26 ޖުލައި 2020
ދުނިޔެ ފެނަށް ޖެހުމުގެ ވާހަކައެއް ކިޔައިދޭން ހަދަން އުޅުމަށް ފަހު، ހުއްޓިފައިވާ ފިލްމު "ޕާނީ" ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އެ ދުވަހަކުން އެ ފިލްމު ޑެޑިކޭޓްކުރާނީ މިދިޔަ މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތަށް ކަމަށް ޑައިރެކްޓަރު ޝޭކަރް ކަޕޫރް ބުނެފި އެވެ.
ދުނިޔެ ފެނަށް ޖެހުމުގެ ވާހަކައެއް ކިޔައިދޭން ހަދަން އުޅުމަށް ފަހު، ހުއްޓިފައިވާ ފިލްމު "ޕާނީ" ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އެ ދުވަހަކުން އެ ފިލްމު ޑެޑިކޭޓްކުރާނީ މިދިޔަ މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތަށް ކަމަށް ޑައިރެކްޓަރު ޝޭކަރް ކަޕޫރް ބުނެފި އެވެ.
"ޕާނީ" އަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް ސުޝާންތާ އެކު ޝޭކަރް ހަދަން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރި ފިލްމެކެވެ. އެކަމަކު އެ ފިލްމު ނަހަދަން ވައިއާރްއެފުން ނިންމައި، ޕްރޮޖެކްޓް ދޫކޮށްލުމުން އޭގެ މަސައްކަތް އޮތީ ހުއްޓާލައިފަ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވައިއާރްއެފާ ގުޅިގެން "ޕާނީ" ނެހެދުނީ ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ އާއި ޝޭކަރާ ދެމެދު ފިލްމާ ގުޅޭ ގޮތުން އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ހެދި އެވެ.
ޝޭކަރް ބުދަ ދުވަހު ކުރި ޓްވިޓެއްގައި ބުނީ "ޕާނީ" ހެދުމުގެ ފުރުސަތު އޭނާ އަށް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށާއި އެ ދުވަހަކުން އެ ފިލްމު ސުޝާންތަށް ތަހުސީސްކުރާނެ ކަމަށެވެ. އަދި ފިލްމު ހަދަން ބޭނުން ވަނީ އިންސާނިއްޔަތަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކާ އެކީގައި ކަމަށާއި ބޮޑަކަމާއި ކިބުރުވެރި ބަޔަކާ އެކު މަސައްކަތް ނުކުރާނެ ކަމަށް "މާސޫމް" އާއި "މިސްޓަ އިންޑިއާ" އަދި "ބަންޑިތު ކްއީން" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.
If you want to journey with the Gods, or your creativity, you have to walk each step in devotion. In humility. God willing #Paani will get made one day. If it does, I will dedicate it to Sushant. But it has to be made with partners that walk in humility, not in arrogance. ?????? pic.twitter.com/pWzTt04IbK
— Shekhar Kapur (@shekharkapur) July 22, 2020
"ޕާނީ" ގެ ވާހަކަ ހިންދުސްތާން ޓައިމްސް ހިއްސާކުރަމުން ޝޭކަރް ބުނީިގޮތުގައި އެ ޕްރޮޖެކްޓް ހުއްޓުނީ އޭގެ ވަރަށް ގިނަ ތައްޔާރީތަކެއްވެފައި ވަނިކޮށެވެ. އަދި އޭގެ ސަބަބުން އޭނާ އާއި ސުޝާންތަށް ވެސް ވަރަށް އަސަރުކުރި ކަމަށް ބުންޏެވެ.
"ފިލްމު ހުއްޓުނީ ސުޝާންތު ވަރަށް ގިނަ ރިހާސަލްތަކެއް ވެސް ހަދާފައި ވަނިކޮށް. އަދި މުޅި ޓީމުން ވަރަށް ބޮޑެތި ތައްޔާރީތައްވެފައި ވަނިކޮށް. އެއީ ވަރަށް ހިތްދަތިވި ކަމެއް. އެކަމާ ހެދި ސުޝާންތު ވަރަށް ރުއި. އަހަރެން ވެސް ރުއިން." ޝޭކަރް ބުންޏެވެ.
އޭނާ ބުނިގޮތުގައި ސުޝާންތަކީ "ޕާނީ" ގެ ބަތަލު ކަމަށް ވިޔަސް އޭރު އޭނާ ގެންދިޔައީ ފިލްމުގެ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތް ވަރަށް ގާތުން ބަލައި، ކަންކަމުގައި ހިއްސާވަމުން ކަމަށެވެ. އަދި އެކަމުން އެނގުނީ އެ ފިލްމަށް އޭނާ ކިހާ ބޮޑަށް އުންމީދުކުރާކަން ކަމަށް ޝޭކަރް ބުންޏެވެ.
އޭނާ ބުނީ ސުޝާންތާ އެކު "ޕާނީ" ހަދާނެ ފުރުސަތު ނުލިބުމަކީ އަބަދު ވެސް އެންމެ ހިތާމަކުރާނެ އެއް ކަންތެކެވެ. އެކަމަކު އެ ފިލްމާއި ސުޝާންތާ އޮތް ގުޅުމަށް ފަނޑުވުމެއް ނާންނާނެ ކަމަށް ބުންޏެވެ.
މިދިޔަ މަހުގެ 14 ވަނަ ދުވަހު ދަންޖެހިގެން މަރުވި ސުޝާންތުގެ އެންމެ ފަހުގެ ފިލްމަކީ ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި "ދިލް ބޭޗާރާ" އެވެ.
ސުޝާންތުގެ ވާހަކަ ދައްކާތީ ކަންގަނާ އަށް ރުޅި ބާލަނީ
ސުޝާންތުގެ މަރާ ގުޅިގެން ބަންސާލީއާ ސުވާލުކުރަނީ
"ދޫމް 4"ގެ ލީޑު ރޯލު ރަންބީރަށް
މިސް ވޯލްޑް ތައާރަފުކުރާ ފިލްމު ވެސް ފަސްކޮށްފި
ޝާހްރުކްގެ ފިލްމެއް ބަލައިލަން ލިބޭނެ ދުވަހެއް ނޭނގޭ
ޝާހްރުކްގެ ދަރިފުޅު އަރިއަން ބޮލީވުޑް ދަތުރު ފަށަނީ
ކައިވެންޏަށްފަހު "ޓައިގާ 3" ނިންމަން ކެޓްރީނާ ދަނީ
"ހިޗްކީ" ގެ ދެވަނަ ބައެއް ހަދާނެ: ރާނީ
ރާނީ ދެން އަންނާނީ އަންނަ އަހަރުގެ މެއި މަހު
ޝާހްރުކް ފިލްމީ މަސައްކަތަށް ނުކުންނާނީ 15 ގައި