ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް އަޅާ ފްލެޓްތަކުގެ މަސައްކަތުގައި އުޅޭ ބިދޭސީން މިއަދު ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދިނީ މުސާރަ ނުދީގެން ކަމަށް ގަބޫލުނުކުރާ އައިލެންޑް އެކްސްޕާޓުން މިއަދު ބުނެފި އެވެ.
13 ޖުލައި 2020
ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް އަޅާ ފްލެޓްތަކުގެ މަސައްކަތުގައި އުޅޭ ބިދޭސީން މިއަދު ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދިނީ މުސާރަ ނުދީގެން ކަމަށް ގަބޫލުނުކުރާ އައިލެންޑް އެކްސްޕާޓުން މިއަދު ބުނެފި އެވެ.
ފްލެޓްތައް އެޅުމުގެ މަސައްކަތް ކުރާ ތައިލެންޑް ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަނޮން ސޮންގްޕަންޔާ "މިހާރު"އަށް ވިދާޅުވީ މުވައްޒަފުންނަށް އެެތައްް މަހެއްގެ މުސާރަ ނުދެވި އޮތް މައްސަލަ، ވާހަކަ ދައްކައިގެން ހައްލުކޮށް، އެއް މަހުގެ މުސާރަ ހަމައަށް ދީފައިވާ ކަމަށެވެ. ބާކީ އޮތް ބައި ދޭނެ ގޮތާ މެދު ވާހަކަ ދައްކައި ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަނޮން ވިދާޅުވި ގޮތުގައި ވަޒީފާ ދޫކޮށް އެނބުރި ގައުމަށް ދާން ބޭނުންވާ މީހުން ފޮނުވާލުމުގެ އިންތިޒާމް ވެސް މިހާރު އަންނަނީ ހަމަޖައްސަމުންނެވެ.
"ޖޫން މަހުގެ ފުރިހަމަ މުސާރަ މިހާރު ވާނީ ހަމައަށް ދީފައި. ދެން އެމީހުން ކުރި ޝަކުވާ އަކީ ޑޮލަރުގެ އަގުބޮޑުވުމުގެ ޝަކުވާ. އަޅުގަނޑު އެމީހުންނަށް ޔަގީންކަން ދިނިން 16،ރ އަށް ވުރެ މަތި ނުވާ ރޭޓަކުން ޑޮލަރު ހޯދައިދޭނެ ކަމުގެ. މި ހުރިހާ މަޝްވަރާތަކެއް ކޮށް، އެމީހުން ތިބީ ދެން ހަމަނުޖެހުމެއް ނުހިންގާނެ ކަމުގެ ޔަގީންކަން ދީގެން،" އަނޮން ވިދާޅުވި އެވެ.
މުސާރައިގެ މައްސަލާގައި މުވައްޒަފުން ދެން މުޒާހަރާއަށް ނުނިކުންނާނެ ކަމަށް، "މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ކުރިން ވަނީ ވިދާޅުވެފަ އެވެ. އެއީ މަޝްވަރާތަކަށް ފަހު މަސައްކަތްތެރިން ދިން ޔަގީންކަމެއް ކަމަށް، އަނޮން ވިދާޅުވި އެވެ. އެހެންވެ މިއަދު ނުކުމެ ފުލުހުންނަށް ހަމަލާދީ ތަކެއްޗަށް ގެއްލުން ދިން މީހުން އެ ހިންގީ ޖަރީމާއެއް ކަމަށާއި ކުންފުނިން އެކަމަށް ޒިންމާވާން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުޒާހަރާގެ ބައިވެރިން ތިބީ، މަސައްކަތުގައި އުޅޭ އިރު ބޭނުންކުރާ އައިލެންޑް އެކްސްޕާޓް ލޯގޯ ޖެހި ޖެކެޓް ވެސް ލައިގެންނެވެ.
"އެމީހުން ހިންގީ ވަރަށް ބޮޑު ޖަރީމާއެއް. އެކަން ހިންގީ އޭގެ ތެރެއިން މަދު ބަޔަކު ދެން ތިބި މީހުންނަށް ދޮގު މައުލޫމާތު ތަކެއްދީ ރުޅިއަރުވައިގެން،" އަނޮން ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ރުޅިވެރިކަން އުފެއްދި މީހުން ދެއްކި އެއް ވާހަކައަކީ ފުލުހުން ވެސް އެމީހުންނަށް އަނިޔާވެރިވަނީއޭ، އެމީހުންނާ ދެކޮޅު ރޭވުންތަކެއް އެބަ އޮތޭ މިކަލަ ވާހަކަތަކެއް."
އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުންންގެ ތެރޭގައި އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް އުޅޭ އިރު ހަމަނުޖެހުމުގައި މުޅިން ވެސް ބައިވެރިވީ ބަންގްލަދޭޝް މީހުންނެވެ. އެކަމަކު މުސާރަ އާއި އިނާޔަތްތަކުގެ ތެރެއިން މިހާތަނަށް ދިން އެއްޗެއް ދިނީ އެންމެނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އެމީހުން ބޭނުންވީ ހަމަނުޖެހުން ހިންގަން، ރާވައިގެން ހަމަނުޖެހުން ހިންގީ. އެކަން ބަލައި އެމީހުންނަށް ފިޔަވަޅު އަޅާނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ކަމަށް އަޅުގަނޑު ދެކެނީ،" އަނޮން ވިދާޅުވި އެވެ.
ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އަޅާ ފްްލެޓްތަކުގެ މަޝްރޫއު، އަށް އަހަރު ދުވަހަށް ވުރެ ދިގުލައިގެން ގޮސްފައި ވާއިރު، ސީދާ ކޮންޓްރެކްޓަރުގެ ގޮތުގައި އައިލެންޑް އެކްސްޕާޓުން އެ މަސަައްކަތާ ހަވާލުވިތާ ވެސް ހަތަރު އަހަރު ވެއްޖެ އެވެ. އޭގެ ކުރިން ހަތަރު އަހަރު ދުވަހު އެންފުނިން މަސައްކަތް ކުރީ ނޫމަޑީގެ ސަބް ކޮންޓްރެކްޓަރުގެ ގޮތުގަ އެވެ. އަނޮން އަކީ އޭރު ނޫމަޑީގެ ވެސް ހިއްސާދާރެކެވެ.
މުސާރައިގެ މައްސަލައިގައި ބިދޭސީންގެ ބޮޑު ހަމަނުޖެހުމެއް
ބިދޭސީންގެ ހަމަނުޖެހުން ބޮޑުވެ، ފުލުހުންނަށް ހަމަލަދީފި
އައިލެންޑް އެކްސްޕާޓުން ފުލުހުންގެ ފްލެޓްތައް ދޫކޮށްލަނީ
އައިލެންޑް އެކްސްޕާޓްގެ މީހުން ފުރަން ފަށައިފި
ހަމަނުޖެހުން ހިންގި ބިދޭސީންގެ ބަންދަށް 15 ދުވަސް
ކަންބޮޑުވުންތައް ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް
ހުޅުމާލޭގައި ބިދޭސީން ބޮޑު މާރަމާރީއެއް ހިންގައިފި
މުސާރަ ނުދޭ ކަމަށް ބުނެ ބިދޭސީންތަކެއް އިހުތިޖާޖުކުރަނީ
ބިދޭސީއަކަށް ހަމަލާދީ ފޯނާއި ވޮލެޓް ފޭރިއްޖެ
ހުޅުމާލޭގައި މުޒާހަރާކުރި ބިދޭސީން ފޮނުވާލައިފި