23 ޖުލައި 2020
ހުޅުމާލޭގައި ފަޅުގައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އަނިޔާ ލިބުނު ކެންޔާގެ އަންހެންމީހާގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު މީޑިއާއަކާ ވާހަކަ ދެއްކި ކަމަށް ބުނާ ވާހަކަ އެ މީހާގެ ވަކީލުން މިރޭ ދޮގުކޮށްފި އެވެ.
ހުޅުމާލޭގައި ފަޅުގައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އަނިޔާ ލިބުނު ކެންޔާގެ އަންހެންމީހާގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު މީޑިއާއަކާ ވާހަކަ ދެއްކި ކަމަށް ބުނާ ވާހަކަ އެ މީހާގެ ވަކީލުން މިރޭ ދޮގުކޮށްފި އެވެ.
މިދިޔަ ޖޫން މަހު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި "މެންދުރު އޮންލައިން" އިން ޝާއިއުކުރި ލިޔުން އެ ވެބްސައިޓުން ނެގުމަށް ފަހު ރޭ ވަނީ މާފަށް އެދި ބަޔާނެއް ނެރެފަ އެވެ. އެއީ ރޭޕްގެ މައްސަލައެއް ކަމަށް ބުނެ ކުރިން މައުލޫމާތު ހާމަ ކުރީ އަނިޔާ ލިބުނު މީހާގެ ފަރާތުން އާޒިމާ، އެ މީޑިއާއާ ވާހަކަ ދެއްކުމުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އަނިޔާ ލިބުނު މީހާގެ ވަކީލުންގެ ގޮތުގައި މަސައްކަތްކުރާ ރިޒާ އެންޑް ކޯ އިން ނެރުނު ބަޔާނެއްގައިވަނީ އާޒިމާއަކީ އަނިޔާ ލިބުނު މީހާ އެއްވެސް ވަރަކަށް ދަންނަ އަދި އޭނާއާ އެއްވެސް މުއާމަލާތެއް ކުރައްވާފައިވާ ބޭފުޅެއް ނޫން ކަމަށެވެ. އެހެންވެ، އެއީ ސައްހަ މައުލޫމާތެއް ނޫން ކަމަށާއި އަނިޔާ ލިބުނު މީހާއާ ބެހޭ ގޮތުން "މެންދުރު އޮންލައިން" އިން ނެރުނު ބަޔާން ނެގުމަށް ވެސް ކެންޔާގެ އަންހެންމީހާގެ ވަކީލުން ވަނީ އެދިފަ އެވެ.
Press Release: Announcement of legal representation for Ms Pauline Nduta Gichuru regarding her complaint to @Policemv in relation to sexual assault and/or attempt to rape on a safari boat in Hulhumale’ Lagoon. @ShafeeaRiza pic.twitter.com/q3ZKqOQgpy
— Noorbaan Fahmy (@Noorbaan) July 23, 2020
ކެންޔާގެ އަންހެންމީހާގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ބަޔާން
އަނިޔާ ލިބުނު މީހާގެ ވަކީލުން ބުނީ، އޭނާއާ އެއްވެސް ފަރާތަކުން ދެން މުއާމަލާތު ކުރެވޭނީ ވަކީލުންގެ ހާޒިރުގައި ކަމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާ ކަމަށާއި މީޑިއާތަކުން ވެސް މައުލޫމާތު ހާމަ ކުރުމުގެ ކުރިން ވަކީލުންނަށް ގުޅަން ޖެހޭނެ ކަމަށެވެ. ހުއްދަ ނެތި މީޑިއާތަކުން ޝާއިއުކުރާ ލިޔުންތަކާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އަންހެންމީހާގެ ވަކީލުންގެ ބަޔާނުގައި ދީފައި ވެ އެވެ.
މީގެ އިތުރުން އަނިޔާލިބުނު މީހާއަށް އުނދަގުލެއް ކުރިމަތިވެދާނެ ގޮތަށް އެއްވެސް މުއާމަލާތެއް ނުކުރަން އެދޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އަނިޔާ ލިބުނު ކެންޔާގެ އަންހެންމީހާ ގާނޫނީ އެހީތެރިކަން ހޯދާ ލޯ ފާމް، ރިޒާ އެންޑް ކޯގެ ފަރާތުން އެ މީހާގެ ގާނޫނީ ވަކީލުންގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޝަފީއާ ރިޒާ އާއި ނޫރުބާން ފަހުމީ ކަމަށް އެ ލޯ ފާމުގެ ބަޔާނުގައި ވެ އެވެ.
ސަފާރީގައި ހިނގައިދިޔަ ކަންކަމުގެ މައްސަލަ ފުލުހުން ވެސް މިހާރު ދަނީ ބަލަމުންނެވެ. އެކަމާ ގުޅިގެން ދެ މީހަކު ފުރަތަމަ ހައްޔަރު ކުރިޔަސް، ފަހުން އެ މީހުން ދޫކޮށްލުމުން އެ މައްސަލަ ހޫނުވެ، ރައްޔިތުންގެ މަޖިލީހާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވެސް އެ މައްސަލަ ދަނީ ބަލަމުންނެވެ.
ހިނގީ ރޭޕެއް ނޫން ކަމަށް ބުނެ "މެންދުރު"ން މައާފަށް
ސަފާރީ ކޭސް: ދައުވާކޮށްދޭން އެދުނީ ތިން މީހަކަށް
ތަހުގީގު ފުރިހަމަކޮށް ސަފާރީ ކޭސް އަލުން ޕީޖީއަށް
ޖިންސީ ގޯނާގެ މައްސަލައިގައި އިދިކޮޅުގެ ރުޅި އިމްރާނަށް
ގޯނާގެ މައްސަލައާއެކު ޝިދާތާ އިހުސާސްތައް ބޭރުކޮށްލައިފި
ޖިންސީގޯނާގެ ތުހުމަތުގެ މައްސަލަ އެޗުއާރުސީއެމުން ބަލަނީ
ޖިންސީ ގޯނާ ކުރި މީހުން ދޫކޮށްލައިގެން ނުވާނެ
ބިރުދައްކައިގެން ޖިންސީ އަމަލު ހިންގިކަން ސާބިތެއް ނުވި
ސަފާރީ ކޭސް: އަދިވެސް މައްސަލަ އިބްތިދާއީ މަރުހަލާގައި
ރޭޕްކުރުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލި އަމުރު ބާތިލް