30 އޯގަސްޓް 2020
ގްރޭޑް 11 އާއި 12ގެ ދަރިވަރުން ހަދާ އެންމެ ފަހު އިމްތިހާނަށް ފަރިތަކޮށްދިނުމަށް މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވައިދޭން ފަށައިފި އެވެ.
ގްރޭޑް 11 އާއި 12ގެ ދަރިވަރުން ހަދާ އެންމެ ފަހު އިމްތިހާނަށް ފަރިތަކޮށްދިނުމަށް މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވައިދޭން ފަށައިފި އެވެ.
މި އިމްތިހާންތަކުގެ ތެރެއިން އޭ.އެސް އަކީ ގްރޭޑު 11 ގައި ހަދާ އެންމެ ފަހު އިމްތިހާނެވެ. ގްރޭޑު 12 ގައި ހަދާނީ އޭ2 އިމްތިހާނެވެ.
އަންނަ އޮކްޓޫބަރު މަހު ބާއްވާ، ގްރޭޑު 11ގެ ދަރިވަރުންގެ އިމްތިހާނަށް ތައްޔާރުކޮށްދިނުމަށް ސީއެޗްއެސްއީ އާއި އަހުމަދިއްޔާ އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް ކުދިން ގެންގޮސްގެން މިދިޔަ ހަފުތާގައި ވަނީ ކިޔަވައިދޭން ފަށައިފަ އެވެ.
އެ ސްކޫލުތަކުގައި އަންނަ ހަފުތާގެ ތެރޭގައި މޮކް އިމްތިހާނު އޮންނާނެ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް މި އަހަރުގެ މާޗު 12 ގައި މާލޭ ސަރަހައްދުގެ ސްކޫލުތައް ބަންދުކުރުމަށް ފަހު، އަލުން ހުޅުވީ މިދިޔަ މަހުގެ އެއް ވަނަ ދުވަހެވެ. އޭރު ކިޔަވައިދޭން ފެށީ ގްރޭޑު 9 އިން މަތީގެ ދަރިވަރުންނަށެވެ. ނަމަވެސް ކޮވިޑް-19 ގެ ކޭސްތައް މާލޭގައި އިތުރުވަމުން ދާތީ، މާލެ ސަރަހައްދުގެ ސްކޫލުތައް ވަނީ އަންނަ މަހުގެ 3 އާ ހަމައަށް އަނެއްކާވެސް ބަންދުކޮށްފަ އެވެ.
މި މުއްދަތުގައި ދަރިވަރުންނަށް ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.
ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ ވިދާޅުވީ އެ ސްކޫލްގައި ކިޔަވައިދެމުން މިހާރު އަންނަނީ ދެ ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ. އެއް ގްރޫޕު އާދިއްތަ ދުވަހާއި އަންގާރަ ދުވަހު އަދި ދެ ވަނަ ގްރޫޕު ހޯމަ ދުވަހާއި ބުދަ ދުވަހު ސްކޫލަށް ދާނެ ކަމަށް ވިދާޅުވި އެވެ.
އެ ކުދިން ސްކޫލަށް ދަނީ ހެނދުނު 7:45-9:45 އަށެވެ. އެއަށް ފަހު ހުރިހާ ގްރޭޑަކަށް ވެސް ހެނދުނު 11:20-3:15 އަށް އޮންލައިން ކްލާސްތައް އޮންނާނެ ކަމަށް ސޮފޫރާ ވިދާޅުވި އެވެ.
ސީއެޗްއެސްއީގެ 500 ދަރިވަރުންނަށް ކިޔަވައިދެމުން އަންނަނީ، އޭނާ ވިދާޅުވި ގޮތުގައި، ގައިދުރުކަން ބަހައްޓައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު، އެ ސްކޫލްގެ އިތުރުން އަމީނިއްޔާ ސްކޫލުގެ ހޯލުގަ އެވެ.
އަހުމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ ދެ ގްރޭޑްގެ ކްލާސްތައް ކުރިއަށް ގެންދަނީ 8:30-1:30 އަށް ކަމަށެވެ. އެކަމަކު ދަރިވަރުން އެއް ވަގުތެއްގައި ސްކޫލަށް ދާން ނުޖެހޭތީ ތޮއްޖެހުން ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވާޗުއަލްކޮށް ކިޔަވައިދޭން ފަށަން ހަވީރު 4 ގައި. އަދި ވެސް އެބަތިބި ރަށްރަށުގައި ތިބި މި ސްކޫލުގެ ކުދިން. އެ ކުދިންނަށް ވެސް ބައިވެރިވެވޭނެ އޮންލައިން ކްލާސްތަކުގައި،" ރަޝީދު ވިދާޅުވި އެވެ.
އަންނަ އޮކްޓޫބަރު މަހު ބާއްވަނީ، މިދިޔަ މެއި/ޖޫން މަހަށް ފުރަތަމަ ތާވަލްކުރި އިމްތިހާނެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން ސްކޫލުގައި ކިޔަވައިނުދެވި ގިނަ ދުވަސްތަކެއް ވުމުން އެ އިމްތިހާނު، އޮކްޓޫބަރު/ނޮވެމްބަރު މަހަށް ފަސްކުރީ އެވެ.
ވިލާ ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ އެ ސްކޫލްގައި އޭ.އެސް އިމްތިހާން ހަދާ 270 ދަރިވަރުން އެބަ ތިބި ކަމަށެވެ.
"މިނިސްޓްރީގެ ގައިޑްލައިން ފޮލޯކުރަމުން މި ކިޔަވައިދެނީ ބޮޑެތި ކްލާސްރޫމުތަކާއި ހޯލުގައި. ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރާނެ،" ސައީދު ވިދާޅުވި އެވެ.
އޭލެވެލް ސިލަބަސް ބަދަލުކުރަން ނިންމި ނިންމުން ބާތިލް
ސިލަބަސް ބަދަލުކުރީ އިތުރު ފަސޭހައަކަށް: އެޑިއުކޭޝަން
ރާއްޖޭގައި އޭ ލެވެލް އިމްތިހާނު ބާއްވަން ނިންމައިފި
އޭލެވެލް އިމްތިހާނު ފަސްކޮށްފި
އޭ ލެވެލްގައި ދުނިޔެއިން 1ވަނަ ރާއްޖޭގެ ހަ ދަރިވަރުން
އޭ ލެވެލްގެ އެއް ވަނަ: އަބަދުވެސް ކިޔަވަން މޮޅު
އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި
އޭލެވެލްގައި އިސްލާމާއި ދިވެހިން އޭ ސްޓާ ދޭން ފަށައިފި
ޗައިނާއިން ސީއެޗްއެސްއީ އަށް އޭސީތަކެއް ހަދިޔާކޮށްފި
އޭލެވެލް ކިޔަވާ ކުދިން އިތުރު ކުރެވިއްޖެ: މިނިސްޓަރު