Roadha Mihaaru

މޫމިން ފުއާދުގެ "ގަމިނި" އަންނަ މަހުގެ 25 ގައި

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބެލުންތެރިންނަށް ޓީޒާ ޓްރެއިލާއެއް ދައްކައިލި، ޑައިރެކްޓަރު މޫމިން ފުއާދުގެ ވެބް ސީރީޒް "ގަމިނި" އަންނަ މަހުގެ 25 ގައި ބައިސްކޯފުން ޕްރިމިއާކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

މޫމިންގެ "ގަމިނި" އަންނަ މަހުގެ 25 ގައި
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

22 އޯގަސްޓް 2020

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބެލުންތެރިންނަށް ޓީޒާ ޓްރެއިލާއެއް ދައްކައިލި، ޑައިރެކްޓަރު މޫމިން ފުއާދުގެ ވެބް ސީރީޒް "ގަމިނި" އަންނަ މަހުގެ 25 ގައި ބައިސްކޯފުން ޕްރިމިއާކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

އެކަން ހާމަކުރީ އާ ޓީޒާއަކާ ވެސް އެކީގަ އެވެ.

"ގަމިނި" އަކީ ވަރަށް ތަފާތު ވާހަކައެއް ކިޔައިދޭނެ އެއްޗަކަށްވާނެ އެވެ. މީގެ އެންމެ ހާއްސަ އެއް ކަމަކަށްވާނީ ދިވެހިންގެ ކުރީގެ ސާދާ ދިރިއުޅުމުގެ ވައްޓަފާޅި ފެނުމެވެ. އެގޮތުން 80 ގެ އަހަރުތަކާއި މި ޒަމާން ވެސް ދައްކާނެ އެވެ. އެހެންވެ 80 ގެ އަހަރުތަކުގައި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތް މި ސީރީޒުން ފެންނާނެ އެވެ.

ޖުމްލަ 13 އެޕިސޯޑްގެ "ގަމިނި" އިން ފިލްމީ ދާއިރާގެ މަޝްހޫރު ބައެއް ތަރިންނާ އެކު މި ފަހުން މި ދާއިރާ އަށް ނުކުތް މޫނުތަކެއް ވެސް ފެންނާނެ އެވެ. މަޝްހޫރު ތަރިންގެ ތެރޭގައި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، އަހުމަދު އާސިމް، އަހުމަދު ސައީދު، މަރިޔަމް ޝަކީލާ، އިސްމާއީލް ޒާހިރު ފަދަ ތަރިން ހިމެނެ އެވެ.

ފިލްމީ ދާއިރާގައި މިހާރު ކުރިއަރަމުން އަންނަ ތަރިންތަކުގެ ތެރެއިން މަރިޔަމް ޝިފާ އާއި ވާޝިޔާ މުހައްމަދު (ޝިޔާ) އާއި ނިޝާ ފަދަ ތަރިން ފެނިގެންދާނެ އެވެ.

ފައިނަލް ޗެޕްޓާ ސްޓޫޑިއޯގެ ފަރާތުން ގެނެސްދޭ "ގެމިނީ" ގެ މަންޒަރުތައް ނަގާފައި ވަނީ ތ. ކިނބިދު އާއި އެ އަތޮޅު ވޭމަންޑު އާއި އއ. މަތިވެރި އާއި އެ އަތޮޅު މަޑޫގަލި، ފެރިދޫ އަދި ފ. ނިލަންދޫގަ އެވެ.

ވެބް ސީރީޒެއް ގެނެސްދޭ އިރު މޫމިން އެންމެ ފަހުން ގެނެސްދިން ފީޗާ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ނިވައިރޯޅި" އެވެ. އޭނާ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ލޫދީފާ" އާއި "ހެޕީ ބާތުޑޭ" ހިމެނެ އެވެ.