26 ޖުލައި 2020
ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ، މިއީ ލޮކްޑައުން އަށް ސަރުކާރުން ދީފަައިވާ ލުއިތަކަށް ބަދަލު ގެންނަންވީ ވަގުތު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިން މިއަދު ބުނެފި އެވެ.
ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ، މިއީ ލޮކްޑައުން އަށް ސަރުކާރުން ދީފަައިވާ ލުއިތަކަށް ބަދަލު ގެންނަންވީ ވަގުތު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިން މިއަދު ބުނެފި އެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހާ ގުޅިގެން އެމްއާރުއެމުން ނެރުނު ބަޔާނެއްގައި ބުނީ، މިއީ މި މަހުގެ 1 ން ފެށިގެން ދީފައިވާ ދީފައިވާ ލުއިތަކަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ވަގުތު ކަމަށެވެ.
"މިނިވަން ދުވަސް އައި އިރު ރައްޔިތުންނަށް މިވަނީ، މިނިވަން ކަމާއެކު އެއް ރަށުން އަނެއް ރަށް ދަތުރުކުރެވޭނެ ހާލަތާއި ގޮތް ނެތިފައި. އެކަމުގެ ދަތިތަކާއި ކުރިމަލާން ޖެހިފައި. މި ހާލަތު ރަނގަޅު ކުރުމަށާއި ރައްޔިތުންނަށް ފަސޭހަ ގޮތްތައް ފަހިކޮށްދިނުމުގައި ދިވެހި ސަރުކާރުން ހަމަޖައްސާފައިވާ އިންތިޒާމުތައް މިހާރަށް ވުރެ ހަރުދަނާ ކުރުން މުހިންމު،" މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ޕާޓްރަނަރު އެމްއާރުއެމްގެ ބަޔާނުގައި ވެ އެވެ.
މައުމޫން، މީގެ ކުރިން ވެސް ވަނީ ލޮކްޑައުން އަށް ދީފައިވާ ލުއިތައް ހަރުކަށި ކުރަން ގޮވާލައްވައިފަ އެވެ. ނަމަވެސް ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭގެ ކަމާ ގުޅޭ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ މިހާރު ދީފައިވާ ލުއިތަކާ އެކު، ކުރިއަށް ދެވޭނެ ކަމަށެވެ. އެކަމަކު، އެކަން ކާމިޔާބުވާނީ ސިއްހީ ފަރާތްތަކުން ދީފައިވާ އިރުޝާދުތަކަށް ތަބާވެ، ކޮވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަން ތަކުރާރުކޮށް އެ ފަރާތްތަކުން ހަނދާން ކޮށްދެ އެވެ.
Covid-19 control kuran harukashi fiyavalhu alhan Maumoon govaalavvaifi
The most trusted news source in the Maldives
Mihaaru
ލުއިތައް ހަރުކަށި ކުރަން މައުމޫން ގޮވާލުން
ލޮކްޑައުން އަށް ލުއި ދިން ފަހުން، އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ އިއްޔެ އެވެ. އިއްޔެ ހަވީރު 6:00 އަށް ހަމައަށް، އިތުރު 77 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 56 ދިވެއްސަކާއި ބަންގްލަދޭޝްގެ 20 މީހަކާއި އިންޑިއާގެ މީހެކެވެ.
ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވި މީހުންނާ އެކު، ރާއްޖެ އިން މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 3،252 އަށް އަރައިފަ އެވެ. އެއާއެކު، ކޮވިޑް-19 ޖެހުނު ދިވެހިންގެ އަދަދު، މީގެ ކުރިން އެ ބަލި އެންމެ ބޮޑަށް ފެތުރުނު ބަންގްލަދޭޝް މީހުންނަށް ވުރެ ވަނީ އިތުރުވެފަ އެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެ އިން އެންމެ ގިނައިން ކޮވިޑް-19 ޖެހުނީ ދިވެހިންނަށެވެ. އިއްޔެއާ ހަމައަށް އެ ލިސްޓުގައި ގިނައީ ބިދޭސީންނެވެ.
