29 ޖުލައި 2020
އިދިކޮޅު ޕީޕީއެމް/ޕީއެންސީން ރޭ މާލޭގައި ކުރި މުޒާހަރާ ހުއްޓުވަން މަސައްކަތް ކުރި ފުލުހުންގެ ގަޔަށް މުޒާހަރާގެ ބައިވެރިއަކު ހައްޕުނޑު ޖަހާފައިވާތީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން ރޭ މާލޭގައި ކުރި މުޒާހަރާ ހުއްޓުވަން މަސައްކަތް ކުރި ފުލުހުންގެ ގަޔަށް މުޒާހަރާގެ ބައިވެރިއަކު ހައްޕުނޑު ޖަހާފައިވާތީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު، އެ މުޒާހަރާ އަށް ފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖެހުމަކީ ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދިވެސް މި ތިބީ ކޮވިޑް-19ގެ ނުރައްކަލުގެ ތެރޭގައި ކަމަށާއި މިފަދަ އަމަލުތައް ބަލައި ނުގަނެވޭނެ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ. އަދި އެ ކަންތައް ތަހުގީގު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން އާއްމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެއް ފުލުހެއްގެ ޔުނީފޯމުގެ މޭމައްޗާއި ފުރަގަހުގެ އިތުރުން އޭނާގެ ކަނދުރާ މައްޗަށް ވެސް ވަނީ ހައްޕުނޑު ޖަހައިފަ އެވެ. އަނެއް ފުލުސް މީހާގެ ޔުނީފޯމުގެ ފަހަތަށްވާ ގޮތަށް ވަނީ ހައްޕުނޑު ޖަހައިފަ އެވެ.
ފުލުސް މީހާގެ ގަޔަށް ހައްޕުނޑު ޖަހާފައި: އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ފުލުހުން ބުނޭ-- ފޮޓޯ: ޕޮލިސް
ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވީ، މިކަން ކުރި މީހަކު ހޯދައި ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރޭ ވެސް މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގައި ފެށި މުޒާހަރާ ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރުމުން ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގައިފަ އެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން ދެ މީހަކު ފުލުހުން ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މާލޭގައި އިދިކޮޅުން މުޒާހަރާ ކުރަން ފަށާފައިވާއިރު ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ގިނަ ބަޔަކު އެއްވެ ނޫޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ލިއުމުން ހުއްދަ ހޯދައިގެން ނޫނީ މާލޭގައި މުޒާހަރާ ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ އަންގައިފި އެވެ.
އެ މިނިސްޓްރީން މި މަހުގެ 14 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނީ ލިޔުމުން ހުއްދަ ނުހޯދައި މާލޭގައި ދެން މުޒާހަރާ ކުރެވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެނައި އިސްލާހުގައިވާ ގޮތަށް، މާލޭގެ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށެވެ. އެހެން ތަނެއްގައި އެއްވުމެއް ނުވަތަ ހިނގާލުމެއް ބާއްވާ ނަމަ ފުލުހުންގެ ހުއްދަ ލިޔުމުން ހޯދަން ހޯމް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
Two of our officers who were performing public order policing duties were spat at by a protester(s) tonight. We are still in the midst of the #COVID19 pandemic and have had the highest number of local infections today. Strongly condemn this uncivilised act. Will be investigated. pic.twitter.com/nihF1NyVGp
— Mohamed Hameed (@M_Hameedh) July 28, 2020
ސީޕީ ހަމީދު ކުރެއްވި ޓްވީޓް
ސަރުކާރުގެ ހުއްދަ ނެތި މުޒާހަރާ އާއި އެއްވުންތައް ނުބޭއްވޭނެ ކަމަށް ޔާމީންގެ ސަރުކާރުން ކަނޑައެޅިޔަސް މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ ވެރިކަމަށް އައީ އެކަން ބަދަލުކުރާނެ ކަމުގެ ޔަގީންކަން ދެމުންނެވެ. އެކަމަކު، ވެރިކަމުގައި ދޮޅު އަހަރުވީ އިރު ވެސް އެކަން އިސްލާހު ކުރާކަށް އެމްޑީޕީން އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ނަމަވެސް، ޔާމީންގެ ވެރިކަމުގައި އެ އިސްލާހާ ދެކޮޅަށް އެންމެ ގަދައަށް ވާހަކަ ދައްކައި، އެއާ ޚިލާފަށް މަގުތަކަށް ނުކުތީ ވެސް އެމްޑީޕީންނެވެ. އެގޮތަށް ނުކުތް މީހުން ފުލުސް އޮފީހަށް ހާޒިރުކޮށް، ސުވާލު ކުރާތީ އެކަމާ ދެކޮޅަށް ވެސް އެމްޑީޕީން އޭރު އަޑުއުފުލި އެވެ.
ފުލުހުން ކުރީ ދޮގު ތުހުމަތެއް: އިިދިކޮޅު
ފަރުވާއަށް ފަހު ޕީޕީއެމްގެ ދެ މީހަކު ހައްޔަރުކޮށްފި
އިދިކޮޅުގެ މުޒާހަރާ އިން 11 މީހުން ހައްޔަރުކޮށްފި
އަދުރޭ އާއި ޝުޖާއު ދޫނިދު އަށް ގެންގޮސްފި
41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
އެޗްޕީއޭގެ އެންގުމާ ޚިލާފުވުމުން ޝުޖާއު ޖޫރިމަނާކޮށްފި
އަދުރޭ ވެސް ފުލުހަށް ހާޒިރުވާން އަންގައިފި
އިންޒާރު ދިނަސް ދިފާއުގައި ނުކުންނާނަން: އަބްދުއްރަހީމް
މުޒާހަރާކޮށް ސިއްހީ ރައްކާތެރިކަން ނަގާނުލަން ގޮވާލައިފި
ހާލަތު ގޯސްވާތީ ޕީޕީއެމުން މުޒަހަރާ ނުފަށަން ނިންމައިފި