Roadha Mihaaru
އޭ ލެވެލް އިމްތިހާނު ފަށައިފި

އޭ ލެވެލް އިމްތިހާނު ފަށައިފި

04 އޮކްޓޯބަރ 2021

އިމްތިހާނު ކަރުދާސްތައް ލީކުވުމުގެ ސަބަބުން ކެންސަލްކުރި އޭ ލެވެލް އިމްތިހާނު މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިމްތިހާނު ކަރުދާސްތައް ލީކުވުމުގެ ސަބަބުން ކެންސަލްކުރި އޭ ލެވެލް އިމްތިހާނު މިއަދު ފަށައިފި އެވެ.

އެޑެކްސެލް އިމްތިހާނު އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. ނަމަވެސް ގިނަ ކަރުދާސްތަކެއް ލީކުވަމުން ދިއުމުގެ ސަބަބުން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ އެ އިމްތިހާނު ކެންސަލް ކުރުމަށް ފަހު، މި އޮކްޓޯބަރު/ނޮވެމްބަރު އިންޓޭކުގައި އޭ ލެވެލް އިމްތިހާނު ކުރިއަށް ގެންދާށެވެ.

އެޑެކްސެލްގެ އިމްތިހާނު މިއަދު ފެށި ނަމަވެސް މިދިޔަ މެއި/ޖޫން ހިސާބުގައި އިސްލާމާއި ދިވެހި މާއްދާގެ އިމްތިހާނު ވަނީ ބާއްވައިފަ އެވެ.

އޭ ލެވެލް އިމްތިހާނު ލަސްވަމުން ދާތީ އެޑިއުކޭޝަން މިނިސްޓްރީން ދެ ގޮތެއް ކުދިންނަށް އިހުތިޔާރުކުރަން ދިނެވެ. އެއީ އޭ ލެވެލް ހަދަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ދިނުމާއި ޓީޗާ ބޭސްޑު އެސެސްމަންޓެއް ހަދައި ކިޔެވުން ނިންމާލުމަށެވެ.

އެ ފުރުސަތުގައި 14 ސްކޫލަކުން 74 ދަރިވަރަކު ވަނީ ޓީޗާ ބޭސްޑު އެސެސްމަންޓެއް ހަދައިފަ އެވެ.

ބާކީ ތިބި 2،700 އެއްހާ ކުދިން އިހުތިޔާރުކުރީ އެޑެކްސެލް އިމްތިހާނު ހަދާށެވެ.

ތާވަލުގައިވާ ގޮތުން އޭ ލެވެލް އިމްތިހާނު ނިމޭނީ މި މަހުގެ 29 ވަނަ ދުވަހެވެ.