04 ޖެނުއަރީ 2022
ދުވަސްތަކެއް ވަންދެން ޝޫޓިން މެދުކަނޑާލައިފައި އޮތުމަށް ފަހު މިދިޔަ މަހު ޝޫޓިންތައް އަލުން ފެށި ޝާހްރުކް ޚާންގެ އާ ފިލްމު "ޕަތާން" ގެ މަސައްކަތަކަށް އަނެއްކާ ވެސް ހުރަސްއެޅިއްޖެ އެވެ. އެއާ އެކު މި ފިލްމު މި އަހަރު ރިލީޒްކުރާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
ދުވަސްތަކެއް ވަންދެން ޝޫޓިން މެދުކަނޑާލައިފައި އޮތުމަށް ފަހު މިދިޔަ މަހު ޝޫޓިންތައް އަލުން ފެށި ޝާހްރުކް ޚާންގެ އާ ފިލްމު "ޕަތާން" ގެ މަސައްކަތަކަށް އަނެއްކާ ވެސް ހުރަސްއެޅިއްޖެ އެވެ. އެއާ އެކު މި ފިލްމު މި އަހަރު ރިލީޒްކުރާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
މިފަހަރު މަސައްކަތް ހުއްޓާލަން ޖެހުނީ މި ފިލްމުގެ މަންޒަރުތަކެއް ސްޕެއިން ނަގަން ތަވާލުކޮށްފައި ވަނިކޮށް، އެ ގައުމުގައި ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުންނެވެ.
ނޮވެމްބަރު 2020 ގައި ޝޫޓިން ފަށައި، އެކި ޝެޑިއުލްތައް އެކި ފަހަރު މަތިން ކުރިއަށް ގެންގޮސްފައި ވަނިކޮށް މިދިޔަ އޮކްޓޯބަރަށް ތާވަލުކުރި ޝެޑިއުލް ކެންސަލްކުރަން ޖެހުނީ ޝާހްރުކްގެ ދަރިފުޅު އަރްޔަން ޚާން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރުމާ ގުޅިގެންނެވެ.
"ޕަތާން" ގެ ދެ ލަވައަކާއި އެކްޝަން މަންޒަރުތަކެއް ނަގަން ސްޕެއިނަށް ދާން ފުރަތަމަ އޮތީ އޭރު އެވެ. ނަމަވެސް ދަރިފުޅުގެ މައްސަލަގަނޑާ އެކު ޝާހްރުކް ފިލްމީ މަސައްކަތްތަކުން ވަގުތީ ގޮތުން ބްރޭކެއް ނެގުމުން މަސައްކަތް ހުއްޓުނީ އެވެ.
އޭގެ ފަހުން މިދިޔަ މަހު މެދު ތެރޭގައި ވަނީ ޝޫޓިން އަލުން ފަށައިފަ އެވެ. އެކަމަކު ސްޕެއިންގައި ކޮވިޑްގެ އާ ވޭރިއަންޓް އޮމިކްރޯން ވަރަށް ބާރަށް ފެތުރެމުންދާތީ އެ ގައުމަށް ނުދާން ވަނީ ނިންމައިފަ އެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި "ޕަތާން" ގެ ސެޓުން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ، ޝާހްރުކް ކަރަންޓީނުވާން ވެސް ޖެހުނެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ޝޫޓިން އަށް ބުރޫއަރަމުންދާތީ ކުރިން ޕްލޭންކޮށްފައިވާ ގޮތަށް "ޕަތާން" މި އަހަރު ބެލުންތެރިންނާ ހަމައަށް އައުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. މި ފިލްމަކީ އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް 2019 ގައި، "ވޯ" ގެނެސްދިން ޑައިރެކްޓަރު ސިދާތު އާނަންދު ހަމަ އެ ސްޓޫޑިއޯ އަށް ހަދާ ފިލްމެކެވެ.
"ޕަތާން" ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމް ވެސް ހިމެނެ އެވެ. މީގެ ވަރަށް ހާއްސަ ފެނިލުމަކުން ސަލްމާން ޚާން ވެސް ފެންނާނެ އެވެ.
ޝާހްރުކްގެ އެންމެ ފަހުގެ ފިލްމަކީ 2018 ގައި ގެނެސްދިން "ޒީރޯ" އެވެ.
ޝާހްރުކް ފިލްމީ މަސައްކަތަށް ނުކުންނާނީ 15 ގައި
ޝާހްރުކްގެ ހާއްސަ އެދުމެއް ޑައިރެކްޓަރުންނަށް
"ޕަތާން" ގައި ދީޕިކާ ތަޅާފޮޅާ ރޯލެއް
ސަލްމާންގެ "ޓައިގާ 3" ގައި ޝާހްރުކްގެ ފެނިލުމެއް
ޝާހްރުކްގެ "ޕަތާން" ގެ ބާކީ 40 ޕަސެންޓް ޔޫރަޕްގައި
"ޒީރޯ" ގެ ނާކާމިޔާބީން ޝާހްރުކްގެ އަގު 100 ކްރޯޑަށް
ޝާހްރުކްގެ "ޕަތާން" ގައި ސަލްމާންގެ 20 މިނިޓް
ޝާހްރުކްގެ "ޕަތާން" ގެ ފަސްޓްލުކް ޖެނުއަރީ 1 ގައި
ޝާހްރުކްގެ "ޕަތާން" ގައި ޑިމްޕަލް
ޝާހްރުކް އެނބުރި އައުން އަންނަ އަހަރުގެ ދިވާލީގައި