27 އޯގަސްޓް 2020
ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިގުތިސާދީ ދަތިކަމާއި ދުނިޔެ އޮތް ހާލަތަށް ބަލާއިރު، 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ފަސް ކުރެވޭތޯ ބެލުމަކީ މިހާރު ގެންގުޅެމުން އަންނަ ވިސްނުމެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިގުތިސާދީ ދަތިކަމާއި ދުނިޔެ އޮތް ހާލަތަށް ބަލާއިރު، 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ފަސް ކުރެވޭތޯ ބެލުމަކީ މިހާރު ގެންގުޅެމުން އަންނަ ވިސްނުމެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ހާލަތު މިހާރު އޮތްގޮތުން ރާއްޖޭގައި 2023 ވަނަ އަހަރު އައިއޯއައިޖީ ބޭއްވިދާނެތޯ ސުވާލު އުފެދޭ ކަމަށް ވެސް މީގެ ކުރިން މިނިސްޓަރު މަހުލޫފް ވަނީ އެކި ފަހަރު މަތިން ވިދާޅުވެފަ އެވެ. އެކަމަކު އެ ފަހަރުތަކުގައި ވެސް މިނިސްޓަރު ވިދާޅުވީ ކޮންމެ ގޮތެއް ވިޔަސް ބަލާނީ މީގެ އެންމެ ރަނގަޅު ހައްލެއް ހޯދުމަށް ކަމަށާއި އައިއޯއަައިޖީ ބާއްވަން އެކި ގޮތްގޮތުން މަސައްކަތްކުރާނެ ކަމަށެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ މިހާރު ފެންނަ ފެނުމަށް ބަލާއިރު 2023 ވަނަ އަހަރު އައިއޯއައިޖީ ބޭއްވޭނެ ކަމަށް ނުދެކޭ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ މިހާރު 2023 އަކީ އޮޕްޝަނެއް ނޫން ހެން. އަޅުގަނޑަށް ވެސް ގަބޫލުކުރެވޭ އެއްގޮތަކީ މުބާރާތް ލަސްކުރުން. ކުރީމަ އަޅުގަނޑު މެންނަށް ވެސްވަގުތު ލިބޭނެ ދެއްތޯ. އަޅުގަނޑުމެން މިކަމުން އަރައިގަތުމަށް ވެސް ވަގުތު ނަގާނެ. ކުއްލިއަކަށް މި ހުރިހާ މަސައްކަތެއް ނުކުރެވޭނެ. އެތައް މިލިއަން ރުފިޔާއެއް ހަރަދުވާނެކަމެއްގެ ވާހަަކަ މި ދައްކަނީ،" މަހުލޫފް ވިދާޅުވި އެވެ.
އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ މެދުގައި ބާއްވާ މި ގޭމްސް ބޭއްވުމުގެ ފުރުސަތު ރާއްޖޭން މިދިޔަ އަހަރު ހޯދީ އޮލިމްޕިކް ކޮމިޓީ އާއި ސަރުކާރުން ވަރަށް ބޮޑު މަސައްކަތްތަކެއްކޮށްގެންނެވެ.
Rajjeygai IOIG beyvumuge furusathu hanivejje: Minister
The most trusted news source in the Maldives
Mihaaru
2023 ވަނަ އަހަރު އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ހަނިކަމަށް މިނިސްޓަރު ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައި.
އޭނާ ވިދާޅުވީ އައިއޯއައިޖީ ބޭއްވުމުގެ މަސައްކަތުގައި ދެން ކުރިއަށްދާން ވިސްނާފައި އޮތީ އޮލިމްޕިކް ކޮމިޓީ އާއި ގޭމްސްގެ އޮގަނައިޒިން ކޮމިޓީއާ މަޝްވަރާކޮށްގެން ކަމަށެވެ. އަދި އެ މަޝްވަރާތަކަށް ފަހު ކުރިއަށްދެވޭނެ ގޮތްތަކެއް އެނގުމުން އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ މިނިސްޓީރިއަލް ކޮމިޓީ އަށް ހުށަހަޅައިގެން މީގެ އެންމެ ފަހުގެ ނިންމުންތަކެއް ނިންމާނެ ކަމަށެވެ.
