ގުޅިފަޅުން ފްލެޓު ގަންނަން ފައިސާ ދައްކާފައިވާ މީހުންނާއި ޓާޓާ ފްލެޓަށް ދައްކަން ޖެހޭ ފައިސާ ހަމަނުޖެހުނު މީހުންގެ ތެރެއިން ބަދަލު ހޯދަން 170 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް، ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
02 ސެޕްޓެމްބަރ 2020
ގުޅިފަޅުން ފްލެޓު ގަންނަން ފައިސާ ދައްކާފައިވާ މީހުންނާއި ޓާޓާ ފްލެޓަށް ދައްކަން ޖެހޭ ފައިސާ ހަމަނުޖެހުނު މީހުންގެ ތެރެއިން ބަދަލު ހޯދަން 170 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް، ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ގުޅިފަޅުން ފްލެޓު ގަންނަން ފައިސާ ދެއްކި މީހުންގެ ތެރެއިން 105 މީހަކު އަދި ޓާޓާ ފްލެޓު ލިބުނު ނަމަވެސް އެތަނަށް ދައްކަން ޖެހޭ ފައިސާ ހަމަނުޖެހުނު މީހުންގެ ތެރެއިން 73 މީހަކު، ބަދަލު ހޯދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
ގުޅިފަޅުން ފްލެޓު ގަންނަން ފައިސާ ދައްކާފައިވާ މީހުންނާއި ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ގާކޮށި އަދި ވޭސައިިޑްގެ ފްލެޓަށް ހޮވުނު ނަމަވެސް އެތަނަށް ދައްކަން ޖެހޭ ފައިސާ ހަމަނުޖެހުނު މީހުންނަށް ދެ ގޮތެއް ސަރުކާރުން ހުށަހެޅި އެވެ.
ފުރަތަމަ ގޮތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި ފެށި ހިޔާ މަޝްރޫއުގެ 6،720 ފްލެޓުގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓެކެވެ. ދެ ވަނަ ގޮތަކީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އިމާރާތްކުރާ 1،700 ފްލެޓުގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓެކެވެ.
އެ އެއްބަސްވުމުގައި ސޮއިކުރަން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ދިން މުއްދަތުގައި ޖުމްލަ 175 މީހުން ސޮއިކުރި އެވެ.
އެމްޑީޕީގެ ސަރުކާރުގައި 2010 ވަނަ އަހަރު ގުޅިފަޅުގައި އެޅި ފްލެޓުތަކަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަންތަން ނޫން ކަމަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ކަނޑައެޅި އެވެ. އަދި ފްލެޓަށް އޭރު ފައިސާ ދެއްކި 18 އާއިލާއަކަށް ހުޅުމާލޭން ފްލެޓް ދިން ނަމަވެސް 140 އާއިލާއަށް ބަދަލެއް ނުލިބެ އެވެ. ގުޅިފަޅުން ފްލެޓު ހޯދަން ފައިސާ ދެއްކި 105 މީހުންގެ ތެރެއިން ގިނަ މީހުން އިހުތިޔާރުކުރީ މި ސަރުކާރުން އަޅާ ތިން ކޮޓަރީގެ ފްލެޓެވެ. އެ ފްލެޓު ބޭނުންވާ ކަމަށް 93 މީހަކު އަދި ހިޔާ ފްރޮޖެކްޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓް ބޭނުންވެގެން 12 މީހަކު ސޮއިކުރި އެވެ.
ހިލޭ ބަހާ ގޯތީގައި މުޅި އާބާދީ ހިޔާވަހިކުރެވޭ!
ނުހައްގުން ފްލެޓް ދިން މައްސަލާގައި 4 މީހަކަށް ދައުވާ
ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ޝެޑިއުލްކުރަނީ
ފްލެޓްތައް ހަވާލުކުރަން ޑިޕޮސިޓް ދައްކަން ހުޅުވާލައިފި
ގުޅިފަޅު ގޯތިތަކުގެ އިން ވަކިކުރަން ފަށައިފި
ގުޅިފަޅުގެ 1،200 ގޯތީގެ ރަޖިސްޓްރީ ދޫކޮށްފި
ފްލެޓް އެއްބަސްވުމުގައި 2،000 މީހުން ސޮއިކޮށްފި
ހާހަކަށް ވުރެ ގިނަ މީހުންނާ އެކު ފްލެޓު ސޮއިކޮށްފި
ގުޅިފަޅުގެ 800އަށް ވުރެ ގިނަ ގޯތީގެ ރަޖިސްޓްރީ ދީފި
76 ޕޮއިންޓް ލިބުނު މީހުންނަށް ފްލެޓް ހަމަޖައްސައިދެނީ