02 ސެޕްޓެމްބަރ 2020
ބާސެލޯނާ (ސެޕްޓެމްބަރު 2) - ބާސެލޯނާ އިން އިވާން ރަކިޓިޗް އޭނާގެ ކުރީގެ ޓީމު ސެވިއްޔާ އަށް ވިއްކާލާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ލުއިސް ސުއަރޭޒާއި އާޓޫރޯ ވިޑާލް ވެސް ބާސެލޯނާ ދޫކޮށްލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބާސެލޯނާ (ސެޕްޓެމްބަރު 2) - ބާސެލޯނާ އިން އިވާން ރަކިޓިޗް އޭނާގެ ކުރީގެ ޓީމު ސެވިއްޔާ އަށް ވިއްކާލާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ލުއިސް ސުއަރޭޒާއި އާޓޫރޯ ވިޑާލް ވެސް ބާސެލޯނާ ދޫކޮށްލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ކްރޮއޭޝިއާގެ މިޑްފީލްޑަރު ރަކިޓިޗް ބާސެލޯނާ ދޫކޮށް ސެވިއްޔާއާ ގުޅުނީ 1.5 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށެވެ. އެ ޓީމުގައި ރަކިޓިޗްގެ ދައްކާ ކުޅުމަށް ބެލުމަށް ފަހު އިތުރު ނުވަ މިލިއަން ޔޫރޯ ބާސެލޯނާ އަށް ދައްކަންޖެހޭގޮތަށް ވަނީ އެއްބަސްވުމުގައި ހިމަނައިފަ އެވެ.
ސެވިއްޔާ ދޫކޮށް ރަކިޓިޗް ބާސެލޯނާއާ ގުޅުނީ 2014 ވަނަ އަހަރު އެވެ. ބާސެލޯނާގައި ހޭދަކުރި މުއްދަތުގައި ރަކިޓިޗް ވަނީ ތިން ކޯޗުންގެ އިރުޝާދުގެ ދަށުން ކުޅެ 13 ތަށި އުފުލާލައިފަ އެވެ. އޭނާ ސެވިއްޔާއާ ގުޅެން ނިންމީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސްގެ ހުށަހެޅުމެއް ލިބިފައިވަނިކޮށެވެ.
ބާސެލޯނާގެ ފޯވާޑް ސުއަރޭޒާއި މިޑްފީލްޑަރު ވިޑާލް ހޯދަން މަސައްކަތްކުރަމުން އަންނަނީ އިޓާލިއަން ލީގުގެ ކްލަބްތަކުންނެވެ. އެ ގޮތުން ޗިލީ އަށް އުފަން ވިޑާލް ގެންނަން މަޝްވަރާކުރަމުން އަންނަނީ އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިންޓަ މިލާނުންނެވެ. އަދި ސުއަރޭޒަށް ފާރަލަމުން އަންނަނީ އަންދްރެއާ ޕިރްލޯގެ ޔުވެންޓަސް އިންނެވެ. ޔުވެންޓަސް އިން ގޮންޒާލޯ ހިގައިންގެ އެއްބަސްވުން އުވާލުމަށް ފަހު އެ މަގާމަށް ގެންނަން ބޭނުމީ ސުއަރޭޒް އެވެ.
ބާސެލޯނާ ދޫކޮށްލުމަށް ފަހު ރަކިޓިޗް ބަދަލުވީ ކުރީގެ ޓީމު ސެވިއްޔާ އަށް.
އުމުރުން 33 އަހަރުގެ ސުއަރޭޒް، 2014 ވަނަ އަހަރު ބާސެލޯނާއާ ގުޅުނުއިރު އެންމެ ފަހުން އޭނާ އެ ކްލަބާ އެކީ ހަދާފައިވާ ކޮންޓްރެކްޓްގައިވާ ގޮތުން އޭނާގެ އެއްބަސްވުން އުވާލާނަމަ ބަދަލެއްގެ ގޮތުގައި ކޮންޓްރެކްޓްގެ ބާކީ އޮތް މުއްދަތުގެ މުސާރަ ދޭން ޖެހެ އެވެ. އެ ގޮތުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ސުއަރޭޒްގެ ކޮންޓްރެކްޓް އުވާލަން ބާސެލޯނާ އިން ނިންމާނަމަ ބަދަލެއްގެ ގޮތުގައި 14 މިލިއަން ޔޫރޯ ދޭން ޖެހުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު އޭގެ ބަދަލުގައި ޔުވެންޓަސްގެ ވިސްނުން ހުރީ 20 މިލިއަން ޔޫރޯ އަށް ސުއަރޭޒް ގަންނާށެވެ.
އިންޓަ އިން ވިޑާލް ގެންދަނީ އެ ޓީމަށް ކުޅޭ ކްރޮއޭޝިއާ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް ކުޅޭތަނަށެވެ. ބަޔާން މިއުނިކުން އަންނަނީ އެ ކްލަބް ދޫކޮށްލަން ނިންމާފައިވާ ތިއާގޯ އަލްކަންޓާާރާގެ މަގާމަށް ބްރޮޒޮވިޗް ގެންނަން ވާހަކަތައް ފަށައިފަ އެވެ. ޔުވެންޓަސް އާއި ބަޔާން މިއުނިކަށް ކުރިން ކުޅުނު ވިޑާލް 2018 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވުމުގެ ކުރިން ވެސް އިންޓައާ ގުޅެން އެ ކްލަބްގެ މެނޭޖްމަންޓާ އެކީ ވާހަކަތަކެއް ދެއްކި އެވެ.
އަންނަ ސީޒަނުގައި ބާސެލޯނާގެ މެދުތެރެއަށް ކުޅެން އެ ޓީމުން މިހާރު ވަނީ ޔުވެންޓަސްގައި ހުރި ބޮސްނިއާގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ގެނެސްފަ އެވެ. ބާސެލޯނާ އިން ރަކިޓިޗްގެ މަގާމަށް ގެންނަން މަސައްކަތްކުރަނީ ލިވަޕޫލްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް އެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ކަމަކީ އެ ޓީމުގެ ތަރި ލިއޮނަލް މެސީ ކްލަބްގައި މަޑުކުރުވުމެވެ. ކްލަބް ދޫކޮށްލަން ބޭނުންވާ ކަމަށް މެސީ އަންގާފައިވީ ނަމަވެސް ބާސެލޯނާ އިން މަސައްކަތްކުރަނީ އޭނާ ޓީމުގައި މަޑުކުރުވާށެވެ.
އިންޒާރަށް ބެލުމެއް ނެތި ސުޕަ ލީގު އިއުލާންކޮށްފި
ޗެލްސީ، ސެވިއްޔާ، ބާސާ އަދި ޔުވެންޓަސް އަނެއް ބުރަށް
ޔުވެންޓަސްއާ އެކު އެއްބަސްވުމެއް ނަހަދަން: ސުއަރޭޒް
ބާސެލޯނާ ދޫކޮށް ވިޑާލް އިންޓަ އަށް؟
ސުއަރޭޒްގެ ދެ ގޯލުން ބާސާ އިން އިންޓަ ބަލިކޮށްފި
ބާސެލޯނާ އިން ވިޑާލްގެ ޑީލް ވެސް ހައިޖެކްކޮށްފި
ދެވަނަ މެސީ ނަން ދިން ފާޓީއަށް ބާސާގައި ޖާގައެއް ނެތް
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ކުޅުންތެރިން ޑިވެލޮޕްކުރަން ބާސާއަށްވުރެ ރެއާލް ރަނގަޅު
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް