޑުވުންތައް އައްސަވައިފަ އެވެ. ޕައިލެޓުންގެ މައިގަނޑު ކަންބޮޑުވުމަކީ އެ މީހުންގެ ހުރިހާ ކަމެއް އަމީން ބެލެހެއްޓުމާއި އެކަމުގައި ތަފާތު ކުރުންތައް ގެންގުޅުމެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނުފޫޒު ގަދަކޮށް އަމީން އުޅުއްވިއިރު މި ސަރުކާރުގައި ވެސް އައިލެންޑް އޭވިއޭޝަންގައި އޭނާ ހުންނެވީ އެހާ ބާރުގަދަކޮށް ކަމަށް ޕައިލެޓުން ބުނެ އެވެ.