13 އޯގަސްޓް 2020
ކޮވިޑް-19އާ އެކު އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފޭސް މާސްކުގެ އެކި ވައްތަރުތައް އުފައްދަމުން އަންނައިރު މިހާތަނަށް ހެދި އެންމެ އަގު ބޮޑު މާސްކް އިޒްރޭލުގެ ކުންފުންޏަކުން ހަދައިފި އެވެ.
ކޮވިޑް-19އާ އެކު އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފޭސް މާސްކުގެ އެކި ވައްތަރުތައް އުފައްދަމުން އަންނައިރު މިހާތަނަށް ހެދި އެންމެ އަގު ބޮޑު މާސްކް އިޒްރޭލުގެ ކުންފުންޏަކުން ހަދައިފި އެވެ.
ގަހަނާ އުފައްދާ އިޒްރޭލުގެ ކުންފުންޏެއް ކަމަށްވާ ވެލް އިން އުފައްދާ 18 ކެރަޓްގެ ރަން މާސްކްގައި 3،600 ހުދާއި ކަޅު ޖަވާހިރު ހިމެނެ އެވެ. މާސްކް ފަރުމާކުރީ ވެލްޒްގެ ވެރިޔާ އިޒާކް ލެވީ އެވެ. މާސްކްގެ އަގު 1.5 މިލިއަން ޑޮލަރަށް އަރަ އެވެ.
ގުދުސްގައި ހިންގާ ލެވީން ބުނެފައިވާ ގޮތުގައި މާސްކްގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު، މި އަހަރުގެ ފަހުކޮޅު އެ ނިންމައިލެވޭނެ އެވެ.
މި މާސްކަކީ އެމެރިކާގައި ދިރިއުޅޭ ޗައިނާގެ ވިޔަފާވެރިއެއްގެ އޯޑަރަށް އުފައްދާ މާސްކެކެވެ. އެކަމަކު އޭނާގެ ނަމެއް ހާމައެއްނުކުރެ އެވެ. ބަރުދަނުގައި 270 ގްރާމް ހުންނާނެ މި މާސްކަށް އޭނާ އޯޑަރުދިނީ ތިން ޝަރުތަކާ އެކީގަ އެވެ. އެއީ އެންމެ އަގު ބޮޑު މާސްކަށްވުމާއި އެމެރިކާގެ އެފްޑީއޭ އާއި އީޔޫގެ ސްޓެންޑަށް ފެތޭ އެން99 ފިލްޓަރު އެކުލެވޭ މާސްކަށްވުމުގެ އިތުރަށް ޑިސެމްބަރު 31 އަށް މާސްކް ނިންމައިދިނުމެވެ.
އިޒާކް ބުނިގޮތުގައި އެންމެ އަގުބޮޑު މާސްކް ފަރުމާކޮށްފައި ވަނީ ކޮރޯނާވައިރަހުން ރައްކާތެރިކަން ހޯދައިދޭނެ މުހިއްމު ކަންކަމަށް ބަލައިގެންނެވެ. އަދި އަގާ އެއްވަރަށް އެ އެއްޗަކީ ރައްކާތެރިކަން ކަށަވަރުކޮށްދޭ އެއްޗަކަށް ހެދުމަކީ ވަރަށް މުހިއްމު ކަމަކަށްވާތީ މާސްކް ފަރުމާކުރީ ވަރަށް ބޮޑަށް ބަލައިގެން ކަމަށް ބުންޏެވެ.
"މި މާސްކް އުފައްދަން އަހަމެންނަށް ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް." އިޒާކް ބުންޏެވެ. "މިއީ ފުދޭ ވަރެއްގެ ޗެލެންޖިން މަސައްކަތެއް ވެސް. އަހަރެމެންނަށް މިކަހަލަ އެއްޗެއް އުފައްދަން ފުރުސަތު ލިބުމަކީ މުވައްޒަފުންގެ ހުނަރު ވެސް އިތުރަށް ތަރައްގީކޮށްލަން މަގުފަހިވި ކަމެއް."
އޭނާ ބުނީ ފައިސާ އަކީ ހުރިހާ އެއްޗެއް ގަނެވޭނެ އެއްޗަކަށް ނުވިޔަސް އެންމެ އަގު ބޮޑު މާއްދީ ތަކެތި ފައިސާ އިން ހާސިލުކުރެވިދާނެ ކަމަށެވެ. އެހެންވެ ޗައިނާގެ ވިޔަފާވެރިޔާގެ ވެސް ބޭނުމަކީ އެންމެ އަގު ބޮޑު މާސްކް އެޅުން ކަމަށް ކަމަށް ބުންޏެވެ.
އިޒާކް ބުނިގޮތުގައި ޑިސެމްބަރު މަހުގެ 31 ގެ ކުރިން މާސްކް ނިންމަން ޖެހޭތީ ވެލްގެ ޓީމުގެ 25 ތަޖުރިބާކާރަކު މިހާރު އަންނަނީ ޝިފްޓް ބަހައިގެން މާސްކްގެ މަސައްކަތް ވަރަށް ފަރުވާތެރިކަމާ އެކު ކުރަމުންނެވެ.
އެޕަލް އިން އުފައްދާ މާސްކަކީ "އައިޝީލްޑް"
ވިންޓަ އޮލިމްޕިކްސް ބާއްވަނީ ކުޅިބަލާ މީހުންނާ ނުލާ
މާސްކް ނޭޅި ދަރިވަރަކު ހައްޔަރުކޮށް ޖަލަށް
މާސްކް ނޭޅުމުން ދަތުރުކުރުން އުމުރަށް މަނާ
ވެކްސިންނުޖަހާ މީހުންނާ ބައްދަލެއް ނުކުރަން: އެނިސްޓަން
ވެކްސިން ޖަހާ މީހުންނަށް 100 ޑޮލަރުގެ ބޯނަހެއް
މާސްކް އެޅުމުގައި ލުއިކޮށްލި 8 ގައުމު
ކޮވިޑްގް ބޭސް ބޭނުން ކުރަން ފެށި ފުރަތަމަ ގައުމަކަށް ޔޫއޭއީ
ގައިދުރުކުރުމުގެ ނިޝާންތައް ހަނދާނަށްޓަކައި ރައްކާކުރަނީ
ވަރުގަދަ، މުޅިން ތަފާތު ސްމާޓް މާސްކެއް