08 ޖުލައި 2020
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަތިފުށާ ބެހޭ ގޮތުން އާއިލާގެ މެމްބަރަކު ލިޔުނު ފޮތް "ޓޫ މަޗް އެންޑް ނެވަ އިނަފް: ހައު މައި ފެމިލީ ކްރިއޭޓެޑް ވޯލްޑްސް މޯސްޓް ޑޭންޖަރަސް މޭން" ނެރުން ހުއްޓުވަން ކުރި މަސައްކަތް ނާކާމިޔާބުވެފައި ވާއިރު، ކުރިން ނެރެން ނިންމި ތާރީހަށް ވުރެ ދެ ހަފުތާ ކުރިން އެ ފޮތް ނެރެން ނިންމައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަތިފުށާ ބެހޭ ގޮތުން އާއިލާގެ މެމްބަރަކު ލިޔުނު ފޮތް "ޓޫ މަޗް އެންޑް ނެވަ އިނަފް: ހައު މައި ފެމިލީ ކްރިއޭޓެޑް ވޯލްޑްސް މޯސްޓް ޑޭންޖަރަސް މޭން" ނެރުން ހުއްޓުވަން ކުރި މަސައްކަތް ނާކާމިޔާބުވެފައި ވާއިރު، ކުރިން ނެރެން ނިންމި ތާރީހަށް ވުރެ ދެ ހަފުތާ ކުރިން އެ ފޮތް ނެރެން ނިންމައިފި އެވެ.
ޓްރަމްޕަށް ބޮޑުބޭބެ ވިދާޅުވާ މޭރީ ޓްރަމްޕް ލިޔެފައިވާ ފޮތް ނެރެން ކުރިން ނިންމާފައި އޮތީ މި މަހުގެ 28 ގަ އެވެ. ނަމަވެސް މިހާރު ވަނީ މި މަހުގެ 14 ގައި ފޮތް ނެރުން ނިންމައިފަ އެވެ.
މިކަމާ ބެހޭ ގޮތުން "ޓޫ މަޗް އެންޑް ނެވަ އިނަފް" ގެ ޕަބްލިޝިން ހައުސް ސައިމަންޑް އެންޑް ޝޫސްޓާ އިން ބުނީ ފޮތް ނެރޭ ތާރީހު އަވަސްކުރީ އެއަށް އާންމުންގެ ފަރާތުން ލިބެމުން އަންނަ އާދަޔާހިލާފު ތަރުހީބާއި އާންމުން ފޮތަށް ފާޅުކުރާ ޝައުގުވެރިކަމާ ހުރެ ކަމަށެވެ.
ފޮތް ނެރުން ހުއްޓުވަން ޓްރަމްޕްގެ ފަރާތުން ކޮއްކޮފޯޅު ރޮބަޓް ޓްރަމްޕް ނިއު ޔޯކްގެ ކޯޓަކަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ފޮތް ނެރުން މަޑުޖައްސައިލަން މި މަހުގެ 1 ވަނަ ދުވަހު އަމުރެއް ވެސް ނެރުނެވެ. ނަމަވެސް މޭރީގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކުރުމުން ޖެހިގެން އައި ދުވަހު އެ އެ އަމުރު އިސްތިއުނާފު ކޯޓަކުން ވަނީ ބާތިލްކޮށްފަ އެވެ.
"ޓޫ މަޗް އެންޑް ނެވަ އިނަފް" ނެރޭ އިރު، އޭގެ 75،000 ކޮޕީ ޗާޕްކޮށްފައިވެ އެވެ. މި ފޮތް ލިޔުނު މޭރީ އަކީ ޓްރަމްޕްގެ ދޮށީ ބޭބެ ފްރެޑް ޓްރަމްޕްގެ ދަރިއެކެވެ. ފޮތުގައި ޓްރަމްޕާއި އާއިލާގެ ތެރޭގައި ބޮޑެތި މައްސަލަތައް ހުރި ވާހަކަ އާއި އާއިލާގެ މީހުންނާ ދޭތެރޭ ޓްރަމްޕް ކަންތައް ކޮށްފައިވާ ގޮތާއި އޭނާގެ އަސްލު ފަތިފުށް މޭރީގެ 240 ސޮފުހާގެ ފޮތުގައި ކިޔައިދީފައި ހުންނާނެ އެވެ.
އެމެޒޯނުން "ޓޫ މަޗް އެންޑް ނެވަ އިނަފް" ވިއްކަން ހަމަޖެހިފައިވާ އިރު، ފޮތް މިހާރު ވެސް އޮތީ އެމެޒޯންގެ ބެސްޓް-ސެލިންގެ އެއް ވަނައިގަ އެވެ.
"ޕާލާ" އިން އެމެޒޯން އަށް ދައުވާކޮށްފި
ޓްރަމްޕާ ބެހޭ ފޮތާ ދެކޮޅަށް ނެރުނު އަމުރު ބާތިލުކޮށްފި
ޓްރަމްޕްގެ ފަތިފުށާ ބެހޭ ފޮތާ ދެކޮޅަށް ކޯޓް އަމުރެއް
ޑޮލަރަށް ބަރޯސާވުން ކުޑަކުރާތީ ޓްރަމްޕްގެ އިންޒާރެއް
ޓްރަމްޕަށް ކުރި ދައުވާއެއް އަނބުރާ ގެންދަނީ
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
ޓްރަމްޕުގެ ދައުވާއާ މެދު ގޮތް ނިންމުން ފަސްކޮށްފި
ޓްރަމްޕަށް ސާބިތުވި ދައުވާ ބާތިލްކުރާނެތޯ ނިންމަނީ
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހުންނަށް ދައުވާކޮށްފި
ޓްރަމްޕު އެނބުރި އައުމުން ޔޫރަޕުގައި ހާސްކަން