12 ޖުލައި 2020
ޓޫރިޒަމް މިނިސްޓްރީގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ފަރާތުން ބިރުދެއްކުމާއި ފުރައްސާރައާ ކުރިމަތިވާ ކަމަށާއި މިހާރު ދިމާވެގެން އުޅޭ މައްސަލައިގައި ސިވިލް ސާވިސް މުވައްޒަފުން ވެސް ސިޔާސީ ބޭފުޅުންނަށް އެއްބާރުލުން ދެނީ ވަޒީފާގެ ބިރަށް ކަމަށް ތުހުމަތުކޮށް، އެ މިނިސްޓްރީގެ އަންހެން މުވައްޒަފަކު މިއަދު އިސްތިއުފާ ދީފި އެވެ.
ޓޫރިޒަމް މިނިސްޓްރީގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ފަރާތުން ބިރުދެއްކުމާއި ފުރައްސާރައާ ކުރިމަތިވާ ކަމަށާއި މިހާރު ދިމާވެގެން އުޅޭ މައްސަލައިގައި ސިވިލް ސާވިސް މުވައްޒަފުން ވެސް ސިޔާސީ ބޭފުޅުންނަށް އެއްބާރުލުން ދެނީ ވަޒީފާގެ ބިރަށް ކަމަށް ތުހުމަތުކޮށް، އެ މިނިސްޓްރީގެ އަންހެން މުވައްޒަފަކު މިއަދު އިސްތިއުފާ ދީފި އެވެ.
ޖިންސީ ގޯނާގެ ތުހުމަތަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން ވަކިކުރުމުން އެ މިނިސްޓްރީ ހިންގުމާ ހަވާލުކުރައްވާފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް އިސްތިއުފާގެ ސިޓީ ފޮނުވި މުވައްޒަފު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ވެސް އިސްތިއުފާ އަށް ފަހު ސިޓީ ފޮނުވައިފަ އެވެ.
ސިޓީގައިވާ ގޮތުން، އިސްތިއުފާ ދިން މީހާ އަކީ، ޓޫރިޒަމް މިނިސްޓްރީން މި އަހަރު މުވައްޒަފުންނަށް ދިން ތިން ސްކޮލަޝިޕްގެ ތެރެއިން އެންމެ މަތިން މާކްސް ލިބިގެން ސްކޮލަޝިޕް ލިބުނު އަދި މިނިސްޓަރުގެ ބިއުރޯގައި ވެސް މަސައްކަތް ކޮށްފައިވާ މުވައްޒަފެކެވެ. އެނގިފައިވާ ގޮތުގައި އެއީ މިނިސްޓްރީގެ ސީނިއާ ޕްލޭނިން އޮފިސަރެކެވެ.
އެ ސިޓީގައި ބުނީ، މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ސީދާ އަދި ނުސީދާ ގޮތުން އޭނާ އަށް ފުރައްސާރަ ކޮށްފައި ކަމަށާއި މި އަމަލުތައް ކުރިއަށް ދާތާ ގިނަ ދުވަސްތަކެެއް ވެފައިވާ ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން އުފެއްދި ޓާސްކް ފޯސްތަކުގައި މަސައްކަތްކުރި އިރު ވެސް، އެކި ބާވަތުގެ ފުރައްސާރަ ކޮށްފައިވާ ކަމަށާއި އެކަން، ބިއުރޯގެ އިސްވެރިއެއްގެ ގޮތުގައި ހުރި މުހައްމަދު ހައްސާންއާ ހިއްސާ ކުރުމުން އެހީތެރިވި ކަމަށް ސިޓީގައި ވެ އެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް މިކަން ހުށަހެޅުމުން، އެކަށީގެންވާ ފިޔަވަޅު އަޅާފައި ކަމަށް ވެސް އިސްތިއުފާ ދިން މުވައްޒަފު ބުންޏެވެ.
އަލީ ވަހީދު މަގާމުން ވަކިކުރުމަށް ފަހު ހައްސާން ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
"އެކި މަސައްކަތުގައި އިސްވެ ދެންނެވި ފަރާތްތަކުން އަޅުގަނޑަށް ނަފްސާނީ ގޮތުން ކުރަމުން ދިޔަ އަނިޔާތަކުގެ ޝަކުވާ އޭރު މިނިސްޓަރު ކަމުގައި ހުންނެވި ފަރާތާ ހިއްސާ ކުރެއްވުމުން، މިނިސްޓަރު އެކި ފަހަރު މަތިން އެ ފަރާތްތަކަށް ނަސޭހަތްދެއްވައި، އެ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާފައިވާ ކަން ފާހަަގަކުރައްވަން،" ސިޓީގައިވެ އެވެ.
