Roadha Mihaaru
ދަރަނީގެ މައްސަލައިގައި ކުރީގެ މިނިސްޓަރުން ހާޒިރުުކުރަނީ

ދަރަނީގެ ކަންކަން ބެލުމަށް ކުރީގެ ދެ މިނިސްޓަރުންނާއި މިހާރުގެ ވެރިން މަޖިލީހަށް

10 އޯގަސްޓް 2020

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނަގާފައިވާ ލޯނުތަކާއި ދައުލަތުން ދީފައިވާ ގެރެންޓީތަކުގެ ސައްހަކަން ޔަގީން ކުރުމަށް އެ ސަރުކާރުގެ ދެ ފިނޭންސް މިނިސްޓަރުން ކަމަށްވާ އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރުގެ އިތުރުން މިހާރު މާލީ އިދާރާތަކުގެ އިސް މަގާމުގައި ތިއްބެވި ބޭފުޅުން މަޖިލީހަށް ހާޒިރުކުރަން މިއަދު ފާސްކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނަގާފައިވާ ލޯނުތަކާއި ދައުލަތުން ދީފައިވާ ގެރެންޓީތަކުގެ ސައްހަކަން ޔަގީން ކުރުމަށް އެ ސަރުކާރުގެ ދެ ފިނޭންސް މިނިސްޓަރުން ކަމަށްވާ އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރުގެ އިތުރުން މިހާރު މާލީ އިދާރާތަކުގެ އިސް މަގާމުގައި ތިއްބެވި ބޭފުޅުން މަޖިލީހަށް ހާޒިރުކުރަން މިއަދު ފާސްކޮށްފި އެވެ.

ޔާމީންގެ ވެރިކަމުގައި ރާއްޖެ ދަރަނި އޮތްވަރު ސާފު ނުވުމާއި ދަރަނި ބެލެހެއްޓުމުގެ މަސައްކަތްތައް ގާނޫނާ އެއްގޮތަށް ނުހިނގާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމުގައި އަމަލު ކުރާނެ ގޮތުގެ އިރުޝާދަކަށް އެދިވަޑައިގެން މަޖިލީހުގެ ޖަލްސާ އަށް އެކަން އެޖެންޑާ ކުރައްވައި، ބަހުސް ފައްޓަވައިފަ އެވެ. އެ މައްސަލަ މުޅި މަޖިލީހުގެ ކޮމެޓީއަކަށް ގެންދަން މިއަދު ފާސްކޮށް މިއަދުގެ ޖަލްސާ ނިންމާލުމާއެކު އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ވަނީ ބާއްވައިފަ އެވެ.

Ameer dharani manage kuravvaaleh rangalheh noon: Nasheed

Ameer dharani manage kuravvaaleh rangalheh noon: Nasheed

The most trusted news source in the Maldives

Mihaaru

ދަރަނީގެ މައްސަލަ މަޖިލީހަށް ހުށަހެޅުން

ކޮމެޓީ އަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތާއި އެމްއެމްއޭ ގަވަރުނަރު އަލީ ހާޝިމް މަޖިލީހަށް ހާޒިރު ކުރުމަށެވެ. ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވީ އެ ލޯނުތައް ނެގި މުއްދަތުގައި ފިނޭންސް މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ހާޒިރުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ފަހުން ނައިބު ރައީސްކަން ވެސް ކުރެއްވި ޖިހާދާއި މުނައްވަރެވެ.

