27 އޯގަސްޓް 2020
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫންގެ ކޮވިޑް ޓެސްޓު ނެގެޓިވް ކަމަަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫންގެ ކޮވިޑް ޓެސްޓު ނެގެޓިވް ކަމަަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
ބައްޕާފުޅު މައުމޫން އިއްޔެ ރޭ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، އައިޖީއެމްއެޗުގައި ޣައްސާން ހެއްދެވި ޓެސްޓުގެ ނަތީޖާ ސްލިޕާ އެކު ކުރެއްވި ޓުވީޓެއްގައި ވަނީ، ބައްޕާފުޅާއި އެ ބައްޔަށް މިހާތަނަށް ޕޮޒިޓިވް ވެފައިވާ އެންމެންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފަ އެވެ.
"ދިވެހި ޑޮކްޓަރުންނާއި ނަރުހުންގެ އިޚުލާސްތެރި ޚިދުމަތް ގާތުން ދެކެމުން، ހިފެހެއްޓުމެއް ނެތި ހިތުގެ ލޯތްބާއި ޝުކުރު ދަންނަވަން،" ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާންގެ ޓުވީޓުގައި ވެ އެވެ.
Alhugandu #COVID19 ah -ve vefava vaahaka hissaakuran. Alhuganduge lobuvethi Bappa ashai, #COVID19 ah +ve vefaiva emmenah avas shifa akah edhi Dhua kuran. Dhivehi doctarunnai naruhun ge ikhlaastheri khidhumai gaathun dhekemun, hifehettumenethi hithuge loibbai shukuru dhannavan! ❤ pic.twitter.com/s8GmLWLbYZ
— Mohamed Ghassan Maumoon (@mgmaumoon) August 27, 2020
ޣައްސާންގެ ޓުވީޓު
ޣައްސާންގެ ކޮވިޑް ޓެސްޓު ނެގެޓިވްވިއިރު، ދާދި ފަހުން އިދިކޮޅު ޕީޕީއެމް ކޯލިޝަނުން މާލޭގައި ބޭއްވި އެއްވުމެއްގައި އޭނާ ބައިވެރިވެވަޑައިގަތުމުން ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެއީ އެ މުޒާހަރާގެ ތެރޭގައި، ކޮވިޑުން ރައްކާތެރިވުމަށް ސޯޝަލް ޑިސްޓެންސިން އާއި މާސްކު އެޅުމަށް އެކަށީގެންވާ ވަރަށް ސަމާލުކަން ދީފައި ނެތުމާއި، އާއިލާގެ ބޭފުޅުންނަށް އެ ބަލީގެ ފުރުސަތު އޮވެދާނެ ކަމަށް ބުނެ އެވެ.
އުމުރުފުޅުން 82 އަހަރުގެ މައުމޫނަށް ކޮވިޑަށް ޕޮޒިޓިވްވިކަން އެނގިވަޑައިގަތީ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ، މިދިޔަ އަންގާރަ ދުވަހު ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރަށް ދައްކަވައި ހެއްދެވި ކޮވިޑް ޓެސްޓުންނެވެ. އަންގާރަ ދުވަހުގެ ރޭ ނަތީޖާ ލިބިވަޑައިގެންނެވިއިރު، އެ މަނިކުފާނު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
އެހެންވެ، އޭގެ ފަހުން މައުމޫން ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފަ އެވެ. އާއިލާ އިން އިއްޔެ ބުނެފައި ވަނީ އެ މަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށާއި ކޮވިޑްގެ އަލާމާތް ވެސް ވަރަށް ކުޑަ ކަމަށެވެ.
މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވެސް އާލާސްކަންފުޅާ އުޅުއްވާތީ މި މަހުގެ ކުރީކޮޅު ކޮވިޑަށް ޓެސްޓު ކުރެއްވި އެވެ. އެ ކަމަނާގެ ނަތީޖާ ދެއްކީ ނެގެޓިވް ކަމަށެވެ.
ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ހާލަތު ގޯސްވާތީ ފިޔަވަޅު އަޅަން މައުމޫން ގޮވާލައިފި
މާ ބޮޑަށް ލަސްނުވަނީސް ފިޔަވަޅު އަޅާ: މައުމޫން
މައުމޫން، ނަސްރީނާ އަށް: ވަރަށް އަވަހަށް ބައްދަލުވާނެ
ބައްޕަގެ ހާލު އަންނަނީ ރަނގަޅު ވަމުން: ޔުމްނާ
މައުމޫނަށް އަވަސް ޝިފާއަކަށް އެދި ހެޔޮ ދުއާ
މައުމޫންގެ ހާލުކޮޅު ރަނގަޅު: އާއިލާ
ކުރީގެ ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ދީފައިވާ ލުއިތަކަށް ބަދަލު ގެންނަން ޖެހޭ: އެމްއާރުއެމް
ކޮވިޑާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ: މައުމޫން