14 ފެބުރުއަރީ 2023
އަންހެނެއްގެ ބަރަހަނާ ފޮޓޯތަކެއް ލީކުކުރާނެ ކަމަށް ބުނެ ބިރު ދައްކައިގެން އޭނާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ލިބުނު މީހެއްގެ މައްޗަށް އެކަށީގެންވާ ހެކި ނެތިގެން ކުށް ސާބިތު ނުވާ ކަމަށް ހަ އަހަރު ފަހުން ހުކުމް ކޮށްފި އެވެ.
އަންހެނެއްގެ ބަރަހަނާ ފޮޓޯތަކެއް ލީކުކުރާނެ ކަމަށް ބުނެ ބިރު ދައްކައިގެން އޭނާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ލިބުނު މީހެއްގެ މައްޗަށް އެކަށީގެންވާ ހެކި ނެތިގެން ކުށް ސާބިތު ނުވާ ކަމަށް ހަ އަހަރު ފަހުން ހުކުމް ކޮށްފި އެވެ.
މިދިޔަ އާދީއްތަ ދުވަހު ކުރި ހުކުމުގައި ބުނެފައިވާ ގޮތުން ދައުވާ ލިބުނު މީހާ ވަނީ އަންހެން މީހާގެ ބަރަހަނާ ފޮޓޯތައް ފޯނުގައި ހުންނާނެ ކަމަށް ތަހުގީގުގައި ވެސް ބުނެފަ އެވެ. އަދި އެ ފޮޓޯތައް ފޯނުން ފެނުނު ކަމަށް ވެސް ބުނެފައިވެ އެވެ.
ޖިންސީ ކުށުގެ ގާނޫނުގެ ދަށުން މި މީހާގެ މައްޗަށް ކުރީ ޖިންސީ އަމަލެއް ހިންގުމަށް އެހެން މީހަކަށް މަޖުބޫރުކުރުވުމުގެ ކުށުގެ ދައުވާ އެވެ. އެކަމަކު ޝަރީއަތުގައި އޭނާ ވަނީ މި ދައުވާއަށް އިންކާރުކޮށްފަ އެވެ.
ކޯޓުން ބުނީ ދައުވާ ސާބިތު ނުވީ ކާފީ ހެކި ލިބިފައިނުވާތީ އާއި ދައުވާގެ އުންސުރުތައް ގާނޫނު އަސާސީގައި ބަޔާންކުރާ "އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް" ދައުލަތަށް ސާބިތުކޮށްދެވިފައިނުވާތީ ކަމަށެވެ.
ޖިންސީ ކުށުގެ އަމަލުތަކުގެ ޝަރީއަތްތަކަކީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޝަރީއަތްތަކަކަށް ނުވާތީ އަދި މިފަދަ މައްސަލަތަކުގެ ހުކުމުގެ ތަފްސީލަކީ ވެސް ހާމަކުރާ އެއްޗަކަށް ނުވާތީ، ކަން ހިނގި ގޮތުގެ ތަފްސީލެއް ނޭނގެ އެވެ. ކޯޓުން ހާމަކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ދައުވާކޮށްފައި ވަނީ 2016 ވަނަ އަހަރުގެ މެދު ތެރޭގައި ހިނގި ކަމެއްގެ މައްޗަށް، 2017 ވަނަ އަހަރު އެވެ.
އަލީ ވަހީދު ހިމާޔަތަކަށް ނޭދޭ، ރާއްޖެ ނާންނާކަށް ނޫޅޭ
އާއިލާގެ ކުއްޖަކާ ބެހުނު މީހަކު 20 އަހަރަށް ޖަލަށް
ބްލެކްމެއިލްކޮށް، ރޭޕްކުރި މީހަކު 20 އަހަރަށް ޖަލަށް
އަލީ ވަހީދުގެ ދައުވާތައް ކޯޓުން އަނބުރާ ފޮނުވާލައިފި
ފިހާރައެއްގައި މީހަކަށް ޖިންސީ ގޯނާކުރިކަން ސާބިތެއްނުވި
ރޭޕްކުރުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލި އަމުރު ބާތިލް
ޖިންސީ ކުށުގެ ގާނޫނަށް ގެނައި އިސްލާހަށް މަރުހަބާ
އަޑުބަރޭއަށް ފިޔަވަޅު އަޅަންޖެހޭ: ހައި ކޯޓް
އަލީ ވަހީދު ހައްޔަރުގައި ހުރުމުން ޝަރީއަތް ނުބޭއްވުނު
ދައުލަތުން ވަނީ އަލީ ވަހީދު ފްރޭމްކޮށްފައި: ވަކީލުން