19 އޮކްޓޯބަރ 2023
އަންނަ އަހަރު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި، އެ އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރައްވާނެކަން، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) މިއަދު އިއުލާން ކޮށްފި އެވެ.
އަންނަ އަހަރު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި، އެ އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރައްވާނެކަން، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) މިއަދު އިއުލާން ކޮށްފި އެވެ.
އެފްއޭއެމްގެ ރައީސްކަން 2016 ގައި ހަތަރު މަހުގެ ކުރު މުއްދަތަކަށް ކުރެއްވި، ތޯރިގް އަކީ، އެ އިންތިހާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރެއްވި ފުރަތަމަ ކެނޑިޑޭޓެވެ.
އެކަމަކު ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ވެސް އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓްތަކެއް ދައުރުވެ އެވެ. އެކަމާ ބެހޭގޮތުން މިހާތަނަށް ސިދާ ދަގަނޑޭގެ ފަރާތުން އެއް ވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. އޭނާ މިވަގުތު ހުރީ އުމުރާގެ އަޅުކަން އަދާކުރުމަށް އާއިލާއާ އެކު ސައުދީ އަރަބިއާގަ އެވެ.
އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވާނެކަން އިއުލާން ކުރަމުން ތޯރިގް ވިދާޅުވީ ފުޓްބޯޅަ މިހާރު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ކްލަބްތަކާއި ފުޓްބޯޅަ އާއިލާގެ އެއްބާރުލުމަށް އޭނާ އެދޭ ކަމަށެވެ.
"ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިޚާބުގައި އަޅުގަނޑު ވާދަކުރަން ނިންމައިފިން. ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ދެއްވުން އެދެން،" ސޯޝަލް މީޑިއާގައި އޭނާ ލިޔެފައި ވެއެވެ.
ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިޚާބުގައި އަޅުގަނޑު ވާދަކުރަން ނިންމައިފިން. ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ދެއްވުން އެދެން. pic.twitter.com/RzL6aX9dnQ
— Ahmed Thariq (@AhmedThaariq) October 19, 2023
ޖޫން 2016 ގައި ބޭއްވި އެފްއޭއެމްގެ އިންތިހާބު ކާމިޔާބު ކުރައްވައި ޓޮމް އެ އެސޯސިއޭޝަނުގެ ރައީސްކަމަށް ވަޑައިގެންނެވި އެވެ. ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމަށް އަދި ސްޓްރެޓެޖިކް ޕްލޭން ތައްޔާރު ކުރުމަށް ބެލްޖިއަމް ކުންފުންޏަކާ އެކު އޭނާ ފެއްޓެވި މަސައްކަތް ކުރިއަށް ދިޔައީ ހަތަރު މަސް ދުވަހަށެވެ.
އެފްއޭއެމްގެ އޭރުގެ ޖެނަރަލް ސެކްރެޓަރީ އަދި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ޖެނަރަލް ސެކްރެޓަރީގެ މަގާމުން ވަކި ކުރުމުގައި އެކްސްކޯއިން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާ ކަމަށް ބުނެ، އެކްސްކޯގެ ފަސް މެންބަރަކު އެއް ފަހަރާ އިސްތިއުފާ ދީ ޓޮމްގެ ރައީސްކަމުގެ ބާރު ކަނޑުވައިލި އެވެ.
ޖެނަރަލް ސެކްރެޓަރީ އައްޔަން ކުރަނީ ރައީސް ކަނޑައަޅާ ނަމެއް އެކްސްކޯއިން ފާސް ކުރުމަށް ފަހު އެވެ. އަދި މަގާމުން ވަކި ކުރެވޭނީ ވެސް އެކްސްކޯ އަށް ހުށަހަޅައި ފާސްކޮށްގެންނެވެ. ޖެނަރަލް ސެކްރެޓަރީ ކަމުން ބައްސާމް ވަކި ކުރިކަން ޓޮމް އެންގީ އެކްސްކޯއިން ފާސް ނުކޮށެވެ.
ނޮވެމްބަރު 2016 ގައި އަލުން ބޭއްވި އިންތިހާބުގައި ޓޮމްއާ ވާދަ ކުރައްވައި ބައްސާމް ފުރަތަމަ ފަހަރަށް އެފްއޭއެމްގެ ރައީސްކަމަށް އިންތިހާބުވި އެވެ. އެ އިންތިހާބުގައި ދަގަނޑޭ ވެސް އޭރު ޓޮމް އަށް ތާއީދު ކުރި އެވެ.
މިހާރު ކުރިއަށްދާ ބައްސާމްގެ ދެވަނަ ދައުރުގެ ހަމަވާނީ އަންނަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހަށެވެ. ތިންވަނަ ދައުރަކަށް އޭނާ ވާދަކުރައްވާނެ ކަމެއް އަދި ވާދަނުކުރައްވާނެ ވާހަކައެއް ވެސް މިހާތަނަށް އިއުލާންކޮށްފައެއް ނެތެވެ.
ބައްސާމްގެ ދައުރުގައި އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅަ އަޑިއަޅާލައިގެން ދިއުމުން ގިނަ ފާޑުކިޔުންތަކެއް އޭނާ އަށް އަމާޒު ވެއެވެ. ގިނަ ބަޔަކު ދަނީ އޭނާ އިސްތިއުފާ ދޭން ވެސް ގޮވާލަމުންނެވެ. "ބައްސާމް އައުޓް" ގެ ނަމުގައި ކެމްޕޭނެއް ވެސް ސޯޝަލް މީޑިއާގައި ކުރިއަށް ދެ އެވެ.
ވެލެންސިއާގެ ސިޓީއާއެކު ޓޮމް އެފްއޭއެމްގެ އިންތިހާބަށް
ފީފާ އިން އެފްއޭއެމްގެ އިންތިހާބު ހުއްޓުވައިފި
ވެލެންސިއާގެ އަނެއް ފެކްޝަނުން އަޒުމީނަށް ތުހުމަތުތަކެއް
މުފާގެ ރައްދު؛ ތަހުގީގުން ހަގީގަތް ސާފު ވާނެ!
އެފްއޭއެމްގެ އިންތިހާބަށް ޓޮމް ފޯމު ހުށަހަޅައިފި
ބައްސާމުގެ އެންމެ ބޮޑު ފޯކަސް އަތޮޅު ފުޓްބޯޅައަށް!
ބައްސާމާއި ޓޮމްގެ ކެންޑިޑެސީ ގަބޫލުކޮށްފި
ޓޮމްގެ އެކްސްކޯގައި ފުޓްބޯޅައިގެ އިސް ހިންގުންތެރިން!
ރައީސް ޔާމީނާއި ސަރުކާރުގެ ތާއީދު އެބައޮތް: ޓޮމް
އުއްމީދުތަކާ ގުޅިފައިވާ އެފްއޭގެ އިންތިހާބު މާދަމާ