Roadha Mihaaru
ގޭގައި ކިޔަވައިދިނުން އެކްޝަން ފިލްމެއްހާ އުނދަގޫ

ދަރިންނަށް ގޭގައި ކިޔަވައިދިނުން އެކްޝަން ފިލްމެއްހާ އުނދަގޫ

07 ޖުލައި 2020

ދަރިންނަށް ގޭގައި ކިޔަވައިދިނުން އެކްޝަން ފިލްމެއްހާ އުނދަގޫ ކަމަށާއި ކޮވިޑް-19އާ އެކު ކުރިމަތިވި ލޮކްޑައުންގެ ތެރޭގައި އެންމެ އުނދަގޫ އަދި އެންމެ ފިކުރު ބޮޑުވާ ކަމަކީ އެއީ ކަމަށް ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޝާލީޒް ތެރަން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދަރިންނަށް ގޭގައި ކިޔަވައިދިނުން އެކްޝަން ފިލްމެއްހާ އުނދަގޫ ކަމަށާއި ކޮވިޑް-19އާ އެކު ކުރިމަތިވި ލޮކްޑައުންގެ ތެރޭގައި އެންމެ އުނދަގޫ އަދި އެންމެ ފިކުރު ބޮޑުވާ ކަމަކީ އެއީ ކަމަށް ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޝާލީޒް ތެރަން ބުނެފި އެވެ.

އެޑަޕްޓްކޮށްގެން ދެ ކުދިން ގެންގުޅޭ 44 އަހަރުގެ ބަތަލާ އެންބީސީގެ މަގުބޫލު ޓީވީ ޝޯ "ޓުޑޭ" އަށް ދިން އިންޓަވިއުއެގައި ބުނީ ދަރިންނަށް ގޭގައި ކިޔަވައިދޭން ޖެހޭ ފަދަ ހާލަތަކަށް ކުރިން ތައްޔާރުވެފައި ނެތް ކަމަށެވެ. އެކަމަކު ދެން ހުންނާނީ އެކަމަށް ތައްޔާރުވެ ކަމަށް ބުންޏެވެ. ސަމާސާއަކަށް ހަދާފައި އޭނާ ބުނީ އެކަމަށް ކުރާނެ އެންމެ މުހިއްމު ކަމަކީ ވީހާ ވެސް ގިނައިން އެކްޝަން ފިލްމުތައް ކުޅުން ކަމަށެވެ.

"މި ލޮކްޑައުންގެ ތެރޭގައި އެންމެ ސްޓްރެސްފުލް ކަމަކީ ކުދިންގެ ހޯމް ސްކޫލިން. މިއީ ކުރިން ތައްޔާރުވެވިފައި ނެތް ކަމަކަށްވީމަ އަހަންނަށް މިކަން ވަރަށް އުނދަގޫ އަދި ހާސްކަމާއި ފިކުރުބޮޑުވާ ކަމަކަށްވީ،" ކާމިޔާބު ފިލްމުތަކެއް ކުޅެ، އޮސްކާ އެވޯޑް ވެސް ހޯދާފައިވާ ބަތަލާ ބުންޏެވެ.

ދެކުނު އެފްރިކާ އަށް އުފަން ހުނަރުވެރި ބަތަލާ އެންމެ ފުރަތަމަ ކުއްޖަކު އެޑަޕްޓްކުރީ 2012 ގަ އެވެ. އެއީ މިހާރު 8 އަހަރުގެ ޖެކްސަން ތެރަން އެވެ. ދެހާސް ފަނަރައިގައި އެޑަޕްޓްކުރި އަންހެން ކުއްޖާ އޮގަސްޓް ތެރަން އަށް މިހާރު ހަތަރު އަހަރެވެ.

މިދިޔަ އަހަރު "ލޯންގް ޝޮޓް" އާއި "ބޮމްޝެލް" އިން ފެނިގެން ދިޔަ ތެރަންގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ހުކުރު ދުވަހު ނެޓްފްލިކްސް އިން ގެނެސްދޭ ސުޕަހީރޯ ފިލްމު "ދި އޯލްޑް ގާޑް" އެވެ.