Roadha Mihaaru
"ނިޒާމު ބަދަލުކުރުމާއި އިންތިހާބަށް އެއްބަސް ނުވެވުނު"

ނިޒާމު ބަދަލުކުރުމާއި ދައުރުގެ މެދު ތެރެއިން އިންތިހާބަކަށް އެއްބަހެއް ނުވެވުނު: އެމްއާރުއެމް

06 ސެޕްޓެމްބަރ 2021

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓަކަށް ޖުމްހޫރީ ޕާޓީ ފިޔަވައި އެހެން ޕާޓީތަކުން އެއްބަސްވި ކަމަށް އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވުމުން، ލީޑަރުންގެ މަޝްވަރާގައި ނިމުނު ގޮތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ އެމްއާރުއެމުން މިއަދު އާއްމުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓަކަށް ޖުމްހޫރީ ޕާޓީ ފިޔަވައި އެހެން ޕާޓީތަކުން އެއްބަސްވި ކަމަށް އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވުމުން، ލީޑަރުންގެ މަޝްވަރާގައި ނިމުނު ގޮތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ އެމްއާރުއެމުން މިއަދު އާއްމުކޮށްފި އެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކުން މީގެ ކުރިން މިހާ ސާފުކޮށް، މި މަޝްވަރާގައި ހިނގައިދިޔަ ކަންކަން އާއްމެއް ނުކުރެ އެވެ.

Leaderun ge ebbasvun Sirru?

Leaderun ge ebbasvun Sirru?

The most trusted news source in the Maldives

Mihaaru

ލީޑަރުންގެ މެދުގައި އެއްބަސްވި ކަންކަން ހާމަނުކޮށްގެން "މިހާރު"ން ލިއުނު ރިޕޯޓެއް.

އެމްއާރުއެމުން ނެރުނު ބަޔާނެއްގައި ބުނީ 2018ގެ ރިޔާސީ އިންތިހާބަށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯ އެކުލަވައިލި އިރު، ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމަށާއި ރިޔާސީ ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވަން އެމްޑީޕީން ހުށަހެޅި ކަަމަށެވެ. އެ ކަމަށް ލީޑަރުންގެ މެދުގައި މަޝްވަރާ ކުރި ކަމަށް ވެސް އެމްއާރުއެމުން ބުންޏެވެ.

ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ އެކުލަވައިލައި ނިމުނުއިރު އެކަން ހިމަނާފައި ނެތް ކަން އެމްއާރުއެމުން ފާހަގަކޮށްފައިވެ އެވެ.

އެމްއާރުއެމުން ބުނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ގުޅިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކުގެ ހިޔާލާއި މަޝްވަރާ އަށް ފަހު އެއްބަސްވެވުނު ގޮތަށް އެކުލަވާލައި އިއުލާންކުރި މެނިފެސްޓޯއެއް ކަމަށެވެ. ރައްޔިތުންގެ ވޯޓުން ކޯލިޝަން ސަރުކާރެއް އިންތިހާބުކުރީ އެ ޖޮއިންޓް މެނިފެސްޓޯ ތަންފީޒުކުރަން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެމްއާރުއެމުން މިއަދު ވެސް ތަކުރާރުކޮށްފައި އޮތީ ރިޔާސީ ނިޒާމަށް ތާއީދު ނުކުރައްވާނެ ކަމަށް މައުމޫން ވިދާޅުވަމުން ގެންދަވާ ވާހަކަފުޅެވެ. ރާއްޖެ އަށް އެންމެ ކަމުދަނީ ރިޔާސީ ނިޒާމު ކަމަށް، 2007 ގައި ރައްޔިތުން ނިންމާފައިވާ ކަމަށާއި ތިން ބާރު ވަކިވެފައި އޮތް ނިޒާމު ނޫން އެހެން ބަދަލެއް ގެނައުމަށް އެއްވެސް އިރެއްގައި ތާއީދު ނުކުރާނެ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

ބަރުލަމާނީ ނިޒާމާ ދެކޮޅު ކަން އެމްއާރުއެމުން ތަފުސީލުކޮށް މި ދިނީ، ގުޅިފައިވާ މެނިފެސްޓޯ އެކުލަވައިލި އިރު، ނިޒާމް ބަދަލުކުރަން އެމްޑީޕީގެ ވައުދަށް އެމްއާރުއެމާއި އަދާލަތުގެ ރުހުން ލިބުނު ކަމަށް ނަޝީދު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ. އެމްއާރުއެމްގެ އިތުރުން އަދާލަތުން ވެސް ވަނީ އެކަމާ ދެކޮޅު ކަމަށް ބުނެފަ އެވެ.

ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ އެކުލަވައިލީ ހުރިހާ ޕާޓީތަކުން ހުށަހެޅި ކަންކަމަށް މަޝްވަރާކޮށް އެއްބަސްވެވުނު ކަންކަމާ އެކުގަ އެވެ. ޕާޓީތަކަށް އެއްބަސް ނުވެވުނު ބައެއް ކަންކަން ހުއްޓެވެ. އޭރު އެކަން ދޫކޮށްލީ އެނގިފައިވާ ގޮތުގައި، ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއް އުފައްދަން އޭރު އެންމެ މަސްލަހަތު ބޮޑު ގޮތަކީ އެއީ ކަަމަށް ވާތީ އެވެ.

ބަރުލަމާނީ ނިޒާމަކަށް ހިޔާލު ހޯދަން ފެންނަ ނުފެންނަ ވޯޓެއް އަންނަ އަހަރުގެ ތެރޭގައި ނެގޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނަޝީދު އިއްޔެ ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި އެކަން ހިމަނާފައިވާ ކަމަށް ބާރު އަޅުއްވަމުންނެވެ. އެ ޕާޓީގެ މެނިފެސްޓޯގައި އެ ވާހަކަ އޮތަސް ގުޅިފައިވާ ޕާޓީތަކުން އެއްބަސްވެ ސަރުކާރުން މިހާރު ތަންފީޒު ކުރަމުން އަންނަ މެނިފެސްޓޯގައި އެ ބައި އޮތީ އުނިކޮށްފަ އެވެ.