01 ސެޕްޓެމްބަރ 2020
ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކުރާ ސިލްސިލާ "ހުވާކޮށްފާ ބުނަން" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.
ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކުރާ ސިލްސިލާ "ހުވާކޮށްފާ ބުނަން" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.
ޔޫއްޕެގެ އަމިއްލަ ވާހަކައަކަށް ހަދާ މި ސިލްސިލާ ހުޅުމާލޭގައިި ޝޫޓްކުރަމުން އަންނަ އިރު މި މަހުގެ މެދުތެރޭގައި ދައްކަން ފަށާނެ ކަމަށް ބުންޏެވެ. ނަމަވެސް ދައްކާނީ ކޮން ޕްލެޓްފޯމަކުން ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
"ހުވާކޮށްފާ ބުނަން" އަކީ ލޯބީގެ ވާހަކައެއްގެ ތެރެއިން ހިނގާ ކަންތައްތަކެއް ދައްކުވައިދޭނެ އެއްޗެކެވެ. މީގެ ކާސްޓުންގެ ތެރޭގައި އަލީ އާޒިމް (ދޮން އައްޔަ) އާއި އަހުމަދު އީސަ (އާނަންދު) ގެ އިތުރުން އަބްދުﷲ ޝާފިއު (ފުބޫ) އަދި އަހުމަދު ސައީދު، ނާޝިދާ މުހައްމަދު (ނާއްކޮ)، މަރިޔަމް ޝިފާ، ވާޝިޔާ މުހައްމަދު (ޝިޔާ) އާއި ނަތާޝާ ޖަލީލު ހިމެނެ އެވެ.
މި ތަރިންގެ އިތުރުން ވެސް ސީރީޒްގެ އެކިއެކު ރޯލްތަކުން އެކިއެކި ފަންނާނުން ފެނިގެންދާނެ އެވެ.
ޔޫއްޕެ އަމިއްލަ ފިލްމު ކުންފުނި ޔޫއްޕެ ޕްރޮޑަކްޝަނުން އަލަށް ގެނެސްދޭ ސިލްސިލާ "ހުވާކޮށްފާ ބުނަން" ތިން ސީޒަނަކަށް ގެނެސްދޭނެ އެއްޗެކެވެ. އެގޮތުން ކޮންމެ ސީޒަނެއްގައި ހިމެނޭނީ 26 އެޕިސޯޑެވެ.
ހުވާކޮށްފާ ބުނަން: ޔޫއްޕެގެ ސީރީޒެއް
ވެބް ސީރީޒް "ދަރަކަ" ޓީޒާއެއް
ގޮޅާ އައްޔަގެ ސިލްސިލާ އަކީ "ބީވުން"
"ހުވާކޮށްފާ ބުނަން" އަންނާނީ ބައިސްކޯފަށް
"ހައު އައި މެޓް ޔޯ ފާދާ" ގެ ޓްރެއިލާ ދައްކާލައިފި
ޔޫއްޕެގެ އެ ސީރީޒްގެ ފުރަތަމަ ބަޔަކީ "ބޭބީ"
އިއްލެގެ "މިންޖު" ގެ ޓްރެއިލާއެއް
ޝްވޭތާގެ ދަރިފުޅު ތައާރަފްކުރާ ފިލްމުގެ ޓީޒާއެއް
ވެބް ސީރީޒް "ލޯބިވިއަސް" ބައިސްކޯފަށް
"ހުވާކޮށްފާ ބުނަން" ފަށާނީ 27 ގައި