Roadha Mihaaru
ޗޭނިން ކަރަންޓީނުގައި ލިޔުނު ފޮތް އަންނަ އަހަރު ނެރެނީ

ޗެނިން ޓޭޓަމް ކަރަންޓީނުގައި ލިޔުނު ކުޑަކުދިންގެ ފޮތް އަންނަ އަހަރު ނެރެނީ

02 ސެޕްޓެމްބަރ 2020

ކޮވިޑް-19އާ އެކު ކުރިމަތިވި ލޮކްޑައުންގެ ތެރޭގައި މަސައްކަތްތަކާ ދުރުވެ ގޭގައި ހުންނަން ޖެހުމުން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޗެނިން ޓޭޓަމް ލިޔުނު ކުޑަކުދިންގެ ފޮތް "ދި ވަން އެންޑް އޮންލީ ސްޕާކެލާ" އަންނަ އަހަރު ނެރެން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19އާ އެކު ކުރިމަތިވި ލޮކްޑައުންގެ ތެރޭގައި މަސައްކަތްތަކާ ދުރުވެ ގޭގައި ހުންނަން ޖެހުމުން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޗެނިން ޓޭޓަމް ލިޔުނު ކުޑަކުދިންގެ ފޮތް "ދި ވަން އެންޑް އޮންލީ ސްޕާކެލާ" އަންނަ އަހަރު ނެރެން ނިންމައިފި އެވެ.

މި ފޮތުގެ ވާހަކަ އިންސްޓަގްރާމްގައި ހިއްސާކުރަމުން "ސްޓެޕް އަޕް" އާއި "މެޖިކް މައިކް" އަދި "21 ޖަމްޕް ސްޓްރީޓް" ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު 40 އަހަރުގެ އެކްޓަރު ބުނީ ކަރަންޓީނުގައި ދަރިފުޅާ އެކު ހޭދަކުރަން ޖެހުނު ވަގުތަކީ ހަޔާތުގެ ވަރަށް މުހިއްމު އަދި ބޭނުންތެރި ދުވަސްތަކެއް ކަމަށެވެ. އަދި ހަތް އަހަރުގެ ދަރިފުޅު އެވަލީ ޓޭޓަމްއާ އެކު ހޭދަކުރަން ލިބުނު ކޮންމެ ހިނދުކޮޅަކީ އެކްސިޑެންޓަކުން ނަމަވެސް އުފެއްދުންތެރި ހިތްހަމަޖެހޭ ވަގުތުތަކެއް ކަމަށެވެ.

ޗެނިން ބުނީ ދަރިފުޅާ އެކު ހޭދަކުރަން ލިބުނު ކޮންމެ ސިކުންތަކީ އެތަކެއް ކަމެއް ދާސްވާން ލިބުނު ފުރުސަތެއް ކަމަށާއި ދަރިއަކާ އެކު ވަގުތު ހޭދަކުރުމަކީ ވަރަށް ވެސް ޖާދުވީ ކަމެއްކަން އިހުސާސްކުރެވުނު ކަމަށެވެ.

ޗެނިންގެ "ދި ވަން އެންޑް އޮންލީ ސްޕާކެލާ" ތަހުސީސްކުރަނީ ވެސް ދަރިފުޅަށެވެ. މި ފޮތުގައި ކިޔައިދޭނީ ވިދުން ގަދަ ކަންކަމާއި އެއްޗިއްސަށް ލޯބިކުރާ އަދި ސްކޫލަށް ދާ އިރު ޑިސްކޯ ބޯޅަ ހުންނަ ބޫޓެއް ލާތީ އެހެން ކުދިންގެ ފަރާތުން މަލާމާތުގެ ބަސްތަކާ ކުރިމަތިލާން ޖެހޭ އެލާ ކިޔާ އަންހެން ކުއްޖެއްގެ ވާހަކަ އެވެ. ޗެނިން ބުނީ ފޮތުގައި ކިޔައި ދީފައި ހުންނާނީ ފާޑުކިޔުންތައް އަމާޒު ވިޔަސް އަމިއްލަ ނަފުސަށް ލޯބިވުމުގެ މުހިއްމުކަމާއި އެކަމަށް ބައްޕައަކު ދަރިއަކަށް ދޭ ހިތްވަރުގެ ވާހަކަ އެވެ.

"މިއީ ހުރިހާ އަންހެން ދަރިން ތިބޭ ބައްޕައިންނަށް ދޫކޮށްލާ އެއްޗެއް." ޗެނިން ބުންޏެވެ.

"ދި ވަން އެންޑް އޮންލީ ސްޕާކެލާ" ޕަބްލިޝިން ހައުސް ފީވެލް އެންޑް ފްރެންޑްސްގެ ތައްގަނޑުގައި ނެރެން ނިންމާފައި ވަނީ އަންނަ އަހަރުގެ މެއި މަހު އެވެ. އަދި ވަކި ތާރީހެއް ނުނިންމަ އެވެ.

ދަރިފުޅު އެވަލީ އަށް ތަހުސީސްކޮށް ޗެނިން ފޮތެއް ލިޔުނު އެ ދަރިފުޅަކީ އޭނާ އާއި ޖެނާ ޑީވެންގެ ކައިވެނި 2018 ގައި ރޫޅައިލި އިރު. ލިބިފައުވާ ހަމައެކަނި ދަރިފުޅު ވެސް މެ އެވެ.