16 އޯގަސްޓް 2020
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ފަތާ ޓްރެކެއް ހައްދަވަން އެދިވަޑައިގަތް ކަމަށް ހޯމް މިނިސްޓްރީން ހަގީގަތާ ހިލާފަށް ވާހަކަ ފަތުރާ ކަމަށް ވިދާޅުވެ އެ މަނިކުފާނުގެ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ފަތާ ޓްރެކެއް ހައްދަވަން އެދިވަޑައިގަތް ކަމަށް ހޯމް މިނިސްޓްރީން ހަގީގަތާ ހިލާފަށް ވާހަކަ ފަތުރާ ކަމަށް ވިދާޅުވެ އެ މަނިކުފާނުގެ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މަނީ ލޯންޑްރިންގެ ދައުވާ އުފުލައި ޖަލަށް ލާފައިވާ ޔާމީންގެ ވަކީލް ބައްދަލުވުމަށް ހުރަސްއަޅާފައިވާ ކަމަށް ބުނެ ޕީޕީއެމްގެ ލީޑަޝިޕުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން ޕްރިޒަންސް ކޮމިޝަނަރު އަހްމަދު މުހައްމަދާ ބައްދަލުކޮށްފައިވެ އެވެ. އެ ބައްދަލުވުމުގައި، ޕީޕީއެމާއި ޕީއެންސީން އެދުނީ، ޔާމީންގެ ސިއްހީ ހާލުކޮޅު ގޯސްވަމުންދާތީ، ޑޮކްޓަރު އިރުޝާދު ދެއްވި ކަސްރަތުތައް ކުރެވޭނެ ގޮތާ އެކު އެހެން ހައްގުތައް ކަށަވަރުކޮށްދިނުމަށް ކަމަށް އެ ދެ ޕާޓީން ބުންޏެވެ.
އެކަމަކު އެއީ ރައީސް ޔާމީނަށް އިތުރު ޚިދުމަތްތަކެއް ދޭން އެދުން ކަމަށް ހޯމް މިނިސްޓްރީން މާނަކޮށް މީޑިއާ އަށް އެކަން ހިއްސާކުރި ކަމުގެ ތުހުމަތާ އެކު ޕީޕީއެމުން ވަނީ ހިތްހަމަނުޖެހުންފާޅުކޮށްފަ އެވެ.
މިނިސްޓަރު އިމްރާން، ރާއްޖެ ޓީވީގައި ރޭ ވިދާޅުވެފައި ވަނީ ޔާމީނަށް ފެތޭނެ އިންތިޒާމް ހަމަޖައްސަން މާފުށީ ޖަލުގައި ޓްރެކެއް ހަދަން ފަށާފައިވާ ކަމަށެވެ. ޔާމީން ކުރިން ފަތަން ވަޑައިގަންނަވަނީ މާފުށީ ޖަލު ސަރަހައްދު މޫދަށެވެ. އެކަމަކު މާފުށި ހިއްކަން ފެށުމުން އެތަނުގެ އޮއިވަރު ބާރުވުމުން އެތަނަށް ފޮނުވަން ކެރިވަޑައިނުގަތީ ކަމަށް އިމްރާން ވިދާޅުވި އެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާ ދައުވާތަކެއް އުފުލަމުންދާއިރު ވެސް ވަކީލުންނާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ނުދީ ޔާމީންގެ އަބުރު ކަތިލައްވަމުން ގެންދަވާ ކަމަށެވެ. އެ ތުހުމަތު ޖަމީލް ކުރެއްވީ ސީދާ ހޯމް މިނިސްޓަރު އިމްރާނަށެވެ.
"ރައީސް ޔާމީން ފަތާ ޓްރެކަކަށް އަދި އެހެން ކަމަކަށް ވެސް ރިކުއެސްޓް ނުކުރައްވާ. އެންމެންނަށް ވެސް ލިބޭ ހައްގުތައް ލިބެން ޖެހޭ،" ޖަމީލް ވިދާޅުވި އެވެ.
ޔާމީންގެ ވަކީލުންގެ ބައްދަލުވުންތަކަށް ހުރަސްއަޅާފައިވާ މައްސަލައިގައި އިދިކޮޅުން ކަންބޮޑުވުންފާޅުކުރަމުންދާތާ ދުވަސްތަކެއް ފަހުން ކްރިމިނަލް ކޯޓުން މިއަދު ވަނީ އެ މަނިކުފާނަށް އެ ފުރުސަތު ދެއްވަން ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރުކޮށްފަ އެވެ. އެއީ، އެ މަނިކުފާނަށް އުފުލައި މިއަދު ޝަރީއަތް ފެށި ދެ ދައުވާގެ އަޑު އެހުމުގަ އެވެ.
ޖަލުގައި، ޔާމީންގެ ހައްގުތަކަށް ހުރަސްއަޅުއްވަމުންދާ ކަމަށް އިދިކޮޅުން ބުނެ އެވެ. އޭގެތެރޭގައި އެ މަނިކުފާނަށް ކުރިން ރާއްޖޭގެ ޗެނަލްތައް ފެންނަ ގޮތަށް ހަދާފައިވިޔަސް މިހާރު އެކަމަށް ވެސް ހުރަސްއަޅާފައިވުން ހިމެނެ އެވެ. މި ތުހުމަތަަށް އިމްރާން ވިދާޅުވެފައި ވަނީ ދާދި ފަހުން ޖަލުގައި ފްރިކުއެންސީގެ މައްސަލައެއް ދިމާވެ ޗެނަލްތައް ބެލުމުގައި ދަތިތަކެއް ކުރިމަތިވިޔަސް އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށް، ހުކުމެއް އިއްވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެ މަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް ޔާމީން އެއްބަސްވެވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް، އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވައިލި ކަމަށް ދައުވާގައިވެ އެވެ.
ދެވަނަ ބުރުގައި ޔާމީން ވޯޓު ލައްވާނެ: ޖަމީލް
ބަލަން އުޅުނު ފައިލްގައި ޔާމީންގެ ފޯމެއް ނެތް:ވަކީލުން
"ޔާމީން ގެނައީ ވެކްސިން ޖަހަން ކަމާމެދު ޝައްކު"
ރައީސް ޕްރެޝަރުކުރަނީ ޔާމީން ބޭރަށް ފޮނުވަން: ޖަމީލް
ޔާމީނާއި ވަކީލުން ދައްކާ ވާހަކަ އަޑުއަހާކަމުގެ ތުހުމަތު
އެޗްޕީއޭގެ ލުޔާއެކު ޔާމިންގެ ވަކީލުން މާފުއްޓަށް
ވަކީލުންގެ ޕީސީއާރު ޓެސްޓް: އަމާޒަކީ ޔާމީނެއް ނޫން
އެންމެ ފަހުން ވަކީލުންނަށް ޔާމީންއާ ބައްދަލުވެއްޖެ
މިއަދުވެސް ވަކީލުންނަށް ޔާމީނާ ބައްދަލެއް ނުވި
ވަކީލުންނަށް ޔާމީނާ ބައްދަލު ނުވާތީ ޝަރީއަތް ފަސްކޮށްފި