އެ ދެ ހުށަހެޅުން މުޅި މަޖިލީހުގެ ކޮމެޓީން ފާސްކުރީ ވޯޓްގައި ބައިވެރިވެ ވަޑައިގަތް 56 މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމެޓީގައި ނަޝީދު ވިދާޅުވީ އެކިއެކި ކަންކަމަށް ސަރުކާރުން ގިނަ އަދަދެއްގެ ރަށް ކުއްޔަށް ދީފައިވާއިރު ބައެއް ކުންފުނިތަކުން އެ ރަށްތަކުގެ ހެޑްލީސް ބެންކްތަކުގައި ބަހައްޓާ ކަމަށެވެ. އެގޮތަށް ބެންކްތަކުގައި ހެޑްލީސް ބެހެއްޓެނީ ސަރުކާރުން އެކަމަށް ހުއްދަ ދިނީމަ އެވެ. އެ ހެޑްލީސްތަކަކީ ދައުލަތުން ދޭ ގެރެންޓީއެއް ކަމަށް ބައެއް ބެންކްތަކުން ގަބޫލު ކުރާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އެހެންވީމާ ރާއްޖޭގެ ރަށްތަކުގެ ހެޑްލީސްތައް މިވަގުތު ހުރީ ކޮންކޮން ބެންކްތަކެއްގައިތޯ އެއީ އަޅުގަނޑު ހިތުން މި މަޖިލީހަށް ސާފުވެފައި އޮންނަން ޖެހޭނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

އެ މައުލޫމާތު ހޯދުމަށް ޓޫރިޒަމް މިނިސްޓްރީގައި ސިޓީއަކުން ދަންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ދަރަނީގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިހުމާލެއް ނެތް ކަމަށެވެ. ނަޝީދު އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ދައުލަތް ދަރާފާނެ ކަމުގެ ބިރު މިދިޔަ ހަފްތާގައި އިހުސާސް ކުރެވުމުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އަމިއްލަ ކުންފުންޏަކަށް ދައުލަތުން ދީފައިވާ ގެރެންޓީއެއްގެ ކަންކަން ރަނގަޅަށް ނުބަލަހައްޓާ އޮތުމުން ދިމާވި ކަންކަން ރައީސަށް އެނގިވަޑައިގެންނެވިއިރު ކަންކަން އޮތީ ވަރަށް ލަސްވެފައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމަށް ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެން ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނަށް ސުންގަނޑި ހަމަވުމުގެ ކުރިން ނުދެއްކުނު ފައިސާ ސަރުކާރުން ދައްކަން އެންގުމުން އެ ފައިސާ ދައްކާފައިވަނީ ބީއެމްއެލް މެދުވެރިކޮށް ސިޔާމްގެ ކުންފުންޏަށް ލޯނެއް ދީގެން ކަމަށް ތުހުމަތު ކުރެ އެވެ.

ސިޔާމްގެ ކުންފުނި، އަހުމަދު ސިޔާމް ހޯލްޑިން (އޭއެސްއެޗް) އިން 2017 ވަނަ އަހަރު ޗައިނާގެ އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނަށް ސަރުކާރުން ވަނީ ގެރެންޓީ ދީފަ އެވެ. އެއީ ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގެ ދަށުން ނ. ދިގުރަށުގައި އިރުފެން ރިސޯޓު ތަރައްގީ ކުރުމަށެވެ. މި ލޯނުގެ ދަށުން ޗައިނީސް އެގްޒިމް ބޭންކަށް ލޯނު ދެއްކުމުގައި މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެ ކުންފުނިން ދިޔައިީ ބަރާބަރަށް ފައިސާ ދައްކަމުންނެވެ.

ނަމަވެސް ޖުލައި މަހުގެ ކުރިން އެ ކުންފުނިން އެގްޒިމް ބޭންކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ލޯނުގެ ޕްރިންސިޕަލް އަދަދާއި އިންޓްރެސްޓް އަދި އެހެނިހެން ފީތައް ދެއްކުމަށް ގެރެންޓާގެ ހައިސިއްޔަތުން މިދިޔަ މަހުގެ 22 ވަނަ ދުވަހު ޗައިނާގެ އެގްޒިމް ބޭންކުން ސަރުކާރަށް އެންގި އެވެ.

ސިޔާމްގެ ކުންފުނިން ދެއްކީ ކިހާ ފައިސާއެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދައްކަންޖެހެ އެވެ.