ނަމަވެސް އެ މުވައްޒަފު ބުނިގޮތުގައި، ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށް، މިނިސްޓަރު އަލީ ވަހީދު މިދިޔަ ބުރާސްފަތި ދުވަހު މަގާމުން ވަކިކުރެއްވުމުން، މިނިސްޓްރީގެ މާހައުލު ވަނީ ވަރަށް ގޯސްވެފަ އެވެ. މުވައްޒަފުންނާ އެކަހެރިކޮށް، ތަފާތު ކުރުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ވެސް ސިޓީގައި ވެ އެވެ. އަދި މިނިސްޓްރީގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އެ މުވައްޒަފުގެ އަބުރު ކަތިލެވޭ ފަދަ ގޮތަކަށް ކަންތައް ކޮށްފައިވާ ކަމަށް ސިޓީގައި މުވައްޒަފު ބުންޏެވެ.
އޭނާ ބުނީ، ވަޒީފާގެ ބިރަށް ސިވިލް ސާވިސް މުވައްޒަފުން ސިޔާސީ ބޭފުޅުންނަށް އެއްބާރުލުން ދިން ނަމަވެސް މިނިސްޓްރީގައި ކަން ހިނގާފައިވާ ގޮތް ހާމަކުރުމުގައި، އެންމެ މީހެއްގެ ގޮތުގައި ހުންނަން ޖެހުނަސް ހާމަކޮށްދޭނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެހެން މުވައްޒަފުން ވެސް މަސައްކަތް ކުރަމުން ދަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި އެހެންވެ މުވައްޒަފުންނަށް ރައްކާތެރިކަން ހޯދައިދޭން ސިޓީގައި އެ މުވައްޒު އެދިފައި ވެ އެވެ.
"ވަޒީފާގެ މާހައުލުގައި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކޮށްދެއްވައި އެ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކޮށްދެއްވައި ބޭއިންސާފުން އަމަލުކޮށްފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދެއްވާ އަދި މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދެއްވުމަށްޓަކައި މަތީގައި ދެންނެވުނު މައްސަލަތައް ބައްލަވާ ދެއްވުމަށް އެދި މަނިކުފާނުގެ އަރިހުން ވަރަށް އަދަބުވެރިކަމާ އެކު ދެންނެވީމެވެ،" ސިޓީގައިވެ އެވެ.
ޖިންސީ ގޯނާގެ ތުހުމަތަށް އަލީ ވަހީދު މިނިސްޓަރުކަމުން ވަކިކޮށް އޭނާގެ މައްޗަށް މިހާރު ދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ. އޭނާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.
އިސްތިއުފާ ނުދެއްވުމުން އަލީ ވަހީދު ވަކިކޮށްފި
މިއީ ރާވައިގެން ހިންގާފައިވާ ޖަރީމާއެއް: އަލީ ވަހީދު
އަލީ ހައްޔަރުކުރި ކަމެއް ހަފުތާއެއް ވީއިރު ވެސް ނޭނގޭ
އަލީ ވަހީދު ހައްޔަރުކުރި ކަމެއް ނޭނގޭ: ފުލުހުން
ޕާސްޕޯޓު ދޫކޮށްލުމުން އަލީ ވަހީދު ރާއްޖެ އިން ބޭރަށް
އަލީ ވަހީދުގެ މައްސަލަ މަޝްވަރާއަށް ޕީޖީއަށް
އަލީ ވަހީދަށް ދައުވާކުރަން ވަރަށް އަވަހަށް ފޮނުވާނަން: ޕޮލިސް
އަލީ ވަހީދު ފުލުސް އޮފީހަށް ހާޒިރުކޮށްފި
އަލީ ވަހީދަށް ކުރާ ތުހުމަތުގައި 15 މީހަކު ބަޔާންދީފި
އަލީ ވަހީދާ ދެކޮޅަށް މުވައްޒަފުން ތެދުވީ އެކުގައި