Roadha Mihaaru
މުވައްޒަފުންގެ މުސާރަ އާންމުކުރަން އަންގައިފި

ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔާތްތައް އާންމުކުުރަން އަންގައިފި

13 އޯގަސްޓް 2020

ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔާތްތަކުގެ ތަފްސީލް އެ ތަނެއްގެ ވެބްސައިޓުގައި އާންމުކުރަަން އިންފޮމޭޝަން ކޮމިޝަނަރު (އައިކޮމް) ގެ އޮފީހުން މިއަދު އަންގައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔާތްތަކުގެ ތަފްސީލް އެ ތަނެއްގެ ވެބްސައިޓުގައި އާންމުކުރަަން އިންފޮމޭޝަން ކޮމިޝަނަރު (އައިކޮމް) ގެ އޮފީހުން މިއަދު އަންގައިފި އެވެ.

އިންފޮމޭޝަން ކޮމިޝަަނަރު ހުސެއިން ފިޔާޒު މޫސާ ސޮއިކުރައްވާފައި ނެރުނު އެ އިއުލާނުގައި ބުނެފައި ވަނީ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ދޭ މުސާރައަކީ "މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު" ގެ ދަށުން ހާމަކުރަންޖެހޭ މައުލޫމާތެއް ކަމަށެވެ. ދައުލަތުގެ ހުރިހާ އިދާރާތަކަށް ފޮނުވި އެ އިއުލާނުގައި ބުނެފައި ވަނީ، އަހަރަކު އެއްފަހަރު ކޮންމެ އިދާރާއަކުން އެ މައުލޫމާތު އެ ތަނެއްގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށް، އާންމުކުރަން ޖެހޭނެ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރު މިއަދު ކުރި ޓްވީޓެއް

"... ނުވަތަ އެ އިދާރާއަކުން ކަނޑައާޅާ އެއަށް ވުރެ އަވަސް މުއްދަތެއްގައި އަމިއްލަ އިސްނެންގެވުމުގެ މަތިން ޝާއިއުކުރަން ޖެހޭނެ،" އައިކޮމް އިން އެންގި އެވެ.

އެ މައުލޫމާތު އާންމުކުރަން ވާނީ ކޮންމެ މުވައްޒަފަކަށް ދޭ މުސާރަ އާއި އިނާޔާތްތައް ވަކިވަކިން އެނގޭނެ ގޮތަށް ކަމަށް އައިކޮމް އިން ބުންޏެވެ.

މިގޮތަށް އައިކޮމް އިން ނިންމީ، ދައުލަތުގެ މުވައްޒަފުންނަށް ދޭ މުސާރަ އާއި އިނާޔާތްތަކުގެ ތަފްސީލު ހޯދަން ތަފާތު އިދާރާތަކަށް އާންމުން ހުށަހަޅަމުން ދާތީ ކަމަށް އެތަނުން ބުނެ އެވެ.