"އަދިވެސް ނޭނގެ ދެއްތޯ މާދަން ވާނީ ކިހިނެއް ކަމެއް. އެ ހާލަތުގައި މި ތިބީ. ތަންކޮޅެއް ސާފުކޮށް އަޅުގަނޑުމެންގެ ކުރިމަގު ފެންނަ ހިސާބަށް ދިޔައީމަ ޑިޒިޝަނެއް ނެގޭނީ. އެކަމު 2023 ގައި އަޅުގަނޑަށް ހިއެއްނުވޭ ގައިމުވެސް މިކަން ކުރެވޭނެހެން. އަޅުގަނޑަށް ގަބޫލުކުރެވޭ އެންމެ އަވަހަށް ވެސް 2024 އާ ހަމައަށް ގޭމްސް ލަސްކުރުމުގެ ފުރުސަތު އޮތް ކަމެއް. އެއީ ދުނިޔޭގެ އެހެން ހުރިހާ ބޮޑެތި މުބާރާތްތަށް ވެސް ހަމަ އޮލިމްޕިކްސް ވެސް ދެއްތޯ އެ ދަނީ އެއް އަހަރު ފަހަތަށް ޖައްސާލަމުން. އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ އެ ޖާގަ (އައިއޯއައީޖީ އަށް) ލިބިގެންދާނެކަމަށް،" މަހުލޫފް ވިދާޅުވި އެވެ.
މިދިޔަ އަހަރު އައިއޯއައިޖީގެ ޑެލިގޭޝަނާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސްޕޯޓްސް މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އައިއޯއައިޖީގެ ބިޑް ރާއްޖެ އަށް ކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ސަރުކާރުގެ ތަރައްގީގެ ޕްލޭންތެރޭގައި ކުޅިވަރު އިންފްރާސްޓްރަކްޗާ ތަރައްގީކުރެވޭނެ ގޮތްތަކެއް ހުރުމުންނެވެ. އެ ގޮތުން އައިއޯއައިޖީ ބާއްވަން ތަރައްގީ ކުރަން ޖެހޭ ކުޅިވަރު އިންފްރާސްޓްރަކްޗާގެ މަސައްކަތްތަކެއް މި އަހަރު ފަށަން ވެސް އޮތީ ތާވަލުކުރެވިފަ އެވެ. މިނިސްޓަރު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ސްޕޯޓްސް މިނިސްޓްރީގެ ބަޖެޓް ކުޑަކުރަން ޖެހުމުން ކުރަމުން އައި މަސައްކަތްތައް ހުއްޓާލަން ޖެހުނު ކަމަށެވެ.
"އަޅުގަނޑުމެން އައިއޯއައިޖީ ބާއްވަން ސަރުކާރުން ބިޑްވިން ކުރި ހިސާބުން (މަސައްކަތް ފަށައިފިން). މިސާލަކަށް އިންޑޯ ބާސްކެޓްބޯޅަ. އިންޑޯ ވޮލީ ފެސިލިޓީ. ޓީޓީ ފެސިލިޓީ. މި ތަންތަން (މި އަހަރު) ބޮޑެތި ޕްރޮޖެކްޓް ގޮތަށް ހިމެނިގެން މަސައްކަތް ފެށުމަށް ތައްޔާރުވެގެން ކުރަހައި އެކި ސްޓޭޖުގައި އެކި ކަންކަން އޮތީ. ނަމަވެސް މި ހުރިހާ މަސައްކަތެއް ވަނީ ހަަމަ ކޮވިޑާ އެކީ މަޑުޖެހިގެން ގޮސްފައި،" މަހުލޫފް ވިދާޅުވި އެވެ.
އައިއޯއައިޖީއާ ބެހޭގޮތުން ދެން ކުރިއަށްދާނެ ފަހުގެ ގޮތްތަކެއް ކޮވިޑް-19 ގެ ކަންތައްތަކުން އަރައިގަނެވުނުހާ އަވަހަކަށް ސާފުވެގެންދާނެ ކަމަށާއި ކޮންމެ ގޮތަކަށް ނިމިގެންދިޔަ ނަމަވެސް މީގެ ކުޅުންތެރިންނަށް ގެއްލުމެއް ނުވާ ގޮތްތަކެއް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
"އައިއޯއައިޖީއާ މެދު ގޮތެއް ނިންމާނީ ކެބިނެޓުން"
އައިއޯއައިޖީ: ރާއްޖޭން ރަސްމީކޮށް ބިޑް ހުށަހަޅައިފި
ރާއްޖޭގައި އައިއޯއައިޖީ ބާއްވަން ސީޝެލްސް އިން ތާއީދު
"އައިއޯއައިޖީ ބިޑަށް ސަރުކާރު އޮތީ ގުޅިލާމެހިފައި"
އައިއޯއައިޖީގެ މަަސައްކަތުގައި މިނިސްޓަރުން ގައުމުތަކަށް
އައިއޯއައިޖީ ބާއްވަން ކުރާ މަސައްކަތް ވަރުގަދަކުރަނީ
އައިއޯއައިޖީއަށް ތައްޔާރުވާން ޝިފާޒަށް ރަނުގެ ފުރުސަތެއް
ނަޒޫއަށް ފައިސަލް އެންޓިކެމްޕެއިން ކުރިކަމުގެ ތުހުމަތު!
އައިއޯއައިޖީގެ ނައިބަކަށް ޗަމްޕީ އިންތިހާބުކޮށްފި
މިދިޔަ އަހަރު ސަރުކާރުން މާޒިޔާ އަށް 5.2 މިލިއަން