ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެއްވިއިރު، އެއްވެސް ނުފޫޒަކަށް ތަބާނުވެ މަސައްކަތް ކުރެއްވުނީތީ އުފާ ކުރައްވާ ކަމަށް އެ ކޯޓުގެ ފަނޑިޔާރުކަމުން މިއަދު ވަކިކުރެއްވި މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެއްވިއިރު، އެއްވެސް ނުފޫޒަކަށް ތަބާނުވެ މަސައްކަތް ކުރެއްވުނީތީ އުފާ ކުރައްވާ ކަމަށް އެ ކޯޓުގެ ފަނޑިޔާރުކަމުން މިއަދު ވަކިކުރެއްވި މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރު މަހާޒާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީއަކަށް އެ ދެ ބޭފުޅުން ނުފޫޒު ފޯރުވި ކަމަށް ބުނެ އެ ބޭފުޅުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވުމުންނެވެ.
މަހާޒް ދެންމެ ކުރެއްވި ޓްވީޓެއްގައި ސުޕްރީމް ކޯޓުގައި ކުރެއްވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހޭ ކަމަށާއި އަދި އެ މުއްދަތުގައި އެ ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ތަބާނުވެ މަސައްކަތް ކުރެއްވުނީތީ އުފާ ކުރައްވާ ކަމަށެވެ.
"އެއްވެސް ނުފޫޒަކަށް ބޯނުލަނބައި، މި ހިސާބަށް އާދެވުމުން އުފާކުރަން،" މަހާޒްގެ ޓްވީޓްގައިވެ އެވެ.
ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށާއި އަދި ގާނޫނާ ހިލާފަށް ކުރަމުންދިޔަ ކަންކަމާ ދެކޮޅަށް ވާހަކަ ދެއްކި އަދި ހިތްވަރު ދެއްވި އާންމުންނާއި ވަކިވަކި ޖަމްއިއްޔާތަކަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.
މަހާޒް ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވީ ނޮވެމްބަރު، 2019 ގަ އެވެ. އޭނާ އޭގެކުރިން 2012 އިން ފެށިގެން ހުންނެވީ ޑްރަގް ކޯޓުގެ ގާޒީއެއްގެ މަގާމުގަ އެވެ. ސުޕްރީމް ކޯޓުގައި ފާހަގަކޮށްލެވޭ ބޮޑެތި އެތައް މައްސަލައެއް އޭނާ ނިންމެވި އެވެ.
މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީންނާއި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމި ނިންމުމާ މެދު އދ. އާއި ކޮމަންވެލްތުގެ އިތުރުން ބޭރުގެ ބައެއް ޖަމާއަތްތަކާއި ބާ ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.
ފަނޑިޔާރުން ވަކިކުރުމާ މެދު ކުރީގެ ޕީޖީގެ އިލްތިމާސެއް
ފަނޑިޔާރުންގެ މައްސަލައިގެ އިޖުރާއީ ގޯހެއް ނެތް:ކޮމިޓީ
ފަނޑިޔާރުންގެ މައްސަލައިގެ ބަހުސަށް ޖުމްލަ ދެ ގަޑިއިރު
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފި
ފަނޑިޔާރުންގެ މައްސަލަ ތަޅުމަށް ފޮނުވައިފި
ފަނޑިޔާރުންގެ މައްސަލަ ގާނޫނާ ހިލާފު: ފިލްޒާ
އުސޫލުންބޭރުން ފިޔަވަޅު ނާޅަން ލޯއޭޝިއާއިން ގޮވާލައިފި
ނެޗުރަލް ޖަސްޓިސް: ކޮންމެ މީހަކާ މެދު އަދުލުވެރިވުން!
މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތަކަށް މަހާޒު އެދިއްޖެ
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭން އެދިއްޖެ