25 އޯގަސްޓް 2020
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބޭއްވި އިންތިޚާބުތަކުގެ ތެރެއިން، މަކަރު ހަދައި، އޮޅުވާނުލެވުނީ އެ މަނިކުފާނު ބަލިވި އިންތިޚާބު އެކަނި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެއީ ބުއްދި ޖެހޭ ވާހަކައެއް ނޫން ކަމަށް ދޭހަވާ ގޮތަށް މައުމޫން ވާހަކަފުޅު ދައްކަވައިފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބޭއްވި އިންތިޚާބުތަކުގެ ތެރެއިން، މަކަރު ހަދައި، އޮޅުވާނުލެވުނީ އެ މަނިކުފާނު ބަލިވި އިންތިޚާބު އެކަނި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެއީ ބުއްދި ޖެހޭ ވާހަކައެއް ނޫން ކަމަށް ދޭހަވާ ގޮތަށް މައުމޫން ވާހަކަފުޅު ދައްކަވައިފި އެވެ.
ރިޔާސީ ނިޒާމު ދިފާއު ކުރައްވައި މައުމޫން ރޭ ޓުވީޓު ކުރެއްވުމުން އޭގެ ރައްދެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ، މައުމޫންގެ ވެރިކަމުގައި 2008 ގެ ރިޔާސީ އިންތިޚާބު ނޫން ހުރިހާ އިންތިޚާބެއްގައި ވެސް މަކަރު ހަދައި، ވޯޓު އޮޅުވާލި ކަމަށެވެ. އެ އިންތިޚާބުގައި މައުމޫން ބަލިވިއިރު، ކާމިޔާބު ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ނަޝީދެވެ. އެއީ މައުމޫންގެ 30 އަހަރުގެ ތެރޭގައި ބޭއްވި ހަތް ވަނަ ރިޔާސީ އިންތިޚާބުގެ ތެރެއިން ބަލިވި ހަމައެކަނި ފަހަރެވެ.
ނަޝީދު ވިދާޅުވާ ގޮތުގައި، ވެރިކަމުގެ ނިޒާމު ކަނޑައަޅަން މައުމޫންގެ ދައުރުގައި 2007 ގައި ބޭއްވި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ވެސް އޮޅުވައިލި އެވެ.
ނަޝީދުގެ އެ ވާހަކަފުޅުތަކާ ގުޅިގެން މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މަނިކުފާނު އެންމެ ބޮޑަށް ދެރަފުޅު ވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމަށް [ނަޝީދު] ބައްލަވާތީ ކަމަށެވެ. ދެން މައުމޫން އުފެއްދެވީ ސުވާލެކެވެ. އެއީ 30 އަހަރުގެ ތެރޭގައި ހުރިހާ އިންތިޚާބެއް އޮޅުވާލާފައިވާ ކަމަށް ނަޝީދު ވިދާޅުވާއިރު، 2008 ގެ ރިޔާސީ އިންތިޚާބު އޮޅުވާނުލެވުނީ ކީއްވެތޯ އެވެ.
"ބުއްދި ގަބޫލުކުރާ ޖަވާބެއް ދެއްވަ ބައްލަވާ!،" ނަޝީދަށް އަމާޒު ކުރައްވައި މައުމޫން ވިދާޅުވި އެވެ.
އަޅުގަނޑު ދެރަވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ . 30 އަހަރު ގެ ތެރޭގައި އައި ހުރިހާ އިންތިޚާބެއް އޮޅުވާލި އިރު 2008 ގެ އިންތިޚާބު އޮޅުވާނުލެވުނީ ކީއްވެތޯ؟ ބުއްދި ޤަބޫލުކުރާ ޖަވާބެއް ދެއްވަ ބައްލަވަ!
— Maumoon Abdul Gayoom (@maumoonagayoom) August 25, 2020
މައުމޫންގެ ޓުވީޓް
މީގެ 12 އަހަރު ކުރިން، 2008 ގައި ރިޔާސީ އިންތިޚާބާއި އޭގެ ކުރީ އަހަރު އޮތް ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ވޯޓު ނެގީ އެހެން ހުރިހާ ފަހަރުތަކާ ޚިލާފަށް ހާމަކޮށެވެ. އިންތިޚާބުތަކުގެ ވޯޓު ގުނަނީ ވޯޓުފޮށިތައް މާލެ ގެނެސްގެން ކަމަށް ވިޔަސް ވެރިކަމުގެ ނިޒާމާއި 2008 ގެ ރިޔާސީ އިންތިޚާބުގެ ވޯޓު ގުނީ، ވޯޓުލީ މަރުކަޒެއްގައި މޮނިޓަރުންގެ ކުރިމަތީގަ އެވެ. އޭގެ ފަހުން ހުރިހާ އިންތިޚާބެއް ވެސް ވޯޓު ގުނަނީ އެގޮތަށެވެ.
ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ވޯޓު ވެސް އޮޅުވައިލި ކަމަށް ނަޝީދު ވިދާޅުވުމުން، އޭރު ރައްޔިތުންގެ ޚާއްސަ މަޖިލިހުން އެ ވޯޓުގެ ކަންކަން ބެލި ކޮމިޓީގައި ހިމެނިވަޑައިގެންނެވި، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވެސް ވަނީ ރައްދު ދެއްވައިފަ އެވެ. އެއީ އެހާތަނަށް ބޭއްވި އެންމެ ހާމަކަން ބޮޑު އިންތިޚާބު ކަމުގެ ދަލީލު ދައްކަވަމުން މުއިއްޒު ވިދާޅުވީ ނިޒާމީ ވޯޓު އޮޅުވާލައިފައި ނުވާ ކަމަށެވެ.
މައުމޫނާއި ނަޝީދު، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލަތަކެއް މި އޮއްސާލެއްވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހެޅުއްވުމުން، ރިޔާސީ ނިޒާމާ އެއްކޮޅަށް މައުމޫން ފާޅުގައި ވާހަކަފުޅު ދައްކަވަން ފެއްޓެވުމުންނެވެ. މައުމޫނަނީ ފެށުނީއްސުރެ ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. ނަޝީދާއި އެމްޑީޕީ ތާއީދު ކުރަނީ ބަރުލަމާނީ ނިޒާމަށެވެ.
މައުމޫންގެ ޓުވީޓާއެކު، ނަޝީދު ރަތަށް
ރިޔާސީ ނިޒާމުގެ ދިފާއުގައި މައުމޫން ނުކުންނަވައިފި
ނަޝީދު ހޯމަ ދުވަހު މުރައިދޫގެއިން ނުކުންނަވަނީ
އެމްޑީޕީ ނިމުނީ، ޗެއާމަނަކަށް ހުންނަވާނީ ޖާބިރު: އީވާ
"ނިޒާމު ބަދަލުކުރުމާއި އިންތިހާބަށް އެއްބަސް ނުވެވުނު"
މައުމޫނަށް ދިމާވި ހާލަތަކީ ރައީސާއި ނަޝީދަށް އިބުރަތެއް
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
ރާއްޖޭގައި ބަރުލަމާނީ ނިޒާމަށް ޖާގައެއް ނެތް: މައުމޫން
ނިޒާމު ބަދަލުކުރުން: ބޮޑު ނިންމުމަކަށް ދާން ތައްޔާރު؟
ބޮޑެތި ފާޑުކިޔުންތަކާ އެކު ނަޝީދަށް މަލާމާތް!