ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އަޅާ ފްްލެޓްތަކުގެ މަސައްކަތް ކުރަމުން އަންނަ ތައިލެންޑްގެ ކުންފުނި އައިލެންޑް އެކްސްޕާޓްގެ ބިދޭސީ މުވައްޒަފުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވި މީހުން ފުރަން ފަށާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
08 އޯގަސްޓް 2020
ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އަޅާ ފްްލެޓްތަކުގެ މަސައްކަތް ކުރަމުން އަންނަ ތައިލެންޑްގެ ކުންފުނި އައިލެންޑް އެކްސްޕާޓްގެ ބިދޭސީ މުވައްޒަފުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވި މީހުން ފުރަން ފަށާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުންނަށް މުސާރަ ނުދީގެން އެމީހުން ވަނީ އެތައް ފަހަރަކު ހުޅުމާލޭގައި މުޒާހަރާކޮށްފަ އެވެ. އެގޮތުން އެންމެ ފަހުން މުޒާހަރާކުރި ދުވަހު ފުލުހުންނަށް ހަމަލާދީ ފުލުހުންގެ ވެހިކަލަކަށާއި އާއްމުންގެ މުދަލަށް ވެސްް ގެއްލުން ދިނެވެ. އެ މައްސަލައިގައި ހައްޔަރުކުރި 41 ބިދޭސީންގެ ތެރެއިން 38 މީހަކު މިހާރު ވެސް ވަނީ ރާއްޖެއިން ފޮނުވާލައިފަ އެވެ.
އައިލެންޑް އެކްސްޕާޓްގެ މެނޭޖިން ޑައިރެކްޓަރު އަނޮން ސޮންގްޕަންޔާ "މިހާރު"އަށް މިއަދު ވިދާޅުވީ ގައުމަށް އެނބުރި ދާން އެދުނު މީހުން ފުރުވާލަނީ މުސާރަ ހަމައަށް ދީފައި ކަމަށެވެ. މިހާތަނަށް ފުރި އެންމެންނަކީ މުޒާހަރާގައި ބައިވެރިވި މީހުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހުރިހާ އެންމެންނަކީ ވެސް އެނބުރި ގައުމަށް ދާން އަމިއްލައަށް އެދުނު މީހުން. އެންމެނަށް ވެސް މުސާރަ ދީފައި މި ފޮނުވާލީ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު ފުރައިގެން ދިޔައީ ކިތައް މީހުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. ހަމައެކަނި ވިދާޅުވީ އެއީ 100 އަށް ވުރެ މަދު އަދަދެއް ކަމަށެވެ. މިއަދު ވެސް 30 މީހުން ފުރަން ހަމަޖެހިފައި ކުރިން އޮތް ނަމަވެސް ފްލައިޓް ކެންސަލް ވެގެން ނުފުރުނު ކަމަށް އަނޮން ވިދާޅުވި އެވެ.
އައިލެންޑް އެކްސްޕާޓުން ފުލުހުންގެ ފްލެޓްތައް ދޫކޮށްލަނީ
ހަަމަނުޖެހުން ހިންގީ މުސާރަ ނުދީގެނެއް ނޫން
މުސާރައިގެ މައްސަލައިގައި ބިދޭސީންގެ ބޮޑު ހަމަނުޖެހުމެއް
ބިދޭސީންގެ ހަމަނުޖެހުން ބޮޑުވެ، ފުލުހުންނަށް ހަމަލަދީފި
މުސާރަ ނުދޭ ކަމަށް ބުނެ ބިދޭސީންތަކެއް އިހުތިޖާޖުކުރަނީ
އެތައްހާސް ރުފިޔާ އާއި ފޯނާއި ލެޕްޓޮޕާއި ގަހަނާ ފޭރުނު
ބިދޭސީންގެ ވަކީލުންނަށް ގޯސްވީ ފުލުހުންނާއި ސީލް
ކޯޓު އަމުރަށް އަމަލު ނުކުރާނެ ކަމަށް ރިޒުން ބުނެފި
ކަންބޮޑުވުންތައް ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް
އައިލެންޑް އެކްސްޕާޓުން މުސާރަ ދޭން ފަށައިފި