31 އޮކްޓޯބަރ 2019
މި އަހަރުގެ ދެވަނަ ކުއާޓަރުގައި އައިލެންޑް އޭވިއޭޝަން ސާވިސަސްއަށް 10 މިލިއަން ރުފިޔާގެ ގެއްލުންވެ، އޭގެ ކުރީ ކްއާޓަރުގައި ލިބުނު ކުރިއެރުން 116 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރުގައި އައިލެންޑް އޭވިއޭޝަން ސާވިސަސްއަށް 10 މިލިއަން ރުފިޔާގެ ގެއްލުންވެ، އޭގެ ކުރީ ކްއާޓަރުގައި ލިބުނު ކުރިއެރުން 116 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.
ސްޓޭޓް އޯން އެންޓަޕްރައިޒަސް (އެސްއޯއީ)ގެ ކުއާޓާލީ ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން، އޮޕަރޭޓްކުރަމުން އަންނަ ކުންފުންޏަށް މާލީ ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.
މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އައިއޭއެސް އަށް 68 މިލިއަން ރުފިޔާގެ ފައިދާއެއް ވި އެވެ. އެކަމަކު މި އަހަރުގެ ދެވަނަ ކުއާޓަރުގައި 10 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުމުގެ އިތުރުން އާމްދަނީ ދަށްވެ، ހަރަދުތައް 12 ޕަސެންޓަށް ވަނީ މައްޗަށް ގޮސްފަ އެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުނީގެ ކޭޝް ފްލޯ މެނޭޖް ނުކުރެވި، ކޮންމެ ދުވަހެއްގެ ހަރަދުތައް ހަމަޖައްސަން ބޮޑެތި ދަތިތަކާ ކުރިމަތިވި އެވެ. ހަރަދުތައް މެނޭޖްކުރަން އެހެން ގޮތްގޮތުން ފައިސާ ހޯދަން ޖެހުނު އިރު ދަރަނި ވަނީ 442 މިލިއަން ރުފިޔާއަށް އަރާފަ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާ އިރު ދެވަނަ ކުއާޓަރުގައި އައިއޭއެސްއަށް ލިބުނު އާމްދަނީ ވަނީ 15 ޕަސެންޓް ދަށްވެފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ދަށްވީ އެތެރޭގެ އުދުހުންތަކުން ލިބުނު އާމްދަނީ އެވެ. އެގޮތުން، ކުރިން އެތެރޭގެ އުދުހުންތަކުގެ ބޮޑު ހިއްސާއެއް އޮތް އައިއޭއެސް އަށް އެ ސެކްޓަރުތަކުން ލިބުނު އާމްދަނީ 25 ޕަސެންޓް ދަށަށް ދިޔަ އެވެ.
މީގެ އިތުރުން ކާގޯ ހޭންޑްލިން އިން ލިބުނު އާމްދަނީ ވަނީ 12 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާ އިރު ދެވަނަ ކުއާޓަރުގެ އާމްދަނީ ވަނީ 83 މިލިއަން ރުފިޔާ ދަށްވެފަ އެވެ. .
ދެވަނަ ކުއާޓަރުގައި ހަރަދުތައް އިންތިހާ މައްޗަށް އަރާފައިވާކަން ރިޕޯޓުން ދައްކަ އެވެ. އެގޮތުން ދެވަނަ ކުއާޓަރުގެ ތިން މަސް ދުވަހަށް މުވައްޒަފުންގެ މުސާރައަށް 100 މިލިއަން ރުފިޔާ ހޭދަކުރި އެވެ. މިއީ ފުރަތަމަ ކުއާޓަރާ އަޅާބަލާ އިރު ނުވަ ޕަސެންޓްގެ އިތުރުވުމެކެވެ.
އައިއޭއެސްގެ ހާލަތު މިހާ ދަށަށް ގޮސް އޮތްކަން، ދެވަނަ ކުއާޓަރުގެ ރިޕޯޓުން އެނގުނު އިރު، އާ މެނޭޖްމަންޓަކާ އެކު އެ ކުންފުނި ހުރީ ރަނގަޅު މިސްރާބެއްގައި ނޫން ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
ސޯޝަލް މީޑިއާ އިން ގެންދަނީ އައިއޭއެސްގެ އެތެރޭގެ ހިސާބުތައް ކަމަށް ފެންނަ ބައެއް މައުލޫމާތުތައް ވެސް ހާމަކުރަމުންނެވެ.
އެކަމަކު އެއިން އެއްވެސް ކަމަކާ ބެހޭ ގޮތުން އައިއޭއެސް ތަފްސީލީ ޖަވާބުތަކެއް ދީފައެއް ނުވެ އެވެ.
މާފަރު އެއާޕޯޓުގެ ތައްޔާރީތައް ވެސް ބަލައިފި
އައިއޭއެސްގެ ބޯޑާއި އިސްވެރިންގެ މުސާރަ ކުޑަކުރަނީ
"ޕީޕީއެމްގެ އޮފީހުގައި މޯލްޑިވިއަންގެ ޑެސްކެއް ހިންގި"
މުސާރަ ބޮޑުކުރީ ވާދަވެރިކަމާ ހެދި: އައިއޭއެސް
މޯލްޑިވިއަންގެ ޓިކެޓް ރީފަންޑް އެއް ދުވަސް ތެރޭ ދެނީ
ޕައިލެޓުންގެ ކަންކަން އަމީންގެ އަތުން ނަގައިފި
ޕައިލެޓުން އިހުތިޖާޖު ނުކުރަން ނިންމައިފި
ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފަށައިފި
މޯލްޑިވިއަންގެ ދަތުރުތަކުގައި ލުއި ކާނާއެއް ދޭން ފަށަނީ
ޓިކެޓް ގަތުމުން، އަގު ހެޔޮކަން ގަބޫލުކުރެވޭނެ: ރިޒްވީ