އެމްއާރުއެމްގެ ބަޔާނުގައި ބުނީ، ކޮވިޑް-19ގެ ސަބަބުން ދިވެހިންގެ ދިރިއުޅުމުގެ މިނިވަން ކަމަށް ވަނީ ހީނުކުރާ ފަދަ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ. މި ކަމުން ސަލާމަތްވެ، ކުރީގައި އުޅުނު މިނިވަން ދިރިއުޅުން އިޔާދަ ކުރެވޭނީ، އެންމެން އެކުގައި އެއް އަމާޒަކަށް މަސައްކަތް ކޮށްގެން ކަމަށް ވެސް އެމްއާރުއެމުން ބުންޏެވެ.
މިނިވަން ދުވަހާ ގުޅުވައިގެން އެމްއާރުއެމުން ބުނިގޮތުގައި، މިނިވަންކަން ހޯދުމަކީ އެކަމުގައި އެތައް ބައެއްގެ ބޮޑެތި ގުރުބާނީތަކަކާއި ހައްގުތައް ޝާމިލުވާ ކަމެކެވެ. އެހެންވެ، މިނިވަންކަން ހޯދުމަށް ވުރެ، އެ ލިބުނު މިނިވަންކަން ދެމެހެއްޓުމަކީ މާ ބޮޑު ގޮންޖެހުމެއް ކަމަށް ބުންޏެވެ.
"ކިތަންމެ ގޮންޖެހުން ބޮޑު ނަމަވެސް އެކަމުގެ ޒިންމާއާ މައްސޫލިއްޔަތު އެޅިފައި އޮންނަނީ އެ އިރެއްގެ ސަރުކާރެއްގެ ކޮނޑުގައި. ހަމަ އެހެންމެ، އެ މިނިވަންކަން ދެމެހެއްޓުމަށް ރައްޔިތުން ވެސް މަސައްކަތް ކުރަންޖެހޭ،" ބަޔާނުގައި ވެ އެވެ.
ކޮވިޑް-19 ފެތުރުން އެއްކޮށް ނުހުއްޓުނު ކަމުގައި ވިޔަސް ރައްކާތެރިކަމާ އެކު، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ އާ މަރުހަލާއެއް ފަށައިފަ އެވެ. އެ މަރުހަލާގައި ސްކޫލުތަކާއި ކެފޭ/ރެސްޓޯރެންޓުތަކާއި މިސްކިތްތައް ވެސް ހުޅުވާލާފައި ވެ އެވެ.
ކޮވިޑާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ: މައުމޫން
ދަރިވަރުން ގޭގައި، "އޯކޭއެއް ނޫން"
މައުމޫނަށް އަވަސް ޝިފާއަކަށް އެދި ހެޔޮ ދުއާ
އޮތީ ލެވެލް ނުވައެއްގައި، 10 އަކުން ލޮކްޑައުންއަށް!
ލުއިދެވުނީ ފުރަތަމަ ޕްލޭންކުރިވަރަށް ވުރެ ބޮޑަށް: ޓެގް
ރާއްޖޭގައި ކޮވިޑް މެނޭޖް ނުކުރެވިދާނެ: ޑރ. އަލީ
ލޮކްޑައުނަކަށް ދާން ޖެހޭވަރަށް ހާލަތު ގޯސްވެއްޖެ: ޝީނާ
ރޭގަނޑު 10 އިން ފަތިހު 5 އަށް، ކާފިއު ގަޑި
މާލެއިން ރަށްރަށް ދަތުރުކުރުމުގެ ފުރުސަތު ހަނިކޮށްފި
ރޭގަނޑު 10 އިން ފަތިހު 5 އަށް ކާފިއު ހިންގަނީ