Roadha Mihaaru
ދެވަނަ ބުރުގައި ޔާމީން ވޯޓު ލައްވާނެ: ޖަމީލް

ދެވަނަ ބުރުގައި ޔާމީން ވޯޓުލާން ރަޖިސްޓްރީ ކުރައްވައިފި

16 ސެޕްޓެމްބަރ 2023

މިމަހުގެ އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޯޓު ލައްވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ޑރ. މުހައްމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މިމަހުގެ އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޯޓު ލައްވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ޑރ. މުހައްމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.

ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓެއް ނުލައްވަ އެވެ.

ޖަލުގައި ތިބޭ މީހުން ވޯޓުލުމަށް މާފުށީ ޖަލުގައި ވޯޓު ފޮށްޓެއް ބެހެއްޓި ނަމަވެސް އެތަނުގައި ވޯޓުލުމަށް އެމަނިކުފާނު ރީރަޖިސްޓްރީއެއް ނުކުރެއްވި އެވެ.

ގައުމީ ދުވަހުގެ ހެޔޮ ހެދުން ޔާމީންގެ ފަރާތުން ފޮނުއްވައި، ޖަމީލް ކުރެއްވި ޓްވީޓުގައިވަނީ އިންތިޒާމުތައް ހަމަނުޖެހުމުން ފުރަތަމަ ބުރުގައި ޔާމީން ވޯޓު ނުލެއްވި ނަމަވެސް ދެވަނަ ބުރުގައި ވޯޓުލުމަށް ފުރިހަމަ ކުރަންޖެހޭ އިންތިޒާމުތައް މިހާރު އެމަނިކުފާނު ފުރިހަމަ ކުރައްވާފައިވާ ކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޔާމީން ވަނީ އިލެކްޝަނަށް ފޯމު ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް ޖަލު ހުކުމާ ހެދި އެމަނިކުފާނުގެ ކެންޑިޑެސީ ބާތިލުވީ އެވެ. އިލެކްޝަންސްގެ ނިންމުން އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވިޔަސް، ކޯޓުން ވެސް ނިންމީ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށެވެ. އެހެންވެ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނެރުނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

ފުރަތަމަ ބުރުގައި މުއިއްޒު 101,494 ވޯޓުން ހޯއްދެވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86,166 ވޯޓެވެ.