ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރު ކުރި ދެ މީހުން ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
27 ޖޫން 2020
ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރު ކުރި ދެ މީހުން ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި ދެ ފިރިހެނުން ދޫކޮށްލާފައި ވަނީ ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓޭ ވަރުގެ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެ އެވެ. އެކަމަކު އެ ދެ މީހުން ހައްޔަރު ކުރީ ކުށުގެ ވެށިން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލާގައި ބިދޭސީއަކާ މެދު އެފަދަ އަމަލެއް ހިންގާފައިވާތީ އިދިކޮޅުން ބުނީ ރާއްޖޭގައި ތިބޭ ޓޫރިސްޓުންނާ ދޭތެރޭ އެފަދަ ކަންކަން ހިނގުމަކީ ޓޫރިޒަމް ދާއިރާ އަށް ވެސް އަސަރު ކުރާނެ ކަމެއް ކަމަށެވެ.
އިދިކޮޅުން ބުނީ ރޭޕް ކުރުމާއި ޖިންސީ ގޯނާ ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަކީ އެންމެ ނުބައި މުޖުރިމުން ކަމަށް ވާއިރު އެފަދަ މީހުންނަށް އަދަބު ދިނުމުގައި ވަކި އާއިލާއަކަށް އަދި މަގާމަކަށް ބެލުމެއް ނެތި ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދޭން ޖެހޭނެ ކަމަށެވެ.
ކޯލިޝަނުން ބުނީ ފަހަކަށް އައިސް ރާއްޖޭގައި މިފަދަ މައްސަލަތައް ގިނަ ވުމަކީ ކޯލިޝަނުން އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަންކަން ހުއްޓުވޭނީ ތަހުގީގީ އިދާރާތަކާއި ގާނޫނު ތަންފީޒްކުރާ އިދާރާތާއް ވެސް ހިމެނޭހެން ކަމާ ބެހޭ ހުރިހާ ފަރާތެއް ފުރިހަމަ އަށް ޒިންމާ ނަގައިގެން ކަމަށް ބަޔާނުގައި ވެ އެވެ.
ދުނިޔޭގައި ވެސް ޖިންސީ ގޯނާގެ މައްސަލަތައް އެންމެ ބޮޑު އެއް ގައުމު ކަމަށްވާ އިންޑިއާގައި ހިނގާފައިވާ އެންމެ ލާއިންސާނީ ރޭޕް ކޭސް 'ނިރްބަޔާ' އަށް އިޝާރާތްކޮށް އިދިކޮޅުން ބުނީ ރާއްޖޭގައި އެފަދަ ކޭސްއެއް ފެންމަތިވުމުގެ ކުރިން ރޭޕް ކުރާ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި ރޭޕްކުރާ މީހުންނާ ދޭތެރޭ އެއްވެސް ތަފާތެއް ނެތި ފިޔަވަޅު އެޅުމަށް އެ ބަޔާނުގައި ރައީސަށް ވަނީ ގޮވާލައިފަ އެވެ.
ޖިންސީ ގޯނާގެ މައްސަލައިގައި އިދިކޮޅުގެ ރުޅި އިމްރާނަށް
"ގޯނާގެ މައްސަލައަށް މަޖިލިސް ވަންނާތީ ކަންބޮޑުވޭ"
ސަފާރީ ކޭސް: ދައުވާކޮށްދޭން އެދުނީ ތިން މީހަކަށް
ހިނގީ ރޭޕެއް ނޫން ކަމަށް ބުނެ "މެންދުރު"ން މައާފަށް
މީޑިއާތަކާ މެދު ތަފާތުކުރާ ކަމަށް ބުނެ މުޒާހަރާކޮށްފި
ގޯނާގެ މައްސަލައާއެކު ޝިދާތާ އިހުސާސްތައް ބޭރުކޮށްލައިފި
ޖިންސީގޯނާގެ ތުހުމަތުގެ މައްސަލަ އެޗުއާރުސީއެމުން ބަލަނީ
ތަހުގީގަށް މީހުން ހައްޔަރުކޮށްގެން ނުވާނެ: ޔާމީން
ރާއްޖެއިން އިންޓެލް ހޯދަނީ އިންޑިއާއިން އެކަނި: ޔާމީން
ފުލުހުން ކުރީ ދޮގު ތުހުމަތެއް: އިިދިކޮޅު