10 އޯގަސްޓް 2020
ކްލެޒިކެއްގެ ގޮތުގައި ބަލައިގެންފައިވާ، ޑައިރެކްޓަރު ރޯމަން ޕޮލާންސްކީގެ 1974 ގެ މަޝްހޫރު ފިލްމު "ޗައިނާޓައުން" ގެ މަސައްކަތުގެ ފަހަތުގައި ހިނގާފައިވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ލިޔުންތެރިޔާ ސޭމް ވެޒަން ގެނެސްދީފައިވާ ވާހަކަ "ދަ ގުޑްބާއީ: ޗައިނާޓައުން އެންޑް ލާސްޓް އިޔާޒް އޮފް ހޮލީވުޑް" އަށް ބިނާކޮށް ފިލްމެއް ޑައިރެކްޓްކުރަން މަޝްހޫރު އެކްޓަރު ބެން އެފްލެކް ތައްޔާރުވެއްޖެ އެވެ.
ކްލެޒިކެއްގެ ގޮތުގައި ބަލައިގެންފައިވާ، ޑައިރެކްޓަރު ރޯމަން ޕޮލާންސްކީގެ 1974 ގެ މަޝްހޫރު ފިލްމު "ޗައިނާޓައުން" ގެ މަސައްކަތުގެ ފަހަތުގައި ހިނގާފައިވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ލިޔުންތެރިޔާ ސޭމް ވެޒަން ގެނެސްދީފައިވާ ވާހަކަ "ދަ ގުޑްބާއީ: ޗައިނާޓައުން އެންޑް ލާސްޓް އިޔާޒް އޮފް ހޮލީވުޑް" އަށް ބިނާކޮށް ފިލްމެއް ޑައިރެކްޓްކުރަން މަޝްހޫރު އެކްޓަރު ބެން އެފްލެކް ތައްޔާރުވެއްޖެ އެވެ.
މީގެ ކުރިން ވެސް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ އެފްލެކް ފިލްމު ޑައިރެކްޓްކުރުމުގެ އިތުރުން އޭގެ ސްކްރީންޕްލޭ ލިޔެ، ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާނެ އެވެ.
ޑެޑްލައިނުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ދަ ގުޑްބާއި" ގެ ރައިޓްސް ހޯދާފައި ވަނީ މަޝްހޫރު ޓީވީ ޝޯ "ސަޓަޑޭ ނައިޓް ލައިވް" ގެ ޕްރޮޑިއުސަރު ލޯން މައިކަލްސް އެވެ. އަދި ފިލްމު އޭނާ އާއި އެފްލެކް ގެނެސްދޭނީ ޕެރަމައުންޓް ޕިކްޗާޒްއާ ވެސް ގުޅިގެންނެވެ.
EXCLU: Ben Affleck is heading back to the director’s chair as he has come on to direct THE BIG GOODBYE, an adaptation of the Sam Wasson book which tells the tell of the making of CHINATOWN and the end of the golden Age of 70s cinema https://t.co/iDrebh8Ehb
— Justin Kroll (@krolljvar) August 7, 2020
"ދަ ގުޑްބާއި" ގައި "ޗައިނާޓައުން" ހަދަން ކުރި މަސައްކަތާއި ކެމެރާގެ ފުރަގަހުގައި ހިނގާފައިވާ ހާއްސަ އަދި މުހިއްމު ކަންތައްތައް ދައްކުވައިދޭނެ އެވެ. ސާޅީސް ހަތް ވަނަ އޮސްކާ އެވޯޑްސްގައި 11 ކެޓަގަރީއަކުން ނޮމިނޭޓްވެ، އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އޮސްކާ ލިބުނު "ޗައިނާޓައުން" އަކީ ހަތަރު ގޯލްޑެން ގްލޯބް ވެސް ހޯދި ފިލްމެކެވެ. އޭގެ ތެރޭގައި މޮޅު ސްކްރީންޕްލޭ އާއި މޮޅު ޑައިރެކްޓަރާއި މޮޅު އެކްޓަރާއި ބެސްޓް ޑްރާމާ ހިމެނެ އެވެ.
ޖެކް ނިކޯލްސަން އާއި ފޭޔީ ޑަނަވޭ ލީޑް ރޯލް ކުޅުނު "ޗައިނާޓައުން" އަކީ އެމެރިކަން ފިލްމު އިންސްޓިޓިއުޓުން 2008 ގައި އެންމެ މޮޅު 10 މިސްޓްރީ ފިލްމުގެ ތެރޭގައި ވެސް ހިމެނުނު ފިލްމެކެވެ.
މި ފިލްމާ ގުޅުން ހުރި ވާހަކަތަކެއް ކިޔައިދޭ ފިލްމު "ދަ ގުޑްބާއި" ހަދަން ތައްޔާރުވަމުން ދިޔަ ނަމަވެސް މިއާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ. އެފްލެކް، 47، ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި 2016 ގެ "ލިވް ބާއި ނައިޓް" އާއި 2012 ގެ "އާގޯ" އާއި 2010 ގެ "ދަ ޓައުން" އަދި 2007 ގެ "ގޯން ބޭބީ ގޯން" ހިމެނެ އެވެ.
އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މާޗްގައި ރިލީޒްކުރި "ދަ ވޭ ބެކް" އިންނެވެ. އެފްލެކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޑީޕް ވޯޓާ" އާއި "ދަ ލާސްޓް ޑުއެލް" ހިމެނެ އެވެ.
ބޮކްސް އޮފީހުގައި ސޮނިކްގެ ސްޕީޑް ބާރު
ޑޭމަން އާއި އެފްލެކްގެ ސްކްރީންޕްލޭއެއް
"ޖެކް ރީޗާ" އަކީ ކުޅެން ބޭނުންވި ފިލްމެއް: ރޮކް
ގޯލްޑެން ގްލޯބްސްގެ ކުރީގައި "އެމިލިއާ ޕެރޭޒް"
"ގޭމް އޮފް ތުރޯންސް"ގެ ފިލްމެއް އުފައްދަނީ
ކްރިސްޓޮފާ ނޯލަންގެ ވެމްޕަޔާ ފިލްމަކަށް ޓޮމް ހޮލެންޑް
"ޖޯކާ 2" ބޮޑު ފްލޮޕަކަށް ވެއްޖެ
ޕްރޮފެސާ މެގޯނިގަލްގެ ރޯލު ކުޅުނު މެގީ މަރުވެއްޖެ
އިންޑިއާއިން އޮސްކާއަށް ގެންދަނީ "ލާޕަތާ ލޭޑީސް"
ޖެކޮލިންގެ ހޮލީވުޑް ފިލްމު އަންގާރަ ދުވަހު ނެރެނީ