ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 8 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
08 ޖުލައި 2025
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 8 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
މިދިޔަ ޖޫން މަހުގެ 12 ގައި އެ މަގާމަށް ކުރިމަތިލާން ހުޅުވައިލީ އެ މަގާމުގައި މިހާރު ހުންނެވި އައިމިނަތު އުއްމުކުލްސޫމްގެ ދައުރު އަންނަ އޮގަސްޓް މަހު ހަމަވާތީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޖޭއެސްސީ އަށް އާންމުންގެ ފަރާތުން ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި 8 ބޭފުޅުންގެ ނަންތައް ތަޅުމުގައި އިއްވައިފަ އެވެ.
- އިބްރާހިމް ޒާހިދު، ލިލީމާގޭ، ގދ. ވާދޫ
- އަހުމަދު އަލީ، ހުޅުމާލެ
- އަލީ އާމިރު، މއ. ޕެންޒީވިލާ
- އިދުރީސް ފައުޒީ ފަހިވާގެ، ލ. ކަލައިދޫ
- އަހުމަދު ޝާފިއު، އުދަރެސް، ހއ. އިހަވަންދޫ
- ޑރ. ހުސައިން ފާއިޒް، ދަފްތަރު ނަމްބަރު 1325
- ހަސަން ވަހީދު، ރަންކޮކާގެ، ހދ. ކުރިނބީ
- އަލީ މުހައްމަދު މަނިކު، ދަފްތަރު ނަމްބަރު ރސ. 1851
އެ ނަންތައް ދިރާސާ ކުުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
ޖޭއެސްސީ އަށް ހޮވާނެ ބޭފުޅަކު ކަނޑައަޅާނީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ޖޭއެސްސީގައި ތިބޭނީ އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރަކާއި މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.
އުއްތަމަ ފަނޑިޔާރުގެ ރިޓަޔާމަންޓް ބޮޑުކުރަން ލަފާހޯދަނީ
އުއްތަމަފަނޑިޔާރަށް ދޭ ރިޓަޔާމަންޓް އިނާޔަތް ބޮޑުކުރަނީ
ފަނޑިޔާރު ސަލީމާއި ހަމީދު އައްޔަންކުރަން ރުހުންދީފި
ސަލީމާއި ހަމީދު އައްޔަންކުރަން ކޮމިޓީން ރުހުންދީފި
ސަލީމާއި ހަމީދުގެ ނަން ރައީސް މަޖިލީހަށް ފޮނުވައިފި
އިންސާފެއް ނުލިބުނު، މިއީ ޖުޑިޝަރީއަށް ދިންހަމަލާއެެއް
"ނުފޫޒެއްގައި ނުޖެހި މަސައްކަތް ކުރެވުނީތީ އުފާކުރަން"
ފިލްޒާގެ ލަފާ ގޯސް، އިޖުރާއީ ގޯހެއް ނޯންނާނެ: ރިޒާ
ފަނޑިޔާރުން ވަކިކުރުމާ މެދު ކުރީގެ ޕީޖީގެ އިލްތިމާސެއް
ފަނޑިޔާރުންގެ މައްސަލައިގެ އިޖުރާއީ ގޯހެއް ނެތް:ކޮމިޓީ