Roadha Mihaaru
ޑިމޮކްރަސީގެ ފުރިހަމަކަމަށް ވާދަވެރިން މުހިއްމު: ނަޝީދު

ފުރިހަމަ ޑިމޮކްރަސީއެއްގައި ވާދަވެރިންގެ ފާޑުކިޔުން މުހިންމު: ނަޝީދު

26 ޖުލައި 2020

ރާއްޖޭގައި ފުރިހަމަ ޑިިމޮކްރަޓިކް ނިޒާމެއް ގެނައުމަށް ސިޔާސީ ވާދަވެރިންގެ ފާޑުކިޔުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި ފުރިހަމަ ޑިިމޮކްރަޓިކް ނިޒާމެއް ގެނައުމަށް ސިޔާސީ ވާދަވެރިންގެ ފާޑުކިޔުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރާ އެކު މަޝްވަރާ ކުރަން ސިޔާސީ ހުރިހާ ފަރާތްތަކަށް ރައީސް އިބްރާހިިމް މުހައްމަދު ސޯލިހް މިއަދު ވަނީ ގޮވާލައްވައިފަ އެވެ. އަދި ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ސިޔާސީ ފަރާތްތަކުގެ މަޝްވަރާއަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައިވަނީ ވާދަވެރި ޕާޓީތަކުގެ ބައިވެރިވުން އިތުރުކުރަން ރައީސް ކުރެއްވި އިލްތިމާސަށް މަރުހަބާ ދަންނަވާ ކަމަށާއި ފުރިހަމަ ޑިމޮކްރަޓިކް ނިޒާމެއް ގެންނަން ވާދަވެރި ފަރާތްތަކުގެ ފާޑުކިޔުން މުހިންމު ކަމަށް ނަޝީދުގެ ޓްވީޓްގައިވެ އެވެ. އަދިި މިނިވަންކަން ދެމެހެއްޓޭނީ ސިޔާސީ ހަމަޖެހުން އޮވެގެން ކަމަށް ވެސް ނަޝީދުގެ ޓްވީޓްގައިވެ އެވެ.

ނަޝީދުގެ ޓްވީޓް

މި ސަރުކާރުގެ ކޯލިޝަންގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ހިިމެނެ އެވެ. އިދިކޮޅު މިވަގުތު އޮތީ ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަން އެކަންޏެވެ.