13 ޖެނުއަރީ 2022
މިދިޔަ އޮކްޓޯބަރު/ނޮވެމްބަރު މަހު ބޭއްވި އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި އެވެ.
މިދިޔަ އޮކްޓޯބަރު/ނޮވެމްބަރު މަހު ބޭއްވި އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނީ މިއަދުން ފެށިގެން އިމްތިހާނު ސެންޓަރުތަކުން ދަރިވަރުންގެ ނަތީޖާ ލިބޭނެ ކަމަށެވެ.
އެ އިމްތިހާނުގައި 2،700 ދަރިވަރުން ބައިވެރިވި އެވެ.
އެޑެކްސެލް އިމްތިހާނު އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. ނަމަވެސް ގިނަ ކަރުދާސްތަކެއް ލީކުވަމުން ދިއުމުގެ ސަބަބުން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ އެ އިމްތިހާނު ކެންސަލް ކުރުމަށް ފަހު، މިދިޔަ އޮކްޓޯބަރު/ނޮވެމްބަރު އިންޓޭކުގައި އޭ ލެވެލް އިމްތިހާނު ކުރިއަށް ގެންދާށެވެ.
އެކަމަކު، އޭގެ ކުރިން މިދިޔަ މެއި/ޖޫން ހިސާބުގައި އިސްލާމާއި ދިވެހި މާއްދާގެ އިމްތިހާނު ބޭއްވި އެވެ.
އިމްތިހާނު ފަސްވަމުން ދިއުމުގެ ސަބަބުން އެޑިއުކޭޝަން މިނިސްޓްރީން ދެ ގޮތެއް ކުދިންނަށް އިހުތިޔާރުކުރަން ދިނެވެ. އެއީ އޭ ލެވެލް ހަދަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ދިނުމާއި ޓީޗާ ބޭސްޑު އެސެސްމަންޓެއް ހަދައި ކިޔެވުން ނިންމާލުމަށެވެ.
އެ ފުރުސަތުގައި 14 ސްކޫލަކުން 74 ދަރިވަރަކު ވަނީ ޓީޗާ ބޭސްޑު އެސެސްމަންޓެއް ހެދި އެވެ.
އޭލެވެލް ސިލަބަސް ބަދަލުކުރަން ނިންމި ނިންމުން ބާތިލް
އޮކްޓޯބަރުގައި އޭލެވެލް އިމްތިހާނު ފަށަން ހުރަހެއްނެތް
އޭލެވެލް އިމްތިހާނު ފަސްކޮށްފި
ސިލަބަސް ބަދަލުކުރީ އިތުރު ފަސޭހައަކަށް: އެޑިއުކޭޝަން
އޭ ލެވެލް އިމްތިހާނު ފަށައިފި
ހުރިހާ އަތޮޅެއްގައި އޭ ލެވެލް ކިޔަވައިދޭން ފަށައިފި
އޭ ލެވެލްގެ ބަހުސް؛ މަތީ ސާނަވީ މުހިއްމުތަ؟
އިމްތިހާނު ކެންސަލްކުރަން ގޮވާލައި މިނިސްޓްރީ ދޮށަށް
އޭ ލެވެލްގެ ކެމިސްޓްރީ ކަރުދާސް ވެސް ލީކުވެއްޖެ
ރާއްޖެ އިން ހުށަހަޅަނީ ލީކުވި ޕޭޕަރުތައް އަލުން ހަދަން