07 ސެޕްޓެމްބަރ 2020
އިންޑިއާގެ ވެރިރަށުގެ އެތެރޭގެ ރޭލު ނިޒާމް، މެޓްރޯގެ ހިދުމަތް ފަސް މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު މިއަދު ހުޅުވާލައިފި އެވެ.
އިންޑިއާގެ ވެރިރަށުގެ އެތެރޭގެ ރޭލު ނިޒާމް، މެޓްރޯގެ ހިދުމަތް ފަސް މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު މިއަދު ހުޅުވާލައިފި އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ނިއު ދިއްލީގެ މެޓްރޯގެ ހިދުމަތް މެދުކަނޑާލި އިރު މިއީ އިންޑިއާގެ ސިޓީއެއްގެ އެތެރޭގައި ގާއިމްކޮށްފައިވާ އެންމެ ބޮޑު ރޭލުގެ ނިޒާމެވެ. ލޮކްޑައުންގެ ކުރިން ނިއު ދިއްލީގެ މެޓްރޯގައި ދުވާލަކު 2.7 މިލިއަން މީހުން ދަތުރުކުރި އެވެ.
އަލުން ދަތުރުތައް ފެށީ މާކްސް އެޅުމާއި ގައިދުރުކަން ބެހެއްޓުމުގެ އިތުރުން ހުން ވެސް ބަލާނެ އިންތިޒާމްތައް ހަމަޖައްސައިފަ އެވެ.
މެޓްރޯ ފަދަ ދަތުރުފަތުރުގެ ހިދުމަތްތައް އަލުން ހުޅުވަމުން ގެންދިޔަ ނަމަވެސް، އިންޑިއާ އަކީ ކޮވިޑް-19 މިހާރު އެންމެ ބާރަށް ފެތުރެމުން ދާ ގައުމެވެ. އެގޮތުން ދުވާލަކު ޕޮޒިޓިވް ވާ މީހުންގެ އަދަދު 80،000 އަށް އަަރަ އެވެ. އިންޑިއާގައި މިހާތަނަށް 4.1 މިލިއަން މީހުންނަށް ބަލި ޖެހުނު އިރު މަރުވި މީހުންގެ އަދަދަކީ 70،000 އެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މެޓްރޯ، ފަސް މަސް ދުވަހުގެ ހުއްޓުމަކަށް ފަހު ސެޕްޓެމްބަރު 7، 2020 ގައި ހުޅުވާލުމުން ބައެއް ދަތުރުވެރިން: ކޮވިޑް-19 ފެތުރުން ހުއްޓުވަން ގިނަ ފިޔަވަޅުތަކެއް ހުރީ އަޅާފައި
ލޮކްޑައުން ދިގުދެމިގެން ދާތީ އިންޑިއާގެ އިގުތިސާދު ވަނީ އަޑިއަޅާލައިފަ އެވެ. އެހެންކަމުން ކޮވިޑް-19ގެ ކޭސްތައް އިތުރުވިޔަސް، އިގުތިސާދާ ގުޅުން ހުރި ދާއިރާތައް މިހާރު އަންނަނީ ހުޅުވަމުންނެވެ. ނިއު ދިއްލީގެ މެޓްރޯގެ އިތުރުން އެހެން ސިޓީތަކުގެ 12 ވަރަކަށް މެޓްރޯގެ ދަތުރުތައް ވެސް މިއަދު ފަށަން އޮތީ ހަމަޖައްސައިފަ އެވެ.
ސިއްހީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ވެރިރަށުގެ މެޓްރޯ ހުޅުވާލުމަކީ ބަލި ފެތުރުން އިތުރުވެދާނެ ކަމެކެވެ. މެޓްރޯ ބޭނުންކުރާ މީހުންގެ އަދަދު ގިނަވެފައި، ނިއު ދިއްލީގެ ބޮޑު ސަރަހައްދަކަށް އެ ރޭލު ދަތުރުކުރުމަކީ، ބައްޔަށް އޮތް އިތުރު ފުރުސަތެއް ކަމަށް ވެސް، ބެލެވެ އެވެ. ނިއު ދިއްލީ މެޓްރޯ 389 ކިލޯމީޓަރު ކަނޑައްތުކުރެ އެވެ. ރޭލުތައް ހުއްޓަން 285 ސްޓޭޝަން ހުރެ އެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މެޓްރޯއަށް އެރުމުގެ ކުރިން މީހެއްގެ ހުން ބަލަނީ: ފަސް މަސްދުވަހުގެ މެދުކަނޑާލުމަކަށް ފަހު އިންޑިއާގެ އެންމެ ބޮޑު މެޓްރޯ ސެޕްޓެމްބަރު 7، 2020 ގައި ހުޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު
އެކަމަކު ވައިރަސް ފެތުރުން ކޮންޓްރޯލްކުރަން ވަރަށް ހާއްސަ ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ. ފުރަތަމަ ހަފުތާގައި ދަތުރު ކުރާ ވަގުތު ވަނީ ކުޑަކޮށްފަ އެވެ. އެގޮތުން ރޭލު ދުއްވާނީ ހެނދުނު ހަތަރު ގަޑިއިރު އަދި މެންދުރު ފަހު ވެސް ހަތަރު ގަޑިއިރު އެވެ. އަންނަ ހަފުތާގައި މި ވަގުތު އިތުރުކުރަމުން ގެންދާނެ އެވެ.
ރޭލުތަކުގެ ތެރޭގައި ވައި ދައުރުވުން ބޮޑުކުރަން ބޭރުން ވައި ވައްދާނެ ގޮތްތައް ވަނީ ހަމަޖައްސައިފަ އެވެ. ސްޓޭޝަންތަކުގެ ސާފުތާހިރުކަން ދަމަހައްޓާށާއި ހަލަބޮލިކަން ކޮންޓްރޯލްކުރަން 800 މުވައްޒަފުން ހަރަކާތްތެރިވާނެ އެވެ.
މެޓްރޯއާ ބެހޭ ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި ކޮންމެ ހަތަރު ގަޑިއިރަކުން މުޅި ރޭލާއި ސިޑިތަކާއި ފާހާނާތައް ވެސް ޑިސްއިންފެކްޓްކުރާނެ އެވެ. ރޭލުގައި ދަތުރުކުރެވޭނީ ސްމާޓް ކާޑު ބޭނުންކުރާ މީހުންނަށް އެކަންޏެވެ.
މިހާރު ހަމަޖައްސާފައިވާ ގޮތުން ވެރިރަށުގައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރޭ ސަރަހައްދުތަކަށް ރޭލު މަޑެއް ނުކުރާނެ އެވެ.
މަތިންދާބޯޓުގައި އުފަންވުމުން އުމުރު ދުވަހު ހިލޭ ދަތުރު
ނިއު ދިއްލީގައި އާދަޔާ ހިލާފަށް ވައި ނުސާފުވެއްޖެ
ދިވެހިންނަށް ފައިދާވާނެ ކަންތައްތަކެއް ކުރިއަށް ފެންނާނެ
16 ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް
ރައީސް ޝީ ބައިވެރިނުވިޔަސް މައްސަލައެއް ނެތް: އިންޑިއާ
ޝީއާ ބައްދަލުނުވެދާނެތީ ބައިޑެން ނާއުންމީދުވެފައި
އޮޑިޝާގެ މޯޗަރީތަކާއި ހޮސްޕިޓަލްތައް ފުރިފައި
ޕްރޮފެސަރުން ޕަޓާންގެ ލަވަޔަށް ނެށުމުން ޝާހް އުފަލުން
އެންމެ ވައި ނުސާފު ސަރަހައްދަކަށް ދެކުނު އޭޝިއާ
ޝަހީބުގެ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް