Roadha Mihaaru
އަލީ ވަހީދު ފުލުސް އޮފީހަށް ހާޒިރުކޮށްފި

އަލީ ވަހީދު ފުލުސް އޮފީހަށް ހާޒިރުކޮށްފި

19 ޖުލައި 2020

އަލީ ވަހީދު، ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނަވައި، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގައި ސުވާލު ކުރުމަށް އޭނާ މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

މިއީ، މި މައްސަލައިގެ ތުހުމަތާ ގުޅިގެން މި މަހުގެ 9 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަލީ ވަހީދު މަގާމުން ވަކިކުރެއްވި ފަހުން ފުލުސް އޮފީހަށް ހާޒިރުކުރި ފުރަތަމަ ފަހަރެވެ.

އަލީ ވަހީދު ފުލުސް އޮފީހަށް ހާޒިރުކުރީ މިރޭ 8:30 އަށެވެ. އޭނާގެ ގާނޫނީ ވަކީލަކީ އަބްދުﷲ ހަސީނެވެ.

ޖިންސީ ފުރައްސާރައިގެ ސީރިއަސް ތުހުމަތުތަކެއް އަލީ ވަހީދަށް ކުރާއިރު، 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައި ވެ އެވެ.

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، މި މައްސަލައިގެ. ތަހުގީގު ކުރިއަށް ގެންދަނީ ޕްރޮސިކިއުޓަ ޖެނެރަލްގެ މަޝްވަރާއާ އެކުގައި ކަމަށެވެ. އަލީ ވަހީދުގެ މޮބައިލް ފޯނާއި ލެޕްޓޮޕް ވެސް ތަހުގީގުގެ އެންމެ ކުރީކޮޅު ފުލުހުން ގެންގޮސްފައިވާއިރު، އެ އިން ފެނުނު އެއްވެސް އެއްޗެއްގެ ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، މިރޭ ފުލުސް އޮފީހަށް ވަދެވަޑައިގަތުމުގެ ކުރިން ބޭރުގައި ގާނޫނީ ވަކީލުންނާ އެކު.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، މިރޭ ފުލުސް އޮފީހަށް ވަދެވަޑައިގަތުމުގެ ކުރިން ބޭރުގައި ގާނޫނީ ވަކީލުންނާ އެކު.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މި މައްސަލައިގައި އަލީ ވަހީދުގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.

އަލީ ވަހީދު، ވަޒީރުކަމުން ވަކިކުރީ، ޖިންސީ ފުރައްސާރައިގެ ތުހުމަތާ ގުޅިގެން އިސްތިއުފާ ދެއްވުމަށް ރައީސް އެދިވަޑައިގަތުމުން އެކަމަށް އިޖާބަ ނުދެއްވުމުންނެވެ.

އަލީ ވަހީދާ ދެކޮޅަށް، މައްސަލަ ހުށަހެޅި މުވައްޒަފުން ވަނީ އެކި ދުވަސް މަތިން މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަކުރި ކަމަށާއި އޭނާގެ އުނދަގޫ ބޮޑުވެގެން މިނިސްޓްރީގެ ވަޒީފާ ބައެއް މީހުން ދޫކޮށްލަން ޖެހުނު ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.

އަލީ ވަހީދު، މަގާމުން އިސްތިއުފާ ދެއްވަން ރައީސް އެންގެވި ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަހުން ހަގީގަތް ހާމަވާނެ ކަމަށާއި ގައުމަށް ކޮށްދެވުނު ޚިދުމަތްތަކާ މެދު ފަޚުރުވެރިވާ ކަމަށެވެ. އޭގެ ފަހުން، ޖިންސީ ފުރައްސާރައިގެ ތުހުމަތާ ގުޅޭ ގޮތުން އެކި ވާހަކަތައް ފެންމަތިވެފައިވީ ނަމަވެސް އޭނާ ހުންނެވީ ހިމޭނުންނެވެ.