Roadha Mihaaru
އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

25 ޖެނުއަރީ 2018

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން މިއަދު ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ން ބުނީ އެޑެކްސެލް އާއި އެޗްއެސްސީ އިމްތިހާނުގެ ނަތީޖާ ސްލިޕް އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ދޫކުރާނެ ކަމަށެވެ.

އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ އާ ހަވާލުވާން އެހެން މީހަކު ދާ ނަމަ، ކެންޑިޑޭޓުގެ އައިޑީކާޑު ގެންދިއުމަށް އީޕީއީން އެދެ އެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓު އަދި ނަތީޖާ ސްލިޕާ ހަވާލުވާ މީހާގެ އައިޑީކާޑު ގެންދަންޖެހޭ ކަމަށް އެ ޑިޕާޓްމެންޓުން ބުންޏެވެ.

ނަތީޖާ ރީޗެކްކުރަން ބޭނުންވާ ކެންޑިޑޭޓުން، އެކަމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު އަންނަ މަހުގެ 18 ވަނަ ދުވަހު ހުށަހަޅަން ޖެހެ އެވެ. ސެންޓަރެއް މެދުވެރިކޮށް އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުން ރީޗެކްކުރަން ހުށަހަޅާނީ އިމްތިހާނުގައި ބައިވެރިވި ސެންޓަރަކަށެވެ. މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގައި 2000 އަށް ވުރެ ގިިނަ ދަރިވަރުން ބައިވެރިވި އެވެ،