ދިވެހި ސިނަމާ އިން މާޒީގެ ތާރީހުގެ ތެރެއަށް ބެލުންތެރިން ގެންގޮސް ދިނުމަކީ ވަރަށް ނުވާ ކަމެކެވެ. އެކަމަކު ޕީރިއަޑް ޑްރާމާތަކަކީ ވަރަށް ޝައުގުވެރި އަދި އެ ބައެއްގެ ސަގާފަތާއި އާދަކާތަކުގެ ތެރެއަށް ވެސް ގެންގޮސްދޭ ވަރަށް މުހިއްމު ޖޯންރާއެކެވެ. މި ޖޯންރާގެ ކިތަންމެ ފިލްމަކާއި ސިލްސިލާއެއް ބޮލީވުޑާއި ހޮލީވުޑުން ބެލުންތެރިންނަށް މިހާތަނަށް ފެނިފައިވާނެ އެވެ.
22 ޖެނުއަރީ 2020
ދިވެހި ސިނަމާ އިން މާޒީގެ ތާރީހުގެ ތެރެއަށް ބެލުންތެރިން ގެންގޮސް ދިނުމަކީ ވަރަށް ނުވާ ކަމެކެވެ. އެކަމަކު ޕީރިއަޑް ޑްރާމާތަކަކީ ވަރަށް ޝައުގުވެރި އަދި އެ ބައެއްގެ ސަގާފަތާއި އާދަކާތަކުގެ ތެރެއަށް ވެސް ގެންގޮސްދޭ ވަރަށް މުހިއްމު ޖޯންރާއެކެވެ. މި ޖޯންރާގެ ކިތަންމެ ފިލްމަކާއި ސިލްސިލާއެއް ބޮލީވުޑާއި ހޮލީވުޑުން ބެލުންތެރިންނަށް މިހާތަނަށް ފެނިފައިވާނެ އެވެ.
އުފާވެރި ޚަބަރަކީ މި ޒާތުގެ ދިވެހި އުފެއްދުމެއް ބައިސްކޯފަށް ވަރަށް އަވަހަށް އަންނާނެ ވާހަކަ އެވެ. މިދިޔަ އަހަރު "ނިވައިރޯޅި" ގެނެސްދިން ޑައިރެކްޓަރު މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ސީރީޒް "ގެމިނީ" އަކީ ޕީރިޑް ޑްރާމާގެ ގިންތި އަށް ފެއްތިދާނެ އެއްޗެކެވެ. މީގެ ޓީޒާ ޓްރެއިލާ އިން އެކަން ދައްކުވައިދެ އެވެ.
A dark Past. None can outlast. And Payback might just leave you aghast! Moomin Fuad's #Gamini. A Baiskoafu Original. Coming Soon. pic.twitter.com/vyWPCqCFsS
— Baiskoafu (@baiskoafu) January 19, 2020
"ގެމިނީ" އިން މޫމިން ބެލުންތެރިން 80 ގެ އަހަރުތަކުގެ ތެރެއަށާއި މި ޒަމާނުގެ ހާލަތަށް ރުޖޫއަކޮށްދޭނެ އެވެ. އެހެންވެ 80 ގެ އަހަރުތަކުގައި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތް މި ސީރީޒުން ފެންނާނެ އެވެ. އެންމެ ޝައުގުވެރި އެއް ކަމަކީ އެއީ އެވެ.
ތޭރަ އެޕިސޯޑްގެ "ގެމިނީ" ގެ ކާސްޓުންގެ ތެރޭގައި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، އަހުމަދު އާސިމް، ނިޝާ، މަރިޔަމް ޝަކީލާ، އިސްމާއީލް ޒާހިރު، އަޖްނާޒް އަލީ ފަދަ އެކްޓަރުން ހިމެނެ އެވެ
ފައިނަލް ޗެޕްޓާ ސްޓޫޑިއޯގެ ފަރާތުން ގެނެސްދޭ "ގެމިނީ" ގެ މަންޒަރުތައް ނަގާފައި ވަނީ ތ. ކިނބިދު އާއި އެ އަތޮޅު ވޭމަންޑު އާއި އއ. މަތިވެރި އާއި އެ އަތޮޅު މަޑޫގަލި، ފެރިދޫ އަދި ފ. ނިލަންދޫގަ އެވެ.
މި އުފެއްދުމާ ބެހޭ ގޮތުން މޫމިން ބުނަނީ މަސައްކަތްކުރެވިފައި އޮތް ގޮތާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ.
މޫމިނަކީ ދިވެހި ޑައިރެކްޓަރުންގެ ތެރެއިން އަބަދު ވެސް އޭނާގެ އުފެއްދުންތަކުން ތަފާތު ދައްކުވައިދޭ މީހަކަށްވާތީ "ގެމިނީ" ހަމަ ޔަގީނުން ވެސް ބަދަލުތަކެއް ދިވެހި އުފެއްދުމަކުން ގެނެސްދޭނެ އެއްޗަކަށްވާނެ ކަމުގެ އުންމީދު ބޮޑެވެ. އޭނާ މިހާތަނަށް ހަދާފައި ހުރި ފިލްމުތަކުން ވެސް އެކަން ދައްކުވައި ދީފައިވެ އެވެ.
"ލޫދިފާ" އާއި "ހެޕީ ބާތުޑޭ" ފަދަ ގިނަ އެވޯޑްތަކެއް ހޯދި ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ސީރީޒެއް ގެނެސްދޭން ތައްޔާރުވެފައިވާ އިރު، "ބައިސާ" ގެ ނަމުގައި ހަދާ ފިލްމެއް ވެސް އިއުލާންކޮށްފައިވެ އެވެ.
މޫމިންގެ އާ އަހަރުގެ ހަދިޔާ އަކީ "ފީހާލި"
"ގަމިނި" ގެ ޓްރެއިލާ ވަރަށް ޝައުގުވެރި
މޫމިންގެ "ގަމިނި" އަންނަ މަހުގެ 25 ގައި
އަބަދަށް ސުންގަޑި ހަމަވަނީ: ޓިކެޓް ލިބިއްޖެތަ؟
ވެބް ސީރީޒް "ދަރަކަ" ޓީޒާއެއް
"މަޒުލޫމް" ނިންމާލާނީ އައްޒަގެ "ހިންތާ" އިން
ޔޫއްޕެގެ އެ ސީރީޒްގެ ފުރަތަމަ ބަޔަކީ "ބޭބީ"
"މިންޖު" ވާނީ މި މަހުގެ 12 ގައި
"ނޫންތަ؟" ގެ ދެވަނަ ވާހަކަ ޝިޔާ އަށް ހާއްސަ
ވީޑިއޯ ލަވަތަކަށް ފަހު އަޒްހާންގެ ވެބް ސީރީޒެއް