25 އޮކްޓޯބަރ 2016
ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ތޯރިގް (ޓޮމް) ގެ އެގްޒެކެޓިވް ކޮމިޓީ އަށް، ފުޓްބޯޅައިގެ އިސް ހިންގުންތެރިން ހިމެނޭ ޓީމެއް ހުށައަޅުއްވައިފި އެވެ.
ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ތޯރިގް (ޓޮމް) ގެ އެގްޒެކެޓިވް ކޮމިޓީ އަށް، ފުޓްބޯޅައިގެ އިސް ހިންގުންތެރިން ހިމެނޭ ޓީމެއް ހުށައަޅުއްވައިފި އެވެ.
އެފްއޭއެމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓުގެ މަގާމަށް ތޯރިގް ނޮމިނޭޓްކުރައްވާފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) ގެ ނަމެވެ. ވައިސް ޕްރެޒިޑެންޓުގެ މަގާމަށް ހުށައަޅުއްވާފައިވަނީ ކްލަބް އީގަލްސްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމުގެ ނަމެވެ.
މީގެ ތެރެއިން ޝާފިއު އަކީ އެންމެ ފަހުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ގައުމީ މުބާރާތް ކާމިޔާބުކުރި މާޒިޔާ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ ފަރާތެވެ. ޝިޔާމް ވަނީ އެންމެ ފަހުން އިންތިހާބުވި އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުގެ މަގާމް ފުރުއްވައިފަ އެވެ.
އެގްޒެކެޓިވް ކޮމިޓީގެ އާއްމު މެމްބަރުންގެ މަގާމްތަކަށް ތޯރިގް ނޮމިނޭޓްކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ އެންމެ ކާމިޔާބު ދެ ކްލަބުގެ ތެރެއިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ވައިސް ޗެއާމަން އިސްމާއިލް ޒިޔާމާއި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ބޯޑް މެމްބަރު އަދި ކުޅިވަރާ ބެހޭ މިނިސްޓްރީގައި ކުރިން އިސް މަގާމްތަކެއް ފުރުއްވި އިބްރާހިމް ނަޒީމް ހިމެނިވަޑައިގަންނަވަ އެވެ.
ދެން ހިމެނެނީ މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލްވައްހާބް (ވައްކޭ) އާއި ޖޭޖޭ ސްޕޯޓްސްގެ ރައީސް އިބްރާހިމް ޝުޖާއު އާއި ސްޕޯޓްސް ކައުންސިލްގެ މެމްބަރު އަދި ކުރީގެ ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ރޯޒާގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކްލަބުގެ މެނޭޖަރު އަހުމަދު އަނީސެވެ.
އެފްއޭއެމްގެ އާ އަސާސީ ގަވާއިދުގެ ދަށުން ރައީސްގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅަކު، އޭނާގެ ފަރާތުން އެކްސްކޯ އަށް މެމްބަރުން ނޮމިނޭޓްކުރައްވަން ޖެހޭނެ އެވެ. އަދި އިންތިހާބުގައި ވޯޓަށް އަހާނީ ޓީމަށް އެއްކޮށެވެ.
ތޯރިގާ ވާދަކުރައްވާ ކެންޑިޑޭޓް ބައްސާމް އަދީލް ޖަލީލް ހުށައެޅުއްވި އެގްޒެކެޓިވް ކޮމިޓީގެ އަށް މެމްބަރުންގެ ތެެރެއިން ހަ މެމްބަރުން ނިސްބަތްވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެއީ ސީނިއާ ވައިސް ޕްރެޒިޑެންޓުގެ މަގާމަށް ނޮމިނޭޓްކުރައްވާފައިވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާއި ކޮމިޓީގެ އާއްމު މެމްބަރުންގެ މަގާމްތަކަށް ނޮމިނޭޓްކުރައްވާފައިވާ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އެވެ. ދެން ހިމެނެނީ ވައިސް ޕްރެޒިޑެންޓުގެ މަގާމަށް ހުށައެޅުއްވި ކުރީގެ ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އާއި އާއްމު މެމްބަރުގެ މަގާމަށް ހުށައެޅުއްވި މޯލްޑިވްސް ގޭސްގެ ސޭލްސް މެނޭޖަރު މުހައްމަދު ޝިފާއު އެވެ.
މީގެ ތެރެއިން އަބުޅޯ އާއި މުހައްމަދު ވަނީ މެމްބަރު އިލްހާމް އަހުމަދު އެފްއޭއެމްގެ ރައީސްކަން ކުރެއްވި އިރު އެފްއޭއެމްގައި ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވެވަޑައިގެންފަ އެވެ.
ވައިސް ޕްރެޒިޑެންޓުގެ މަގާމަށް ބައްސާމް ހުށައެޅުއްވި ކުރީގެ މަޝްހޫރު ކުޅުންތެރިއާ ނާޒިމާ އަކީ އެންމެ ފަހުން އިންތިހާބުވި ރައީސް ތޯރިގުގެ ދައުރުގައި އެކްސްކޯ މެމްބަރެކެވެ. ތޯރިގާ މެދު ހިތްހަމަނުޖެހިގެން ކަމަށް ބުނެ، އެކްސްކޯ އިން އިސްތިއުފާ ދެއްވި ފަސް މެމްބަރުންގެ ތެރޭގައި ނާޒިމާ ހިމެނެ އެވެ. އެފްއޭއެމްގެ އިންތިހާބު އަލުން ބާއްވަން ޖެހުނީ އެ ފަސް މެމްބަރުން އިސްތިއުފާ ދެއްވުމާ އެކު އެކްސްކޯ އުވުމުންނެވެ.
ވެލެންސިއާގެ ސިޓީއާއެކު ޓޮމް އެފްއޭއެމްގެ އިންތިހާބަށް
ފީފާ އިން އެފްއޭއެމްގެ އިންތިހާބު ހުއްޓުވައިފި
ވެލެންސިއާގެ އަނެއް ފެކްޝަނުން އަޒުމީނަށް ތުހުމަތުތަކެއް
މުފާގެ ރައްދު؛ ތަހުގީގުން ހަގީގަތް ސާފު ވާނެ!
އެފްއޭއެމްގެ އިންތިހާބަށް ޓޮމް ފޯމު ހުށަހަޅައިފި
އެފްއޭއެމްގެ ރައީސްކަމަށް ޓޮމް ވާދަކުރައްވަނީ
ބައްސާމުގެ އެންމެ ބޮޑު ފޯކަސް އަތޮޅު ފުޓްބޯޅައަށް!
ބައްސާމާއި ޓޮމްގެ ކެންޑިޑެސީ ގަބޫލުކޮށްފި
ރައީސް ޔާމީނާއި ސަރުކާރުގެ ތާއީދު އެބައޮތް: ޓޮމް
އުއްމީދުތަކާ ގުޅިފައިވާ އެފްއޭގެ އިންތިހާބު މާދަމާ