19 ޖުލައި 2020
ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރަން "ގައުމީ ވޯކިން ގްރޫޕް" އެކުލަވައިލައި، އެ ގްރޫޕުގެ މެމްބަރުކަމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރަން "ގައުމީ ވޯކިން ގްރޫޕް" އެކުލަވައިލައި، އެ ގްރޫޕުގެ މެމްބަރުކަމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
މިއީ އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީ (އައިސީޓީ) ގެ ދާއިރާގައި އަންހެނުން އިތުރު ކުރުމަށާއި އެ ދާއިރާއާ ގުޅޭ ސިޔާސަތުތައް ހަދާއިރު އެކަށީގެންވާ ލަފާ ދިނުމަށް އެކުލަވައިލި ގްރޫޕެއް ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ބުންޏެވެ. މި ވޯކިން ގްރޫޕުގައި މަސައްކަތް ކުރާނީ ހަތް މެމްބަރެކެވެ.
ސައިންސް އެންޑް ޓެކްނޯލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޤައުމީ ވާރކިން ގުރޫޕްގެ އުސޫލު ގެޒެޓްކޮށްފިhttps://t.co/BfjfTeRsun
— Ministry of Communication, Science and Technology (@MoCSTmv) July 19, 2020
ކޮމިއުނިކޭޝަން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް
- ސައިންސްގެ ދާއިރާ.
- ޓެކްނޮލޮޖީގެ ދާއިރާ.
- އިންޖިނިއަރިންގެ ދާއިރާ.
- ކޮމިއުނިކޭޝަން މިނިސްޓްރީ.
- ޖެންޑާ މިނިސްޓްރީ.
- ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ އޮފީސް.
- ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާ.
މީގެ ތެރެއިން އާންމުންނަށް ކުރިމަތިލެވޭނީ އައިސީޓީގެ ދާއިރާތަކަށް ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ބުންޏެވެ. އަނެއް ހަތަރު މުއައްސަސާ ތަމްސީލު ކުރާނީ، ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އައްޔަން ކުރައްވާ މީހުންނެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީން ބުނިގޮތުގައި، އެ މަގާމުތަކަށް ހުށަހެޅޭނީ އެ ދާއިރާއަކާ ގުޅޭ ޑިގްރީއެއް ހާސިލް ކޮށްފައިވާ، އެ ދާއިރާއެއްގައި ތިން އަހަރު މަސައްކަތް ކޮށްފައިވާ ދިވެހިންނަށެވެ. މިދިޔަ ދެ އަހަރުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހުންނަކަށް މި މަގާމުތަކަށް ހުށަހެއް ނޭޅޭނެ އެވެ. މި ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުން ބާރުވެރިކުރަން މަސައްކަތްކުރާ މީހުންނަށް އިސްކަންދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި ގްރޫޕަށް ހޮވާ މެމްބަރުންގެ 50 ޕަސެންޓު ހާއްސަ ކުރާނީ އަންހެނުންނަށެވެ. މި މަގާމުތަކަށް ޝައުގުވެރިވާ މީހުން، އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެ އެކަމަށް އެދި ކޮމިއުނިކޭޝަން މިނިސްޓްރީ އަށް ހުށަހަޅަން ޖެހެ އެވެ. އެ މީހެއްގެ ސިޓީ އާއި އައިޑީ ކާޑު ކޮޕީ އާއި ސީވީ އަދި އެޓެސްޓު ކޮށްފައިވާ ތައުލީމީ ލިޔެކިޔުންތައް ހުށަހަޅަން ޖެހެ އެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާ ނަމަ، info@mcst.gov.mv އަށް އިމެއިލް ފޮނުވަން މިނިސްޓްރީން އެދިފައި ވެ އެވެ.
މި ދާއިރާގައި މަސައްކަތް ކުރާ އަންހެނުން އިތުރުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.
އައިސީޓީގައި އަންހެނުންގެ ވޯކިން ގްރޫޕް އިފްތިތާހުކޮށްފި
މާލޭގެ އަންހެނުންގެ ހާލަތު ބަލަން ނިކުންނަނީ
ފުލުހުން ތެރޭގައި އަންހެނުން އިސްވުން މުހިންމު: ސާޖިދާ
33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ބިލެއް
މަޖިލީހަށް ކުރިމަތިލީ އެންމެ 10 ޕަސެންޓު އަންހެނުން!
32 އަންހެނުން: ކާމިޔާބުވީ އެންމެ ކެންޑިޑޭޓަކަށް!
ޓޫރިޒަމަށް އަންހެނުން ނެރެން ހާއްސަ ޕްރޮގްރާމެއް
މުއިއްޒުގެ މެނިފެސްޓޯއިން އަންހެނުންނަށް ކޮން ކަމެއް؟
ދެ ޖިންސުގެ ހަމަހަމަކަން: ރާއްޖެ 7 ދަރަޖަ ފަހަތަށް
އެފްރިކާ އަންހެނުން ބާރުވެރިކުރުމަށް އެމެރިކާ އެހީވަނީ