ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ނިންމައިފި އެވެ.
12 އޯގަސްޓް 2020
ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ނިންމައިފި އެވެ.
އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ވަނީ، ފަނޑިޔާރު ޝުޖާއުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ބަލައި އޭނާ ވަކިކުރަން ފެންނަ ކަމަށް ފާސްކޮށްފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ފަނޑިޔާރުކަމުގެ މަގާމުން ޝުޖާއު ވަކިކުރަން ނިންމިއިރު، އޭނާއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން މިދިޔަ މަހުގެ 22 ވަނަ ދުވަހު ވަނީ ދެ މަސް ދުވަހަށް ސަސްޕެންޑުކޮށްފަ އެވެ. ފަނޑިޔާރެއްގެ ސުލޫކާ ހިލާފު އެތައް ކަމެއް ކުރައްވާފައިވާ ކަމަށް ބުނެ ވަރަށް ކުރިއްސުރެ ޝުޖާއުގެ މައްޗަށް ތުހުމަތުތަކެއް ކުރެ އެވެ. އެކަމަކު، މިއީ އޭނައާ މެދު ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.
ޝުޖާއުއާ ގުޅޭގޮތުން ޖޭއެސްސީން ތަހުގީގުކުރި މައްސަލައަކީ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއް ކުރައްވައި، ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރެއްވުމެވެ. އަދި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާ މީހުންނާ ބައްދަލުކޮށް، އެ މީހުންގެ ވޯޓު ލިބިއްޖެ ނަމަ ބަންދުގައި ހުރި މީހާ މިނިވަން ކުރާނެކަމުގެ މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކުރެ އެވެ.
އެ ކެމްޕެއިންތަކުގައި ބައިވެރިވެވަޑައިގެންނެވި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބުގެ މައްސަލަ ވެސް ޖޭއެސްސީން ބަލައި އޭނާ ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމި އެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރުމުގެ އެއް ދުވަސް ކުރިން ނަޖީބު ވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ.
ޖޭއެސްސީން ލަފާދޭން ނިންމީ ޣަނީ އައްޔަންކުރަން
ޖޭއެސްސީއަށް އާންމުންގެ ތެރެއިން 8 ބޭފުޅަކު ކުރިމަތިލި
އުއްތަމަ ފަނޑިޔާރުގެ ރިޓަޔާމަންޓް ބޮޑުކުރަން ލަފާހޯދަނީ
އުއްތަމަފަނޑިޔާރަށް ދޭ ރިޓަޔާމަންޓް އިނާޔަތް ބޮޑުކުރަނީ
ފަނޑިޔާރު ސަލީމާއި ހަމީދު އައްޔަންކުރަން ރުހުންދީފި
ސަލީމާއި ހަމީދު އައްޔަންކުރަން ކޮމިޓީން ރުހުންދީފި
ސަލީމާއި ހަމީދުގެ ނަން ރައީސް މަޖިލީހަށް ފޮނުވައިފި
އިންސާފެއް ނުލިބުނު، މިއީ ޖުޑިޝަރީއަށް ދިންހަމަލާއެެއް
"ނުފޫޒެއްގައި ނުޖެހި މަސައްކަތް ކުރެވުނީތީ އުފާކުރަން"
ފިލްޒާގެ ލަފާ ގޯސް، އިޖުރާއީ ގޯހެއް ނޯންނާނެ: ރިޒާ