26 އޯގަސްޓް 2020
އެސްއެމްއީ ޑިވެލޮޕަމްންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ލޯނުތައް ދައްކާ މުއްދަތު އިތުރު ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
އެސްއެމްއީ ޑިވެލޮޕަމްންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ލޯނުތައް ދައްކާ މުއްދަތު އިތުރު ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު "މިހާރު" އަށް ވިދާޅުވީ، ލޯނުތަކުގެ މުއްދަތު އިތުރު ކުރަން މަޝްވަރާ ކުރަނީ ކުރީގެ މުއްދަތު ހަމަވާތީ ކަމަށެވެ. އެގޮތަށް ހަމަޖައްސައި ދިނުމަށް ގިނަ ކަސްޓަމަރުންތަކެއް އެދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލޯނުތައް ހަ މަސް ދުވަހަށް ފަސްކޮށްދޭން ނިންމީ ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް ދިމާވި ދަތިތަކުގެ ސަބަބުން ކަމަށް ވާއިރު އަދިވެސް އިގްތިސާދު އެއްކޮށް ހަމަޔަކަށް ނޭޅޭތީ، ލޯނުތަކުގެ މުއްދަތު އިތުރުކުރަން މަޝްވަރާ ކުރަނީ ކަމަށް ވެސް ޒީނާދު ވިދާޅުވި އެވެ.
"ވަރަށް ގިނަނ ކަސްޓަމަރުން އެބަ ބުނޭ އަދިވެސް ލޯނު ދެއްކޭނެ ހާލަތެއް ނެތޭ. ލޯނުތައް ދެއްކުން ފަސްކުރީ ވެސް މިކަމާ ގުޅިގެން. އެހެންވެ އަނެއްކާ އިތުރު މުއްދަތެއް ދެވޭތޯ މިހާރު މަޝްވަރާ މިކުރަނީ." އޭނާ ވިދާޅުވި އެވެ.
އެސްއެމްއީ ބޭންކުން ދޫކޮށްފައިވާ ލޯނުތައް ދެއްކުމަށް ދިން ހަ މަހުގެ މުއްދަތު ހަމާވާނީ އަންނަ މަހު އެވެ.
އެސްއެމްއީ ބޭންކުން ލޯނުތައް ދައްކާ މުއްދަތު އިތުރު ކުރަން ނިންމި ނަމަވެސް އެ މުއްދަތު ދޭނީ އެ ބޭންކުން ކުރިން ލޯނު ނެގި ކަސްޓަމަރުންނަށް އެކަންޏެވެ. ރިލީފް ޕޭކޭޖުގެ ދަށުން ނަގާ ލޯނުތައް ލުއި ކުރުމާ ގުޅޭގޮތުން އަދި މަޝްވަރާ ނުކުރާ ކަމަށް ވެސް ޒީނާދު ވިދާޅުވި އެވެ.
ކުރިން އީއައިބީ ލޯނު ނެގި މީހުންނަށް މިފަހަރު ނުލިބޭނެ
އެސްއެމްއީ ބޭންކުގެ ލޯނު މުއްދަތު އިތުރުކޮށްފި
އެސްޑީއެފްސީން އާ ދެ ލޯނެއް ތައާރަފްކޮށްފި
އެޗްޑީއެފްސީގެ އެމްޑީއަކަށް ޒީނާދު
އިންޓްރެސްޓް އަނބުރާދީ، ކޮވިޑް ލޯން ދައްކަން ލުޔެއް
ކެޕިޓަލް މާކެޓުން އެސްއެމްއީތަކަށް ފަންޑު ހޯދިދާނެ
އެސްއެމްއީއިން އެންމެ ގިނަ ލޯނު ދޫކުރީ ކ، ލ. އަށް
އެސްޑީއެފްސީން އެއްވެސް އެއްޗެއް ނުގެއްލޭ
ގްރީން ޒޯނުގައި ހުންނަ އެސްޑީއެފްސީ އޮފީސް ފަޅާލައިފި
ސްޓިމިޔުލަސް ލޯނުގެ ފުރުސަތު އެސްޑީއެފްސީން ހުޅުވާލައިފި