ގާނޫނީ ހުސްކަމެއް ކުރިމަތިވެ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓާލާފައި އޮތަސް، އިހުތިޖާޖު ކުރުމަށް އިދިކޮޅު މެމްބަރުން ނިންމި ނިންމުމާ އެއްގޮތަށް މަޖިލީހުގެ ތަޅުމަށް މިއަދު ވަދެވޭ ގޮތެއް ނުވި އެވެ.
21 ޖޫން 2023
ގާނޫނީ ހުސްކަމެއް ކުރިމަތިވެ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓާލާފައި އޮތަސް، އިހުތިޖާޖު ކުރުމަށް އިދިކޮޅު މެމްބަރުން ނިންމި ނިންމުމާ އެއްގޮތަށް މަޖިލީހުގެ ތަޅުމަށް މިއަދު ވަދެވޭ ގޮތެއް ނުވި އެވެ.
މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ބޭފުޅަކު ނެތިގެން، އިއްޔެ އާއި މިއަދުގެ ޖަލްސާ ތާވަލުކޮށްފައެއް ނުވެ އެވެ.
އެކަމާ ދެކޮޅަށް އަޑުއުފުލަން މަޖިލީހުގެ ތަޅުމަށް ވަންނާނެ ކަމަށް އިދިކޮޅު މެމްބަރުން އިއްޔެ ވަނީ އިއުލާން ކުރައްވައިފަ އެވެ. އެކަމަކު ޖަލްސާ ކުރާ މާލަން ތަޅުލާފައި ހުރުމުން ތަޅުމަށް ވަދެވަޑައިނުގެންނެވުނު މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ދުވަސްތަކުގައި ޖަލްސާ ކުރާ މާލަން އާންމު ގޮތެއްގައި ހުންނަނީ ތަޅުލައިފަ އެވެ.
މަޑުއްވަރީ ދާއިރާގެ އާދަމް ޝަރީފް "މިހާރު" އަށް ވިދާޅުވީ، މަޖިލިސް ހުއްޓިފައިވާ މައްސަލަ ހައްލުކުރެވޭތޯ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއާ ބައްދަލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"މި ކަމުގައި ހައްލެއް ލިބޭތޯ ރައީސް [އިބްރާހިމް މުހައްމަދު ސޯލިހު] އާ ބައްދަލުވޭތޯ ރައީސް އޮފީހަށް ވެސް ދާން އަޅުގަނޑުމެން ވަނީ ނިންމާފައި،" ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މަޖިލިސް ހުއްޓުމަކަށް ގެނައީ، ސަރުކާރުން ގަސްދުގައި، ސަރުކާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު ގެއްލުވާލަން ކަމަށެވެ.
ޖަލްސާތައް ނުބޭއްވި، މަޖިލިސް ހުއްޓުމަކާ ހަމައަށް އައީ ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީން އިސްވެ ހުށަހެޅުމާ ގުޅިގެންނެވެ.
އިތުބާރުގެ މައްސަލަ އޮތުމުން ނަޝީދާއި އީވާ ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެވަޑައިގަންނަވާތީ މިދިޔަ ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. ނަމަވެސް މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ނަމަ، އެހެން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެ އެވެ.
އެހެންވެ މަޖިލިސް އިތުރަށް ކުރިޔަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި މި މަރުތަޅު ނެއްޓޭނީ އިތުބާރު ނެތް ކަމުގެ ކޮންމެ ވެސް އެއް މައްސަލައެއް އަނބުރާ ގެނެސްގެން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތްތަކެއް މަޖިލިހުގެ އަމީން އާންމު ލިޔުމަކުން ނަޝީދަށް ދެއްވިޔަސް އެ މަނިކުފާނު އެ އަށް އަމަލެއް ނުކުރައްވަ އެވެ. އޭގެ ބަދަލުގައި ދައްކަވަނީ މައްސަލަ ހައްލު ކުރެވޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށެވެ.
ނަމަވެސް ސަރުކާރުގެ މެޖޯރިޓީ އޮތް އެމްޑީޕީން އެކަން ގަބޫލެއް ނުކުރެ އެވެ. އެ ޕާޓީން އަދިވެސް ބުނަނީ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދެވެން ޖެހޭނެ ކަމަށެވެ.
ޗާގޯސް މައްސަލާގައި ރައީސް މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި
މަޖިލިސް ހުއްޓިފައި، އެކަމަކު ނަޝީދު ކުޑަދަށުގައި!
ކޮމިޓީތައް އެކުލަވާލަން އެމްޑީޕީން ދޫދޭން ބޭނުމެއް ނުވޭ
ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ނަޝީދު ވަކިކުރުމާ ދެކޮޅު
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
"ނަޝީދު އިސްތިއުފާ ދީގެންވެސް މަޖިލިސް ހިންގަން ޖެހޭ"
ރިޔާސަތާ ހަވާލުވާން ނަޝީދުގެ ކިބައިން އެދިއްޖެ
މަރުތަޅު ނައްޓަން ރައީސްގެ އަރިހުން އެދިވަޑައިގެންފި
އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ: އިދިކޮޅަށް ވާނީ ފަސޭހަ
ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާފާނެ: އިދިކޮޅު